ސިލްސިލާ މާރާމާރީތަކާއި ކެފޭ ފުނޑާލުން ހަތަރު ގޭންގަކާ ގުޅިފައި؛ 16 މީހުން ހައްޔަރުކޮށްފި

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު: ވިދާޅުވީ މާރާމާރީތަކާއި ކެފޭ ފުނޑާލުން ގުޅެނީ ގޭންގު ހަމަނުޖެހުންތަކާ ކަމަށް - ފޮޓޯ: އަދަދު ފައިލް

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު: ވިދާޅުވީ މާރާމާރީތަކާއި ކެފޭ ފުނޑާލުން ގުޅެނީ ގޭންގު ހަމަނުޖެހުންތަކާ ކަމަށް - ފޮޓޯ: އަދަދު ފައިލް

މި ފަހުން މާލޭގައި ހިންގާފައިވާ މާރާމާރީތަކާއި ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ހުރި ކެފޭއަކަށް ގެއްލުންދިން މައްސަލަ ގުޅެނީ މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި ކަމަށާއި އެ މައްސަލަތަކާ ގުޅޭ 16 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ވަޅި ޖަހައި މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފަ އެވެ. އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާއަށް ހަމަލާ ދިނީ ފިލަން ވެގެން މާފަންނު މުރަނގަމަގު، ބީޖީ ގަރާޖު ކައިރީގައި ހުންނަ ކޮސްމެޓިކް ސާމާނު ވިއްކާ ކްރާޝާ ފިހާރަ ތެރެއަށް ވަދެ ހުއްޓަ އެވެ.

ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހަމީދު "އަދަދު" އަށް މިއަދު ވިދާޅުވީ، މިއީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި މި އަހަރު ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިނގާ މާރާމާރީތަކެއް ކަމަށެވެ.

"މިފަހުން މާލެ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުން އަންނަ ނުރައްކާތެރި މާރާމާރީތަކަކީ 'ކުޑަހެންވޭރޭ' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' އޭ ކިޔައިގެން އުޅޭ ބައެއް ހިންގާ މާރާމާރީ ތަކެއް،" ހަމީދު ވިދާޅުވި އެވެ.

އަދި، ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް' ނަމަކަށް ކިޔާ ކެފޭއަށް ގެއްލުންދީ އެ ކެފޭ ފުނޑާލީ މާލޭގައި ހަރަކާތްތެރިވާ އެހެން ދެ ގޭންގެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައަކާ ގުޅިގެން ކަމަށް ވެސް ސީޕީ ކަށަވަރު ކޮށްދެއްވި އެވެ.

"ހުޅުމާލޭގައި ވިޔަފާރި ހިންގާ ތަނަކަށް އަމާޒުކޮށް ގެއްލުންދިން ދިނުމަކީ، މަސްއޮޑިއޭ ކިޔައިގެން އުޅޭ ބަޔަކާއި ވައިކަންމައްޗޭ ކިޔައިގެން އުޅޭ ބައެއްގެ މެެދުގައި ޖެހިގެން އުޅޭ މައްސަލަ އަކާއި ގުޅިފައިވާ ކަމެއް" ހަމީދު ވިދާޅުވި އެވެ.

އެ ހާދިސާގެ ސީސީޓީވީ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާ ދޭ ދެ މީހުން ވެސް ތިބީ ހެލްމެޓު އަޅައި މޫނު ފޮރުވައިގެންނެވެ. އަދި ދެ މީހުން އަތުގައި އޮތް މަރުތޭލުން ބިއްލޫރިގަނޑު ތަޅާލައި އެ ތަނަށް ގެއްލުން ދޭ ތަން ފެނެ އެވެ.

އަދި، އެ ތަނުގައި ހުރި ހުރިހާ ތަކެއްޗެއް ފުނޑާލުމަށް ފަހު ދޮޅު މިނެޓު ނުވަނީސް އެ މީހުން ވަނީ ސައިކަލުގައި އެތަނުން ފިލާފަ އެވެ.

ހަމީދު ވަނީ މި މާރާމާރީތަކުގައި ހަރަކާތްތެރިވާ މީހުން މާލެތެރޭގައި ހަރަކާތްތެރިވަނީ ހެލްމެޓު އަޅައި، ދުއްވާ ސައިކަލުގެ ނަންބަރު ޕުލޭޓް ބަދަލުކޮށްގެންކަން ފާހަގަކުރައްވާފަ އެވެ.

ހަމީދު ދެއްވި ތަފްސީލަށް ބަލާއިރު، މި ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ ދެ މަހުގެ ތެރޭގައި 16 މީހަކު ހައްޔަރުކޮށް ތަހުގީގު ވަނީ ފަށާފަ އެވެ.

އަދި، މިފަދަ މާރާމާރީތަކުގައި ބައިވެރިވާ ފަރާތްތަކުން މީހުން ފިލަން ވަންނަ ހަތަރު 'ސޭފްހައުސް' އެއް ބަލައި ފާސްކޮށް އެތަންތަނުން އެކި ބާވަތުގެ ހަތިޔާރު ވަނީ ހޯދާފަ އެވެ.

"ގާނޫނުތަކުގެ ތެރެއިން އެޅެންހުރި ހުރިހާ ފިޔަވަޅުތައް ފުލުހުން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ހަމީދު ވިދާޅުވި އެވެ.

އޭގެއިތުރުން، ހަމީދު ވަނީ މި މާރާމާރީތަކާ ގުޅިގެން ފުލުހުން އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވެ، މިފަދަ ނުރައްކާތެރި މީހުންނާ މެދު ރައްޔިތުން ސަމާލުވާން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.

"ރައްޔިތުންގެ އެއްބާރުލުން ލިބިގެން ނޫނީ އެކި ނަންނަން ކިޔައިގެން ނުރައްކާތެރި މާރާމާރީ އާއި ހަމަލަދޭ މިމީސް މީހުންނާމެދު ފިޔަވަޅުތައް އަޅަން ދަތިވާނެ. މަގުމަތީގެ އަދަބު އަހުލާގާއި، އާންމު އިޖުތިމާއީ މިންގަޑުން ބޭރުވާ އަމަލުތަކާއި، މާރާމާރީ އަށްވާފަދަ ޝައްކުކުރެވޭ އަމަލުތައް ފުލުހުންނަށް ރިޕޯޓުކުރަން އިލްތިމާސް ކުރަން," އޭނާ މިއަދު "އަދަދު" އަށް ވިދާޅުވި އެވެ.

ހަމީދު އިތުރަށް ވިދާޅުވީ ހެލްމެޓު އަޅައި މޫނު ނިވާކޮށްގެން ހަރަކާތްތެރިވާ ބަޔަކު ފާހަގަ ކުރެވޭނަމަ އެކަން ވެސް ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އަދި، ރާއްޖޭގައި އެކި ނަންނަން ކިޔައިގެން ގޭންގުތަކަށް ނިސްބަތްވާ މީހުންގެ އާއިލާގެ މެންބަރުން އެ މީހުންނަށް ނަސޭހަތްތެރި ވާންޖެހޭ ކަމަށާއި މިފަދަ މާރާމާރީތަކުގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުންތަކާއި ބެހޭގޮތުން ވެސް އެމީހުންނާ ވާހަކަ ދެކެވެންޖެހޭ ކަމަށް ހަމީދު ވިދާޅުވި އެވެ.

މާރާމާރީތައް އިތުރުވެ އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ ވަރަށް ފުލުހުން މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox