އަކުރަމް އާއި އުމެއިރު 11 އަހަރަށް ފަހު ވިކްޓަރީ އަށް، ކޯޗަކަށް ސޮބާ

Feb 13, 2023, 3:52 PM
ވިކްޓަރީ އަށް ސޮއިކުރުމަށް ފަހު ސޮބާ އާއި އުމެއިރު އަދި އަކުރަމް.

ވިކްޓަރީ އަށް ސޮއިކުރުމަށް ފަހު ސޮބާ އާއި އުމެއިރު އަދި އަކުރަމް.

ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު، މުހައްމަދު އުމެއިރު، ކުރިއަށް އޮތް ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެން ސޮއިކޮށްފި އެވެ.

ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން އެ ކްލަބަށް ކުޅެފައިވާ ކާމިޔާބު ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އެވެ.

އަކޫ އާއި އުމެއިރު ވަނީ މެދުކެނޑުމެއް ނެތި ފާއިތުވި 17 އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެފަ އެވެ. އަކޫ އާއި އުމެއިރު އަދި ސޮބާ ވިކްޓަރީ އަށް ސޮއިކުރީ މިރޭ އެ ކްލަބުން އެބްސް އެންޑް ފްލޯގައި ބޭއްވި އިވެންޓެއްގަ އެވެ. އަކޫ އާއި އުމެއިރު 10 މަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު، ސޮބާ އެއްބަސްވީ ފަސް މަހުގެ ކޮންޓްރެކްޓެއް އާ ކުރާ ގޮތަށެެވެ.

ފުޓްބޯޅަ ކެރިއަރު، ވިކްޓަރީން ފެށި އުމެއިރު، 34، އެންމެ ފަހުން އެ ކްލަބަށް ކުޅެފައިވަނީ 2012 ވަަނަ އަހަރު އެވެ. އެ ސީޒަނުގައި އަކޫ، 35، ވެސް ވަނީ ވިކްޓަރީގެ ރަތް ޖޯޒީގައި ކުޅެފަ އެވެ.

މީގެ 10 މަސް ކުރިން، ސަސްޕެންޝަނުން ސަލާމަތްވެ، ވިކްޓަރީން ވަނީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. އެފްއޭއެމް އިން ވިކްޓަރީ ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ވިކްޓްރީން މުސާރަ ނުދޭ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ މައްސަލަ އެފްއޭއެމާއި ފީފާގައި އޮތުމުންނެވެ. ވިކްޓަރީގެ އާ ބޯޑުން ވަނީ އެ ދަރަނިތައް ދައްކައި، ކްލަބް ސަސްޕެންޝަނުން ސަލާމަތްކޮށްފަ އެވެ.

ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީގެ އިރުޝާދުގެ ދަށުން، މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ކުޅުނު ވިކްޓަރީ އަށް މުބާރާތް ނިމުނީ ގްރޫޕް ސްޓޭޖުންނެވެ.

އުމެއިރު (ކ) އާއި އަކުރަމް ވިކްޓަރީ އަށް ސޮއިކުރުމަށް ފަހު ޖޯޒީ ދައްކާލަނީ.--- ފޮޓޯ: އަދަދު

މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ވިކްޓަރީން ތައްޔާރީތައް ފެށިއިރު، އެހެން ޓީމުތައް ވަނީ ރަނގަޅު ފެންވަރުގެ ކުޅުންތެރިންނާ އެކު، ރަނގަޅު ޓީމުތަކެއް އެކުލަވާލައިފަ އެވެ. އެހެންވެ، ވިކްޓަރީ އަށް ރަނގަޅު ޓީމެއް އެކުލަވާލަން ގޮންޖެހުން ކުރިމަތިވި އެވެ.

މިދިޔަ އަހަރު ދިމާވި ހާލަތުން އިބުރަތް ހޯދައި، ވިކްޓަރީން މި ވަނީ ދުރާލާ މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފަ އެެވެ. އަކޫ އާއި އުމެއިރުގެ ސޮއި ހޯދުމަކީ އޭގެ ފެށުމެކެވެ.

އެފްއޭއެމް އިން ކްލަބްތަކަށް ދީފައިވާ، މި ސީޒަނުގެ ޓެންޓޭޓިވް ކަލަންޑަރުގައި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ތާވަލުކޮށްފައި އޮތީ، އަންނަ އޮކްޓޫބަރު މަހަށެވެ.

ސޮބާ، ވިކްޓަރީ ކޯޗުކަމާ ހަވާލުވިއިރު، އޭނާ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި، ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް އަދި ކްލަބް ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ، މިދިޔަ އަހަރު އޭނާ ފެނުނީ ދެ ވަނަ ޑިވިޝަނުގައި ނިއުގެ ކޯޗެއްގެ ގޮތުގަ އެވެ.

އަކުރަމް އާއި އުމެއިރުގެ ކެރިއަރަށް ކަޅިއެއް

ވިކްޓަރީގެ ޑިފެންޑަރެއްގެ ގޮތުގައި 2006 ވަނަ އަހަރު ކެރިއަރު ފެށި އުމެއިރު ވަނީ ޒުވާން އުމުރުގައި އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. ވިކްޓަރީ ދޫކޮށް، 2010 ވަނަ އަހަރު ވީބީ ސްޕޯޓްސް ކްލަބަށް ކުޅުމަށް ފަހު، އުމެއިރު، 2011 ވަނަ އަހަރު ފެނުނީ، މާޒިޔާ އިންނެވެ. އޭގެ ޖެހިގެން އައި އަހަރު، 2012 ގައި އަލުން ވިކްޓަރީ އަށް ބަދަލުވި އެވެ.

އޭގެ ފަހުން، އުމެއިރު ފެނުނީ ވެލީޒާ ޕޮޕޯފްގެ އިރުޝާދުގެ ދަށުން 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުން ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް، ފުރިހަަމަ ކުރި ރެކޯޑް ސީޒަނުގައި އެ ޓީމުންނެވެ. ނިއު އަށް 2015 ވަނަ އަހަރުގެ ޖެނުއަރީގައި ކުޅުނު ޕީޕަލްސް ކަޕްގެ ނިޔަލަށް ކުޅުމަށް ފަހު، އުމެއިރު ދެން ފެނުނީ މާޒިޔާ އިންނެވެ. އެ ޓީމަށް 2017 ގެ ނިޔަަލަށް ކުޅުމަށް ފަހު، ދެން ބަދަލުވީ ކްލަބް ގްރީން ސްޓްރީޓްސް އަށެވެ. އޭގެ ފަހުން، 2020 ގައި އަނެއްކާ ވެސް މާޒިޔާ އަށް ބަދަލުވިއިރު، މިދިޔަ ސީޒަނުގައި ލޯން އުސޫލުން ފެނުނީ ވެލެންސިއާ ޓީމުންނެވެ.

މިދިޔަ އޮކްޓޫބަރު މަހު ކަކުލުގެ އޮޕަރޭޝަނެއް ކުރި އަކުރަމް، ކެރިއަރު ފެށީ 2006 ވަނަ އަހަރު ވެލެންސިއާ އިންނެވެ. އޭގެ ފަހުން 2007 އިން 2009 އަށް އަކުރަމް ފެނުނީ ނިއު ރޭޑިއަންޓުންނެވެ. ނިއު ދޫކޮށް 2010 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު 2011 ވަނަ އަހަރު ހޭދަކުރީ މާޒިޔާގަ އެވެ. އަދި 2012 ވަނަ އަހަރު ވިކްޓްރީ އަށް ކުޅުނެވެ.

އަކުރަމް، ދެ ވަނަ ފަހަރަށް ވެލެންސިއާ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން ނިއު އަށް އަނެއްކާ ވެސް ބަދަލުވި އެވެ. ނިއު އަށް 2014 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ކުޅެ، 2015 އާއި 2016 ކުޅުނީ އަނެއްކާ ވެސް ވެލެންސިއާ ޖޯޒީގަ އެވެ. ވެލެންސިއާ ދޫކޮށް 2017 ގައި ނިއު އަށް ބަދަލުވެ، އެ ޓީމަށް ކުޅުނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ވަނީ ކުޅެފަ އެވެ. ޓީސީ ދޫކޮށް 2019 ވަނަ އަހަރު ވެލެންސިއާ އަށް ކެރިއަރުގެ ހަތަރު ވަނަ ފަހަރަށް ބަދަލުވި އެވެ.

އޭގެ ފަހުން، 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ކްލަބް އީގަލްސް އިން އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި އަކުރަމް ވަނީ އީގަލްސް އަށް ކުޅެފަ އެވެ. އެ އަށް ފަހު، މިދިޔަ ސީޒަނުގައި އަކުރަމް ވަނީ ކެރިއަރުގައި ދެ ވަނަ ފަހަރަށް މާޒިޔާ އަށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox