ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެެެެ ބިއްލޫރި ގަނޑެއް ގާބުރިއަކުން ޖަހައި ތަޅާލި މީހަކު ހައްޔަރުކޮށްފި އެވެެެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އިއްޔެ ހިނގި އެެެެ ހާދިސާގައި ފުލުހަކަށް އަނިޔާ ވެސް ވެފައިވެެ އެވެ. އެ ފުލުސް މީހާއަށް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެެ އެވެެެެ.
މީގެ ކުރިން ވެސް ހުޅުމާލޭގައި ފުލުހުންގެ ވެހިކަލެއްގައި ރޯކޮށްލައި ގެއްލުންދީފައިވެ އެވެ. އެއީ އެޗްޑީސީ ކައިރީގައި ޕާކުކޮށްފައި އޮތް ވެހިކަލެކެވެ.














