ކްރިކް ރިޒާ އާއި އޭސީޕީ ރިޔާޒުގެ އޯޑިއޯއެއް، ހެކި ސިއްރުކޮށްދޭން ދިފާއުން އެދިއްޖެ

ކްރިކް ރިޒާ އަދި އޭސީޕީ ރިޔާޒު؛ ދެ ބޭފުޅުން ދެއްކެވި ވާހަކައެއްގެ އޯޑިއޯ ސިއްރުކޮށްދޭން ރިޒާގެ ވަކީލުން އެދިވަޑައިގަތް

ކްރިކް ރިޒާ އަދި އޭސީޕީ ރިޔާޒު؛ ދެ ބޭފުޅުން ދެއްކެވި ވާހަކައެއްގެ އޯޑިއޯ ސިއްރުކޮށްދޭން ރިޒާގެ ވަކީލުން އެދިވަޑައިގަތް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި، ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މައްސަލާގައި ދައުވާކޮށްފައިވާ ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯއެއް ދިފާއީ ހެއްކެއް ގޮތުގައި ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީނާއި މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ގޮތުގައި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅީ އެ އޯޑިއޯ ސިއްރުކޮށްދިނުމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާގެ ވަކީލު ހުސްނީ މުބާރަކް ވިދާޅުވީ ހެކީގެ ބާރު ކަނޑުވައިލުމާއި، ރިޒާއަށް މަޖުބޫރުކުރުމެއް އައިސްދާނެ ކަމުގެ އިހުތިމާލު އޮތުމެވެ.

ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ އެ އޯޑިއޯ މިހާރު ވެސް ޝަރީއަތަށް ހުށަހަޅާފައިވާއިރު، އޯޑިއޯ ދައުލަތަށް ފޯރުކޮށްދީގެން އެ ހެކީގެ ބާރު ކަނޑުވައިލެވޭނެ ގޮތެއް ސާފު ނުވާ ކަމަށެވެ. އަދި އެއީ ސައްހަ އޯޑިއޯއެއް ކަން ޔަގީންކުރުމަށް ތަހުލީލު ކުރުމުގެ ފުރުސަތު ދެވެން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރިކް ރިޒާގެ ވަކީލުންގެ ތެރޭގައި ހިމެނޭ، ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ ދައުލަތުގެ ފަރާތުން އޯޑިއޯ ތަހުލީލު ކުރުމުގެ މާހިރެއް ނުވަތަ ތަޖުރިބާކާރެއް ކޯޓަށް ހާޒިރުވެ އޯޑިއޯ ތަހުލީލު ކުރުމުގެ ފުރުސަތު ދިނުމުގައި ދިފާއުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

ބައެއް މައްސަލަތަކުގައި އޯޑިއޯ އަދި ވީޑިއޯ ސީދާ ދިފާއަށް ދޫކުރުމުގެ ބަދަލުގައި، ކޯޓަށް ހާޒިރުވެ ތަހުލީލުކުރަން ފުރުސަތު ދޭން ދައުލަތުން އެދިގެން ކޯޓުން އެ ގޮތަށް އަމަލުކޮށްފައިވާ ކަން ވެސް ހަމްޒާ ފާހަގަ ކުރެއްވި އެވެ. ހަމަ އެ ހައްގު ދިފާއަށް ވެސް އޮންނަން ވާނެ ކަމަށް ވިދާޅުވި އެވެ.

އެ އޯޑިއޯގައި ހިމެނޭ ކޮންޓެންޓަށް ބެލުމުން، ހެކި އާންމުކޮށްފިނަމަ ރިޒާއަށް އިތުރު އުނދަގޫތައް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަން އެނގޭނެ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

ސަން ކުންފުނީގެ އެތެރޭގެ ތަހުގީގަކަށް ދިން ބަޔާންތަކެއް ސިއްރުކޮށްދޭން އެދުނު

ސަން އިންވެސްޓްމަންޓްގެ އެތެރޭގެ ތަހުގީގަކަށް އެ ކުންފުނީގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ދިން ބަޔާނަކާއި، އެ ކުންފުނީގައި މަސައްކަތް ކޮށްފައިވާ ބިދޭސީ ބައެއް މީހުން ދީފައިވާ ބަޔާންތަކެއްގެ އިތުރަށް ޑިރެކްޓަރުންގެ ބޯޑުގެ ބައެއް ގަރާރުތައް ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

އޭގައި ކުންފުނީގައި މަސައްކަތްކޮށްފައިވާ އަދި މަސައްކަތް ކުރަމުން އަންނަ ބައެއް މީހުންގެ ވަރަށް ޒާތީ ހާއްސަ މައުލޫމާތުތަކެއް ހިމެނޭތީ، އެ އާންމުކޮށްފިނަމަ އެ މުވައްޒަފުންގެ ޒާތީ ހައްގުތަކަކަށް އަރައިގަތުމާއި ބިރުވެރިކަމެއް އުފެއްދުމުގެ އިހުތިމާލެއް އޮތް ކަމަށް އެ ކުންފުނީގެ ވަކީލު އަލީ ޝާހް ވިދާޅުވި އެވެ.

އޭގެ ރައްދުގައި ދައުލަތުގެ ވަކީލު ނައުފަލް ވިދާޅުވީ އެ މައުލޫމާތުތައް ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އާންމު ކުރުމަށް ނޫޅޭ ކަމަށެވެ. އަދި މިހާރު ވެސް ހެކިންގެ ނަންތައް ދިފާއުން ހާމަކުރުމުން، ބިރުވެރިކަމެއް އޭގައި އޮތް ކަމަކަށް ނުބެލެވޭ ކަމަށް ނައުފަލް ވިދާޅުވި އެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގެ ފަރާތުން ވެސް ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވެ އެވެ. ނަމަވެސް އެ ފޯމު ކޯޓުގެ ފައިލްތަކުގެ ތެރޭގައި ފެންނަން ނެތުމުން އިތުރު ފުރުސަތެއް ދިނުމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި އެވެ.

ދެން މި މައްސަލާގައި އަޑުއެހުމެއް އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު ހެނދުނު 9:00 ޖަހާއިރެވެ. އެ އަޑުއެހުމުގައި މިހާރު ހުށަހެޅިފައިވާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.

އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ޔާމީންގެ ވަކީލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox