ކާނަލް ނަޝީދަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

ކުރީގެ މަޖިލިސް މެންބަރު، މުހައްމަދު ނަޝީދު. އޭނާގެ މައްޗަށް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ އުފުލާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ މަޖިލިސް މެންބަރު، މުހައްމަދު ނަޝީދު. އޭނާގެ މައްޗަށް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ އުފުލާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު "ކާނަލް" ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކުރިއަށްގެންދާނީ މީހުންނަށް ނުވަދެވޭ ގޮތަށް ސިއްރު ކޮށްގެންނެވެ. އަޑުއެހުން ތާވަލްކޮށްފައި އޮތީ މާދަމާ ހެނދުނު 10:00 އަށވެ.

ކުރީގެ މެމްބަރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު ނަޝީދަކީ ބަންގްލަދޭޝްގެ އަލަމްގިރިއާ އެކު ގުޅުން ހިންގި މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އަލަމްގިރިއާއެކު ގުޅުން ހިންގި މަންޒަރު އާންމުވި ވީޑިއޯތަކުގެ ތެރޭގައި ނަޝީދުގެ ވީޑިއޯއެއް ހިމެނެ އެވެ.

Advertisement

މީގެ ކުރިން އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނު ގޮތަށް ނަޝީދުއާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ނަޝީދަށް ދިނުމުގެ ބަދަލުގައި، ކޯޓުން އިންތިޒާމުކުރާ ގޮތެއްގެ މަތީން އެ ތަކެތި ދިރާސާކުރުމުގެ ފުރުސަތު އޭނާއަށް ޝަރީއަތުން ވަނީ ނިންމާފަ އެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ވީޑިއޯގެ ތާޑުޕާޓީ އެނަލިސިސް ހެދުމަށް ނަޝީދުގެ ފަރާތުން އެދިފައިވާތީ، އެނަލަސިސް ހަދާ ފަރާތުގެ މައުލޫމާތު ލިޔުމުން ހުށަހެޅުމަށް ޝަރީއަތުން އެންގި އެވެ.

އެ މައްސަލައިގައި ޕީޖީއިން ދެން ދައުވާ އުފުލި އަނެއް ތިން މީހުންގެ ތެރެއިން ގާނޫނީ ވަކީލު، ނާޒިމް ސައްތާރު ވަނީ ޝަރީއަތުން ކުރި ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަން ވެފަ އެވެ.

އަލަމްގީރުގެ މައްޗަށް އުފުލި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެ ދަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވި މައްސަލައިގައި ކާނަލް ނަޝީދު ހިމެނޭހެން ޖުމްލަ 18 މީހެއްގެ ޕާސްޕޯޓު އޭރު ހިފަހެއްޓި އެވެ. އެހެން ނަމަވެސް،، އެކަށީގެންވާ މިންވަރަށް ހެކި ނެތުމުގެ ސަބަބުން ހަތަރު މީހުންގެ މައްޗަށް އެކަނި ދައުވާ އުފުލަން ނިންމީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox