މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހު 15:30 ހާއިރު އެވެ. އަދި މި މާރާމާރީގައި ޒަހަމްވި މީހާ މިހާރު ވަނީ އޭޑީކޭއަށް ގެނެސް ފަރުވާ ދޭން ފަށާފައި ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރު ކޮށްދީފައިނުވާއިރު ޒަހަމްވި މީހާގެ ތަފުސީލެއް ވެސް މިހާތަނަށް ދީފައެއް ނުވެ އެވެ.
މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި ޒަހަމްވި މީހާއަށް އެ ސަރަހައްދުން ހަމަލާދީފައިވަނީ ގްރޫޕަކުންނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.














