އާސިރު ގެއްލުނުތާ 12 ދުވަސް؛ ވައިގެ މަގުން އެއްވެސް ތަނަކަށް ފުރައިގެން ނުދޭ

ގެއްލިގެންް ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއީލް، އާސިރު ގެއްލުނު އިރު ލައިގެން ހުރީ ކަޅު ގަމީހަކާއި ނޫ ޖީންސެއް -- ފޮޓޯ: ފުލުހުން

ގެއްލިގެންް ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއީލް، އާސިރު ގެއްލުނު އިރު ލައިގެން ހުރީ ކަޅު ގަމީހަކާއި ނޫ ޖީންސެއް -- ފޮޓޯ: ފުލުހުން

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް އެންމެ ފަހުން އެއާޕޯޓުން ފެނުނު ނަމަވެސް، ވައިގެ މަގުން އެއްވެސް ތަނަކަށް ފުރާފައި ނުވާ ކަމުގެ ޔަގީން ކަން ފުލުހުން ދީފި އެވެ.

އާސިރު އެންމެ ފަހުން ފެނިފައި ވަނީ ގެއްލުނު ރޭގެ 7:20 ހާއިރު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރާ މަންްޒަރު ކަމަށް ފުލުހުން ބުނެ އެވެ. އަދި ޓެކްސީ ގޮސް މަޑުކުރުމުން އެއާޕޯޓަށް ފައިބާ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާސިރު ހޯދުމަށް އެއާޕޯޓުގައި ހަރުކޮށްފައިވާ އެކި ކެމެރާތަކުގެ 150 ގަޑިއިރަށް ވުރެ ގިނަ ފޫޓޭޖު ބަލާފައިވާ ކަމަށެވެ.

އެހެންނަމަވެސް އޭނާ އެއާޕޯޓަށް ގޮސް ވަންނަ ހިސާބުގައި ކެމެރާއެއް ނެތުމުގެ ސަބަބުން، ދެން ދިޔަ ހިސާބެއް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންކަމުން އެއާޕޯޓުގެ އެކި ސަރަހައްދުތަކާއި އޮޑިދޯނިފަހަރުތައް ބަލައި، އެއްވެސް ތަނަކަށް ދިއުމަށް ބުކިން އެއް ހައްދާފައިވޭތޯ ވެސް ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"އެގޮތުން ކުރެވުނު މަސައްކަތުން އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާ ކަމާއި އެއްވެސް އެއާލައިނަކުން ރާއްޖޭގެ އެއްވެސް ރަށަކަށް ނުދާ ކަން ޔަގީން ކުރެވިފައިވެ އެވެ،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ އާސިރު އެއާޕޯޓަށް ދިޔަ ޓެކްސީ ދެނެގަނެ، ޑްރައިވަރާ މިހާރު ސުވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެއްވެސް ރަށެއްގައި އޭނާ ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އާސިރުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ހޮޓްްލައިން 3322111 ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ނަންްބަރު 9631696 އަށް ގުޅާ އެކަން ހިއްސާކުރުމަށް އެދިފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox