ކްރޮސް ސަބްސިޑީ އުސޫލުން ޅ. މަޑިވަރު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން އިއްޔެ ހުޅުވައިލި އެވެ.
ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ އެއާޕޯޓުތައް އަޅާށާއި، ފެރީ ހިދުމަތް ދޭށާއި ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ހަރަދުތައް ފޫބައްދަން އެކި ސަރުކާރުތަކުން އެކިގޮތަށް ގެންގުޅެފައިވާ ސިޔާސަތެކެވެ.
ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހިންގާ މަޝްރޫއެއް ގޮތަށް މި މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި އެކަން އިއުލާންކުރެއްވީ ނެރުއްވި ގަރާރުގަ އެވެ.
މި މަޝްރޫއަށް ފައިނޭންސް ކުރަން ޖެހޭ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަމަށް ވަނީ ގަރާރުގައި ކަނޑައަޅައިފަ އެވެ.
ޅ. މަޑިވަރު އެއާޕޯޓަކީ ކުރެއްދޫ ހޯލްޑިންގެ އިން ހެދި އެއާޕޯޓެކެވެ. އެތަން ހިންގައި ބެލެހެއްޓުމަށް ހަވާލުވެފައި ވަނީ އައިލެންޑް އެވިއޭޝަން ސާވިސަސް އާ އެވެ. އެ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއެކު އެއް ފަހަރާ ހަތަރު މަތިންދާ ބޯޓަށް ހިދުމަތް ދެވެންހުރެ އެވެ. އަދި ޓާމިނަލުގައި އާންމު ފަސެންޖަރުންގެ އިތުރުން 80 މީހުންގެ ޖާގައިގެ ވީއައިޕީ ލައުންޖެއް ހުރެ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް ފައިސާ ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ
މުހިންމު ބައެއް ހަބަރު
- މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ފެނުނެވެ.
ތުރުކީ އާއި ސީރިއާ ގުޅޭ ސަރަހައްދަށް މި މަހު ހަ ވަނަ ދުވަހު އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިވެހި ރެޑް ކުރެެސެންޓުން ހުޅުވާލި ރިލީފް ފަންޑަށް 2.9 މިލިއަން ރުފިޔާ ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓުކުރި އެވެ.
- ރާއްޖޭގެ ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން 2022-2026 އިފްތިތާހުކުރި އެވެ.
- ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން އަނބުރާ ލިބެން ޖެހޭ ފައިސާ ހޯދުމަށްޓަކައި ކޯޓަށް ދާންޖެހޭ ހިސާބަށް ދިޔުމުން ކޯޓަށް ވެސް ދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.
- މައްސަލައެއްގެ ހުކުމް އިއްވުމަށް ފަހު، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަށް ބަދަލެއް ގެނައި މައްސަލައެއްގައި ޏ. ފުވައްމުލަކުގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމް ހަތް ދުވަހަށް ސަސްޕެންޑްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި އެވެ.
- މީސް މީޑިއާގެ އިތުރުން އެނޫން ވެސް ގޮތްގޮތަށް ފަތުރާ އިންވެސްޓުމަންޓު ސްކީމްތަކާއި ފަންޑުތަކަށް ފައިސާ އިންވެސްޓު ކުރުމާމެދު ސަމާލުވުމަށް ސީއެމްޑީއޭއިން އިލްތިމާސްކުރި އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކުރަމުން އަންނަ ޓާޝަރީ ހޮސްޕިޓަލުތަކުގައި ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާ ދިނުމުގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ،
މިހާރު ގާއިމު ކުރެވިފައިވާ ނެޝަނަލް ކެންސާ ރެޖިސްޓްރީ ފުރިހަމަ ކޮށް، އަދި ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާދިނުން، މިހާރު ތަރައްގީ ކުރެވެމުންދާ ޓާޝަރީ ހަސްފަތާލުތަކަށް އިތުރުކުރެވޭ ސްޕެޝިއަލިޓީ ހިދުމަތްތަކާއެކު އިތުރަށް ތަރައްގީ ކުރެވިގެންދާނެ،"
ދުވަހުގެ ފޮޓޯ

ގޯލްޑަން ފުޓްސަލް މުބާރާތުގެ މެޗެއްގެ ތެރެއިން -- ފޮޓޯ: އަދަދު











