އާބާދީގެ ނިސްބަތުން ދެވަނައަށް އެންމެ ގިނައިން ސީފުޑްގެ ބާވަތްތައް ގައުމަކަށް ރާއްޖެ

އާބާދީގެ ނިސްބަތުން ދެވަނައަށް އެންމެ ގިނައިން ސީފުޑްގެ ބާވަތްތައް ގައުމަކަށް ރާއްޖެ

އަހަރެއްގެ ތެރޭ އާބާދީގެ ނިސްބަތުން ދެވަނައަށް އެންމެ ގިނައިން ސީފުޑްގެ ބާވަތްތައް ކެއުމުގައި ބޭނުންކުރާ ގައުމަކީ ރާއްޖެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޔޫއެންގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަންގެ "ދަ ސްޓޭޓް އޮފް ވޯލްޑް ފިޝަރީސް އެންޑް އެކުއާކަލްޗާ 2022" ރިޕޯޓުގައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ބޮލެއްގެ މައްޗަށް އަހަރަކު އެވްރެޖްކޮށް 85 ކިލޯގެ ސީފޫޑް ބާވަތްތައް ކެއުމުގައި ބޭނުންކުރެ އެވެ.

އެއާއެކު، އާބާދީގެ ނިސްބަތުން ސީފުޑް ބާވަތްތައް ކެއުމުގައި ބޭނުންކުރާ ގައުމުތަކުގެ ލިސްޓުން ރާއްޖެއަށް ލިބެނީ ދެވަނަ އެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އައިސްލެންޑެވެ. އެ ގައުމުގައި އަހަރެއްގެ މައްޗަށް އާބާދީގެ ނިސްބަތުން ބޮލަކަށް އެވްރެޖްކޮށް 91 ކިލޯގެ ސީފުޑް ކަ އެވެ.

އެންމެ ގިނައިން ސީފުޑްގެ ބާވަތްތައް ބޭނުންކުރާ ގައުމުތަކަކީ، އެ ގައުމުތަކުގައި ސީފުޑް އުފެއްދޭނެ ޖާގަ އާއި ވަސީލަތްތައް ހުރި ގައުމުތައް ނޫން ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ރާއްޖެއިން އަހަރެއްގެ މައްޗަށް ބޮލަކަށް އެވްރެޖްކޮށް 85 ކިލޯގެ ސީފުޑް ކާއިރު، 2019 ވަނަ އަހަރު، މުޅި ދުނިޔޭގައި ވެސް އެވްރެޖްކޮށް ބޮލަކަށް 20.5 ކިލޯގެ ސީފުޑްގެ ބާވަތްތައް ކެއުމުގައި ބޭނުންކޮށްފައިވެ އެވެ. އެއީ އާމްދަނީ ދަށް ގައުމުތަކަށް އެވްރެޖްކޮށް 5.4 ކިލޯ، މެދުފަންތީގެ އާންދަނީ ދަށް ގައުމުތަކަށް އެވްރެޖްކޮށް 15.2 ކިލޯ، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް އެވްރެޖްކޮށް 28.1 ކިލޯ އަދި މަތީ ފަންތީގެ ގައުމުތަކަށް އެވްރެޖްކޮށް 26.5 ކިލޯ ހިމެނޭހެންނެެވެ.

އާބާދީގެ ނިސްބަތުން ސީފުޑްގެ ބާވަތްތައް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު ސީފުޑަކީ، އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ގިނަ ނިއުޓްރިއެންޓްސް ފޯރުކޮށްދޭ ކާނާއެކެވެ. އެގޮތުން، ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ސީފުޑް ގިނައިން އެކުލެވޭ ކާނާގެ ސަބަބުން ތަފާތު ސިއްހީ ހާލަތްތަކުން ރައްކާތެރިކޮށްދެ އެވެ.

ސީފުޑްގެ ތެރޭގައި ހިމެނޭ ސެލްމަން، ކްލެމްސް އަދި ޝްރިމްޕް ފަދަ މަހާއި ޝެލްފިޝްގައި ޕްރޮޓީން އަދި ވިޓަމިންސް އާއި ވިޓަމިން ބީ12، ސެލެނިއަމް އަދި ޒިންކް ފަދަ މިނަރަލްސް ހިމެނެ އެވެ. އެހެން ނަމަވެސް ސީފުޑްގެ ބައެއް ބާވަތްތަކުގައި ހެވީ މެޓަލް މާކިއުރީ ހިމެނޭއިރު، އޭގެ ސަބަބުން ސިއްހަތަށް ނުރައްކާ ކުރިމަތިވެދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox