މާފަންނުގައި ހުރި ފިހާރައެއްގެ ތެރޭ މީހެއްގެ ގަޔަށް ވަޅި ޖަހައިފި

ފިހާރަތެރޭގައި ގިނަ އަދަދެއްގެ ލޭ ހުރި-- ފޮޓޯ: އަދަދު

ފިހާރަތެރޭގައި ގިނަ އަދަދެއްގެ ލޭ ހުރި-- ފޮޓޯ: އަދަދު

މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭ މާރާމާރީ ހިންގާ މީހަކު ޒަހަމްކޮށްލައިފި އެވެ.

މަންޒަރު ދުށް މީހުން "އަދަދު"އަށް ކިޔައިދިން ގޮތުގައި އޭނާއަށް ވަޅިން ހަމަލާ ދީފައިވަނީ ސައިކަލު ސައިކަލެއްގައި އައި ދެ ފިރިހެނުންނެވެ.

މާރާމާރީގައި ޒަހަމްވި މީހާ ވަނީ އެ ދެ މީހުންގެ ކިބައިން ސަލާމަތްވުމަށް މުރަނގަ މަގުގައި ހުރި "ކްރާސާ" ނަމަކަށް ކިޔާ ފިހާރައަކަށް ވަދެފަ އެވެ. އޭނާއަށް ހަމަލާ ދީފައިވަނީ ފިހާރަ ތެރޭގަ އެވެ.

އެ ފިހާރަތެރޭގައި ވެސް ބައިވަރު ލޭ ހުރިތަަން މި ނޫހުގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. ހަމަލާ ރައްދުވި މީހާއަށް ހަމަ އެ ވަގުތު އެތަނުގައި ތިބި ދެ މީހަކު ވަނީ ކުއްލި ފަރުވާ ދީފަ އެވެ. އެގޮތުން ބައެއް ތަންތަނުން ލޭ މަނާ ކުރެވޭތޯ މަސައްކަތް ކުރި އެވެ.

ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާ ރައްދުވި މީހާގެ އުނަގަނޑުގައި ވެސް ވަޅިއެއް ހަރުކޮށްފައި އޮންނަ ތަން ފެނެ އެވެ. އެހެންކަމުން މިއީ ދެ ގޭންގެއްގެ ދޭތެރޭގައި ހިނގި ހަމަނުޖެހުމެއް ކަމަށް ބެލެވެ އެވެ.

މާރާމާރީގައި ޒަހަމްވި މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ޒަހަމްވީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ހަމަލާ ދިން ކްރާސާ ފިހާރައިގެ ކޭޝިއަރު އެވަގުތު ވަނީ ސަލާމަތް ވާން ވެގެން ކުރިމަތީގައި ހުރި މަރުހަބާ ފިހާރައަށް ވަދެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ވެސް އޮތީ ހަބަރު ހުސްވެފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox