ހުލާސާކޮށް އިއްޔެ: ހަސަން ލަތީފްގެ މައްސަލައާ ދެކޮޅަށް ވިޕު ނެރުން

Feb 14, 2023, 1:08 AM
ރައްޔިތުންގެ މަޖިލީހުގެ އިރާދާ -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިރާދާ -- ފޮޓޯ: އަދަދު

ރާއްޖެއަށް ޑްރަގު ހިފައިގެން އަންނަ ބިދޭސީ އަނބުރާ ފޮނުވާލުމަށް އަލަށް ހެދި ގަވައިދު އިސްލާހުކުރަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އިއްޔެ ހުށަހެޅުއްވި ކުއްލި މައްސަލާއާ ދެކޮޅަށް އެމްޑީޕީން ވިޕު ނެރުނު ސަބަބު އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ސާފުކޮށް ދެއްވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހަސަން ލަތީފް ކުއްލި މައްސަލައެއް ހުށަހެޅުއްވީ 'ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު' ގައި ހުރި މަސްތުވާތަކެތީގެ ގާނޫނާ ތައާރުޒުވާ ކަންކަން އުނިކުރުމަށް ސަރުކާރަށް ގޮވާލައި އެވެ.

އެ މައްސަލަ ބަހުސްކުރަން މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި 24 މެމްބަރަކު ތާއީދު ކުރެއްވި ނަމަވެސް، 16 މެމްބަރުން ވަނީ ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.

އެ ކުއްލި މައްސަލަ ބަލައިގަތުމަށްފަހު، ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށަހެޅީ ވަރަށް މުހިންމު ބޭނުމެއްގައި ނަމަވެސް، މި މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވިޕްލައިން ނެރުނު ކަމަށެވެ.

"...އަޅުގަނޑުގެ ފިކުރު ވަކި ގޮތަކަށް ހުރީތީ، މި މައްސަލަ ބަލައިނުގަތުމަށް ޕާލިމަންޓަރީ ގުރޫޕުން އެ ރެޑު ވިޕްލައިން ނެރުނު ބޭފުޅުންނަކީ ހަގީގަތުގަ އެއްވެސް ކަމެއްގަ ސަރުކާރަށް ފަސޭހަވާނެ ގޮތަކަށް ނޫނީ ތާއީދެއް ލިބޭނެ ގޮތަކަށް އަމަލުކުރަން ބޭފުޅުންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ހަސަލް ލަތީފްގެ އިތުރުން، އެ ކުއްލި މައްސަލައާ ދެކޮޅަށް އެމްޑިޕީން ވިޕު ނެރުމުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ވަނީ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕަށް ފާޑުވިދާޅުވެފަ އެވެ.

މިއާއެކު އެ ގަވާއިދަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ ތެރެއިންނާއި، ވެރިކަން ކުރާ ޕާޓީ އަދި އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމުން ވެސް މި ގަވާއިދާ އެއްބަސްވުމުގެ ބަދަލުގައި އެކި ގޮތްގޮތުން ދަނީ ސަރުކާރަށް ފާޑުކިޔައި ޕްރެޝަރު ކުރަމުންނެވެ.

މުހިންމު ބައެއް ހަބަރު

ރާއްޖެއަށް ޑްރަގު ހިފައިގެން އަންނަ ބިދޭސީ އަނބުރާ ފޮނުވާލާ މައްސަލައަށް އެދެވޭ ހައްލެއް ހޯދޭނީ މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

ފާއިތުވި ދިހަ އަހަރު ތެރޭގައި ދައުލަތުން ނަގާފައިވާ ދަރަނި ރީސްޓްރަކްޗާ ކުރުމާއި އެ ދަރަނި އަދާ ކުރުމާ ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެވެ.

ބޭންކިން ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ އެކައުންޓުތައް ހުޅުވުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ފިނޭންސް މިނިސްޓަރީން މިއަދު އާންމުކޮށް ގެޒެޓު ކުރި އެވެ.

ހދ. ނޮޅިވަރަމުގައި ފުޓްސަލް ދަނޑު އެޅުމަށްޓަކައި ގެންގޮސްފައި ހުރި ޓާފްތަކުގައި އަނެއްކާވެސް ރޯކޮށްލި އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖެއަށް ޑްރަގު ހިފައިގެން އަންނަ ބިދޭސީ އަނބުރާ ފޮނުވާލުމަށް އަލަށް ހެދި ގަވައިދު އިސްލާހުކުރަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އިއްޔެ ހުށަހެޅުއްވި ކުއްލި މައްސަލާއާ ދެކޮޅަށް އެމްޑީޕީން ވިޕު ނެރުނު ސަބަބު އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ސާފުކޮށް ދެއްވަމުން ވިދާޅުވީ؛

...އަޅުގަނޑުގެ ފިކުރު ވަކި ގޮތަކަށް ހުރީތީ، މި މައްސަލަ ބަލައިނުގަތުމަށް ޕާލިމަންޓަރީ ގުރޫޕުން އެ ރެޑު ވިޕްލައިން ނެރުނު ބޭފުޅުންނަކީ ހަގީގަތުގަ އެއްވެސް ކަމެއްގަ ސަރުކާރަށް ފަސޭހަވާނެ ގޮތަކަށް ނޫނީ ތާއީދެއް ލިބޭނެ ގޮތަކަށް އަމަލުކުރަން ބޭފުޅުންނެއް ނޫން،"

ދުވަހުގެ ފޮޓޯ

ސ
ސ

މިދިޔަ މަހު 31 ވަނަ ދުވަހު ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އެޅުމަށް ގެންގޮސްފައި ހުރި ޓާފްތަކެއްގައި ރޯކޮށްލާފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox