މާލޭގެ ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި ވައްކަންކުރަން ވަތް މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިޔާ އޮފިސަރު "އަދަދު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާފަންނުގައި ހުރި ގެއެއްގެ ބެލްކަންޏާއެކު މީހަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 11:29 ހާއިރު ކަމަށެވެ.
ބެލްކަނި ވެއްޓުނީ ވައްކަން ކުރުމަށްޓަކައި އެގެއަށް ވަތް މީހާ ފުންމާލުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގާ އެމީހާ ފުންްމާލި ތަނުގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި ބައުވެފައިވާ އިމާރާތުގެ ބެލްކަނީގެ ބޮޑު ބައެއް މަގުމައްޗަށް ވެއްޓިފައިވާ މަންޒަރު ވެސް ފެނެ އެވެ.












