ހުލާސާކޮށް އިއްޔެ: ސްޓޫޑެންޓު ލޯނަށް ހުޅުވާލުން

ހުލާސާކޮށް އިއްޔެ: ސްޓޫޑެންޓު ލޯނަށް ހުޅުވާލުން

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމުގެ ލޯނު ސްކީމުގެ 720 ފުރުސަތާ އެކު މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލީ އިއްޔެ އެވެ.

މި ފުރުސަތު އިއުލާނު ކޮށްފައި ވަނީ, އެހެން އަހަރުތަކުގައި ދަރިވަރުންގެ ޑިމާންޑު އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށްގެން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ލޯނު ދޫކުރާނީ އިދާރީ ފީގެ ގޮތުގައި އެއް ޕަސަންޓު ޗާޖު ކުރާ ގޮތަށް ކަމަށް ލޯނު ސްކީމް އިއުލާން ކުރުމަށް އިއްޔެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.

އަދި، ލޯނު ނަގާއިރު, ޖުމުލަ ލޯނަށް އަރާ އަދަދު ދަރިވަރުންނަށް އެނގޭނެ ކަމަށާއި އެ އަދަދު ފަހުން ބަދަލު ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސްކީމުގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ނުކުޅުދުންތެރިކަން ހުންނަ ދަރިވަރުންނަށް ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށެވެ.

ހަމައެއާއެކު، ސަރުކާރުގެ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް, އެ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށްޓަކައި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އެ ފުރުސަތު ހުޅުވާލީ ބައެއް ދާއިރާތަކުން ކަމުގައިވީ ނަމަވެސް މިއަހަރު ކޮންމެ ދާއިރާއަކުން ކިޔަވާ ދަރިވަރަކަށް ވެސް އެ ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަހަރުވެސް އަޅުގަނޑުމެން ލޯނު މިދެނީ އަޅުގަނޑުމެން އެކުލަވާލާފައިވާ ޓްރެއިނިން ނީޑްސް ރިކުއަމަންޓަށް ފެތޭ ގޮތަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ގައުމަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާ ކުރުމަށް މަގު ފަހިކޮށްދިނުމަށްޓަކައި" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން ދާއިރާއަކުން ފުރުސަތު އިތުރުކުރީ ވޭތުވެދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާއިރު އާދަޔާ ހިލާފަށް ގިނަ ދަރިވަރުން އެ ދާއިރާތަކުން ލޯނަށް ބޭނުންވާތީ ކަމަށެވެ.

އެގޮތުން, ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ ދަރިވަރުންނަށް 60 ފުރުސަތު, ޑިގްރީ ފެންވަރުގައި އެމްބީބީއެސް ހަދަން 55 ފުރުސަތު އަދި މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރަށް 20 ފުރުސަތު ހުޅުވާލާފައިވާކަން މިނިސްޓަރު އިބްރާހިމް ހަސަން ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު ޕައިލެޓް ކޯހަށް 10 ފުރުސަތު, އެމްބީބީއެސްއަށް 25 އަދި މެޑިސިންއަށް ހުޅުވާލީ 10 ފުރުސަތެވެ.

އަންނަ މަހު 15 ވަނަ ދުވަހުގެ ނިޔަލަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިނިސްޓަރު ވަނީ, ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން އެކަމަށް ހާއްސަކުރާ މައުލޫމާތު ސެޝަންތަކުގައި ބައިވެރިވެ, ރަނގަޅު މައުލޫމާތު ހޯދުމަށްފަހު އެޕްލިކޭޝަން ހުށަހެޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ލޯނުގެ އުސޫލާއި, ކޮށްފައިވާ އިއުލާން ކިޔާ ފަރިތަކުރުމަށްފަހު އެޕްލައި ކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހަވާލުކުރުން ހުއްޓުވައި ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.
  • އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރައްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކޯލިޝަން ހެދުމުގެ ބާރު ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި އެވެ.
  • މީގެ ދިހަ އަހަރު ކުރިން 2013 ވަނަ އަހަރު، ގައުމީ ޕާޓީގެ ފަރާތުން އިމާދު ސޯލިހު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓަށް ބެލުމުގެ އިހުތިސޯސް ނެތް ކަމަށް ދިހަ އަހަރު ފަހުން ހުކުމް ކުރީ އިއްޔެ އެވެ.
  • ހުޅުމާލޭގައި ގާއިމްކޮށްފައިވާ އުމަރު ޒާހިރު އޮފީސް އިމާރާތް ރަސްމީކޮށް އިއްޔެ ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
  • ޖަލުގައި ހަރުކަށި ފިކުރު މީހުންގެ ހާލަތު ކޮންޓްރޯލް ކުރުމަށް ހައި ސެކިއުރިޓީ ވިންގެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސްޓޫޑެންޓު ލޯނު ސްކީމަށް ހުޅުވާލުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ:

ކުރިން ލޯނު ނަގާފައިވީ ނަމަވެސް އެހެން ސަބަބުތަކާ ހުރެ ދަރިވަރުގެ އަމިއްލަ އިހްތިޔާރުން ބޭރުން ކަނޑައެޅިފައިވާ މުއްދަތުގައި ކޯސް ފުރިހަމަ ނުކުރެވިފައިވާ ފަރާތްތަކަށް ލޯނުގެ އެކްސްޓެންޝަނުގެ ގޮތުގައި އިތުރު ފައިސާ ދޭން އަޅުގަނޑުމެން މިފަހަރު ހަމަޖައްސާފައިވާ ވާހަކަ އުފަލާއެކު ފާހަގަކުރަން،

ދުވަހުގެ ފޮޓޯ

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން. އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާލާފައި. ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން. އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާލާފައި. ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން. އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާލާފައި. ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox