ހުލާސާކޮށް އިއްޔެ: ގެއްލިގެން ހޯދަމުންދާ އާސިރުގެ މައުލޫމާތު ހާމަކުރުން

ހުލާސާކޮށް އިއްޔެ: ގެއްލިގެން ހޯދަމުންދާ އާސިރުގެ މައުލޫމާތު ހާމަކުރުން

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް އެންމެ ފަހުން ފެނިފައި ވަނީ ޓެކްސީއެއްގައި އެއާޕޯޓަށް ދިޔަތަން ކަމަށާއި، އޭނާ އެއްވެސް ތާކަށް ފުރައިގެން ގޮސްފައިވާކަން އެނގެން ނެތް ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.

އިއްޔެ ރޭ ފުލުހުން މީޑިއާތަކަށް ކުރި މެސެޖެއްގައި ބުނެފައި ވަނީ އާސިރު އެންމެ ފަހުން ފެނިފައި ވަނީ ގެއްލުނު ރޭގެ 19:20 ކަންހާއިރު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރާ މަންްޒަރު ކަމަށެވެ. އަދި, ޓެކްސީ ގޮސް މަޑުކުރުމުން އެއާޕޯޓަށް ފައިބާ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލްއަށް މަޑުކުރުމުން މުހައްމަދު އާސިރު އިސްމާއިލް ޓެކްސީ އިން ފައިބައިގެން ގޮސް ޓާމިނަލްއަށް ވަންނަ މަންްޒަރު ސީސީޓީވީ ފުޓޭޖްއަކުން ފެނިފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އާސިރު އެއާޕޯޓަށް ދިޔަ ނަމަވެސް އެއްވެސްް ތަނަކަށް ފުރައިގެން ގޮސްފައިވާކަން އަދި އެނގިފައި ނުވާ ކަމަށެވެ.

އާސިރު ހޯދުމަށް މާލޭގެ އިތުރު ސަރަހައްދުތަކާއި އެއާޕޯޓުގެ ސީސީޓީވީ ފުޓޭޖްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްވެސްް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ބުނެ އެވެ.

އާސިރުގެ އާއިލާއިން ބުނެފައި ވަނީ އޭނާ އެންމެ ފަހުން ފެނިފައި ވަނީ އެރޭ 19:30 ހާއިރު ކަމަށެވެ. އަދި ގެއްލުނު އިރު ލައިގެން ހުރީ ކަޅު ގަމީހަކާއި ނޫ ޖީންސެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އާސިރުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ހޮޓްްލައިން 3322111 ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ނަންްބަރު 9631696 އަށް ގުޅާ އެކަން ހިއްސާކުރުމަށް އެދިފައި ވެއެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ މަރުހަލާ ފެށުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ވެސް ޝަރީއަތެއް ފެށޭ ގޮތް ވެފައެއް ނުވެ އެވެ.
  • އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދު އެ ގައުމުން ޑީޕޯޓުކޮށްލީ އިއްޔެ އެވެ.
  • ކެޕިޓަލް މާކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އިން އެވޯޑު ދިންކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މުޒާހަރާ ކަވަރު ކުރުމުގެ ތެރޭގައި ނޫސްވެރިންނަށް ވަމުންދާ އަނިޔާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަހީދާ އިއްޔެ "އަދަދު" އަށް ވިދާޅުވީ;

އަޅުގަނޑުމެން އަބަދުވެސް ވަރަށް ދެރަވަން ޖާނަލިސްޓުންނަށް އަނިޔާވާތީ. އަދި ޖާނަލިސްޓުން ނޫނަސް އެއްވެސް މީހަކަށް އަނިޔާވުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން އެބޭފުޅުން [ފުލުހުން] ގާތުވެސް ބުނީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫނޭ އެއީ,

ދުވަހުގެ ފޮޓޯ

އެމްޓީސީސީން އަމީނީ މަގުގައި ތާރު އެޅުމަށް އެންމެފަހުގެ ތައްޔާރީތައް ވަނީ. ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭ ސްޓެލްކޯއާ ހަމައަށް ތާރު އަޅައި ނިންމާނެ ކަމަށް އެ ކުންފުނިން ބުނޭ. ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކޮށް ނިމޭނީ ސެޕްޓެމްބަރު މަހު ކަމަށް ސަރުކާރުން އޮތީ ބުނެފައި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
އެމްޓީސީސީން އަމީނީ މަގުގައި ތާރު އެޅުމަށް އެންމެފަހުގެ ތައްޔާރީތައް ވަނީ. ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭ ސްޓެލްކޯއާ ހަމައަށް ތާރު އަޅައި ނިންމާނެ ކަމަށް އެ ކުންފުނިން ބުނޭ. ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކޮށް ނިމޭނީ ސެޕްޓެމްބަރު މަހު ކަމަށް ސަރުކާރުން އޮތީ ބުނެފައި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އެމްޓީސީސީން އަމީނީ މަގުގައި ތާރު އެޅުމަށް އެންމެފަހުގެ ތައްޔާރީތައް ވަނީ. ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭ ސްޓެލްކޯއާ ހަމައަށް ތާރު އަޅައި ނިންމާނެ ކަމަށް އެ ކުންފުނިން ބުނޭ. ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކޮށް ނިމޭނީ ސެޕްޓެމްބަރު މަހު ކަމަށް ސަރުކާރުން އޮތީ ބުނެފައި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox