ރާއްޖޭގައި ހިންގަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ތެރެއިން 3000 މެންބަރުން ހަމަނުވާ ޕާޓީތަކުގެ ލިސްޓުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް) އަނެއްކާ ވެސް ހިމެނިއްޖެ އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި 3000 މެންބަރުން ހަމަނެވެގެން އެ ޕާޓީ އުވާލާނެ ކަމުގެ ނޯޓިސް އޮތީ ދީފަ އެވެ. އެކަމަކު ނޯޓިސް ދިނުމާ ގުޅިގެން އެމްއާރްއެމުން ވަނީ މެންބަރުން ހަމަކޮށްފަ އެވެ.
އެހެންނަމަވެސް އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ޕާޓީގައި މިވަގުތު ތިބީ އެންމެ 2900 މެންބަރުންނެވެ.
އެމްއާރްއެމްގެ އިތުރުން 3000 ހަމަ ނުވަނީ އުވާލަން ނިންމާފައިވާ ޑީއާރްޕީ އާއި އެމްއެލްއެސްޑީޕީ އެވެ.
އެހެން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް އެމްއާރްއެމުން މެންބަރުން ވަކިވާތީ އެ ޕާޓީން ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.














