ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން އިފްތިތާހުކޮށްފި

ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން އިފްތިތާހު ކުރުން -- ފޮޓޯ: ހެލްތް މިނިސްޓްރީ

ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން އިފްތިތާހު ކުރުން -- ފޮޓޯ: ހެލްތް މިނިސްޓްރީ

ރާއްޖޭގެ ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން 2022-2026 އިފްތިތާހުކޮށްފި އެވެ.

މި ޕްލޭނަކީ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް، މިހާރު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ރޭވިފައިވާ މުހިންމު ކަންކަމުގެ ތެރެއިން އެކުލަވާލާގައިވާ ޕްލޭނެކެވެ.

މި ޕްލޭން އިފްތިތަހުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ.

"ނެޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭން" (އެންސީސީޕީ) އަކީ ކެންސަރު ބަލި ކޮންޓްރޯލްކުރުމަށް ކަނޑައަޅާފައި ހުރި ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ފަސް އަހަރުގެ ފްލޭނެކެވެ. މި ޕްލޭން އެކުލަވާލީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަންނީ ލަފާއާއި އެހީތެރިކަމާއެކު ރާއްޖޭގެ މިކަމާ ގުޅުންހުރި ފަންނީ ފަރާތްތަކުގެ މަޝްވަރާއާއެކު ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

މި ޕްލޭންގެ މައިގަނޑު މަގުސަދުތަކަކީ:

  • ކެންސަރުން ރައްކާތެރިވުމަށް ސިއްހީ އާދަތަކަށް އަހުލުވެރިވުން
  • އަވަހަށް ބަލި ދެނެގަނެ އަވަހަށް ފަރުވާ ފެށުން
  • އާއިލާތަކަށް މާލީ ބުރައެއް އުފުލަންނުޖެހި ކެންސަރުގެ ފަރުވާ ލިބުން
  • ކެންސަރު ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ޕެލިއޭޓިވް އަދި ސަޕޯޓިވް ކެއާގެ ކަވަރޭޖު ފުޅާކުރުން
  • ކެންސަރުގެ ގައުމީ ރަޖިސްޓްރީ ގާއިމު ކުރުމާއި ދިރާސާތައް ކުރުން

މިއަދު އިފްތިތާހުކުރި ޕްލޭނާއެކު ކެންސަރުން ރައްކާތެރިތެރިވުމަށް ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި ކެންސަރު ބަލީގެ މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ މި ކަންކަމާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ޕްރައިވެޓް ސެކްޓާ އާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތައް އެއް އަމާޒަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޯޑިނޭޝަން ރަނގަޅު ކުރެވޭނެ ކަމަށެވެ.

ކެންސަރު ޖެހޭ މިންވަރާއި، ކެންސަރުގެ އާންމު ވައްތަރުތަކާ އަދި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ފަރުވާ ހޯދާ މީހުންގެ މައުލޫމާތު ގަވައިދުން އެއްކޮށް އެފަރާތްތަކަށް ދޭންޖެހޭ ފަރުވާއާއި އެހީތެރިކަން ރަނގަޅަށް ވިލަރެސްކޮށް، ތަފާސް ހިސާބު އެއްކުރުމަށް ބޭނުންވާ "ކެންސަރު ރަޖިސްޓްރީ" ހަރުދަނާކުރުމަކީ ވެސް މި ޕްލޭންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު އެއް މަސައްކަތެވެ.

ހެލްތް މިނިސްޓްރީން އިތުރަށް ބުނީ މި ޕްލޭނުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމުން، ގައިން ގަޔަށް ނާރާ ބަލިތައް މިހާރު ހުރި މިންވަރު 2030 ގެ ނިޔަލަށް 25 ޕަސަންޓަށް ދައްކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox