ތުރުކީ އާއި ސީރިއާއަށް އެހީވުމަށް ހުޅުވާލި ރިލީފް ފަންޑަށް 2.6 މިލިއަނަށްވުރެ ގިނަ ރުފިޔާ

ތުރުކީވިލާތާއި ސީރިއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއް -- ފޮޓޯ: ފައިލް

ތުރުކީވިލާތާއި ސީރިއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއް -- ފޮޓޯ: ފައިލް

ތުރުކީވިލާތާއި ސޫރިޔާ ގުޅޭ ސަރަހައްދަށް ހުސްވި ހަފްތާގައި އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިވެހި ރެޑް ކުރެެސެންޓުން ހުޅުވާލި ރިލީފް ފަންޑަށް 2.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ހުޅުވާލި އެ ފަންޑު ރޭ 11:59 ގައި ބަންދު ކުރިއިރު، ޖުމްލަ 2,659,507.45ރ. (ދެ މިލިއަން ހަ ލައްކަ ފަންސާސް ނުވަހާސް ފައްސަތޭކަ ހަތް ރުފިޔާ ސާޅީސް ފަސް ލާރި) ލިބިފައިވެ އެވެ.

ތުރުކީވިލާތާއި ސޫރިޔާ ގުޅޭ ސަރަހައްދަށް މި މަހުގެ ހަ ވަނަ ދުވަހު ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް ވަނީ 41،000 ވުރެ ގިނަ މީހުން މަރުވެފަ އެވެ.

އެ ދުވަހުގެ ބިންހެލުމަށްފަހު އެރި 300 އެތައް ލޮޅުމެއްގެ ސަބަބުން އެ ކާރިސާގައި އިމާރާތްތައް ދަށުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ އެކިވަރުގެ ގޮންޖެހުން ކުރިމަތިވެފަ އެވެ.

އެ ކާރިސާއަކީ މިފަހުގެ ތާރީހެއްގައި ކުރިމަތިވި އެފަދަ އެންމެ ހިތާމަވެރި އެއް ހާދިސާ އެވެ.

އެ ދެގައުމުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ އެއް މިލިއަން މަސްދަޅު އެ ދެ ގައުމަށް ހަދިޔާ ކުރުމަށް ނިންމާފަ އެވެ. އެއީ ކޮންމެ ގައުމަކަށް ބައިލައްކަ މަސްދަޅެވެ.

އެ ބިންހެލުމުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ގުޅިގެން ރާއްޖޭގެ ޓީމެއް ވެސް ވަނީ ތުރުކީއަށް ގޮސްފަ އެވެ.

އޭގެއިތުރުން، އެ ދެގައުމަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ވެސް ވަނީ ރިލީފް ފަންޑެއް ހުޅުވާލާފަ އެވެ. އެ ފަންޑަށް މިހާތަނަށް ވަނީ 4،215،932.01ރ. (ހަތަރު މިލިއަން ދެ ލައްކަ ފަނަރަހާސް ނުވަސަތޭކަ ބައްތިރީސް ރުފިޔާ) ލިބިފަ އެވެ. އެ ފަންޑު އަދިވެސް ހުރީ ހުޅުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox