މާލެ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ ހިއްސާ އޮންނަ ށ. ކަނބާލިފަރުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރުނު ކަމަށް ރިޕޯޓުކުރީ އިއްޔެ އެވެ.
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު މި އަމުރު ނެރެފައިވަނީ އާދަމް މަނިކާ ދެކޮޅަށް އިޓަލީގެ ރައްޔިތެއް ކަމަށްވާ ފްރަންކިން ޖުޒެއްޕެ އެ ކޯޓަށް ހުށަހަޅާފައިވާ ދައުވާ ނިމެންދެނެވެ. މި އަމުރު ނެރެދިނުމަށް ކޯޓުގައި އެދުނީ އާދަމް މަނިކުގެ ގައިރު ހާޒިރުގައި ޖުޒެއްޕެގެ ފަރާތުންނެވެ.
އާދަމް މަނިކުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ އަކީ ޖުޒެއްޕެ އަށް ނޭނގި މަކަރާއި ހީލަތުން ށ. ކަނބާލިފަރު، އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކޮށްފައިވާތީ އެކަމުގެ ބަދަލާއި، އެ ރަށް ތަރައްގީކުރުމަށް ކޮށްފައިވާ ހަރަދު އަނބުރާ ހޯދުމަށް އެދި ކޮށްފައިވާ ދައުވާއެކެވެ.
ދެހާސްހަވަނަ އަހަރު އޭރުގެ ޓުއަރިޒަމް މިނިސްޓްރީއިން ކަނބާލިފަރު ކުއްޔަށް ދިނީ އަލީ ޝަރީފް ނަމަކަށް ކިޔާ މީހަކަށެވެ. އެއަށްފަހު ކަނބާލިފަރު އެއްބަސްވުމުގެ ދަށުން އަލީ ޝަރީފަށް ލިބިފައިވާ ހުރިހާ ހައްގެއް އިޓަލީގެ ފްރަންކިން ޖުޒެއްޕެ އަށް ވިއްކާލީ އެވެ. އަދި ޕަވާ އޮފް އެޓާނީވެސް ޖުޒެއްޕެއަށް ދިނީ އެވެ.
ނަމަވެސް ޖުޒެއްޕެ އަށް ރާއްޖޭގައި ހުރެވެން ނެތުމުގެ ސަބަބުން ޕަވާ އޮފް އެޓާނީގެ ބޭނުންކޮށް އޭނާ ވަނީ އޭނާގެ ފަރާތުން ހުރިހާ ބާރެއް ލިބިދޭ ފަރާތަކަށް އާދަމް މަނިކު އައްޔަންކޮށްފަ އެވެ. މި ބާރާއެކު އާދަމް މަނިކު އޭގެ ނާޖާއިޒު ފައިދާ ހިފާ ޖުޒެއްޕެއަށް ނޭނގި، އާދަމް މަނިކުގެ ހިއްސާއާއި އެކު ކަނބާލިފަރު ޑިވެލޮޕްމަންޓު ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް ހަދާ މަކަރާއި ހީލަތުން އެ ރަށް އެ ކުންފުނީގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ޖުޒެއްޕެގެ ދައުވާގައި ބުނެފައިވެ އެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ މި އަމުރު ނެރެދިނުމަށް ޖުޒެއްޕެ އެދިފައިވަނީ މައްސަލަ ނުނިމެނީސް ށ. ކަނބާލިފަރުގެ ސްޓްރަކްޗާ އަށް ބަދަލު ގެނައުމުގެ ބިރު އޮތުން ނުވަތަ އެ ރަށް އެހެން ބަޔެއްގެ މިލްކިއްޔާތުގެ ދަށަށް ބަދަލުކުރުމުގެ ބިރު އޮތުމުން ކަމަށެވެ.
މުހިންމު ބައެއް ހަބަރު
ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އައްޔަން ކުރި އެވެ.
ތުރުކީ އަދި ސީރިއާ ގުޅޭ ސަރަހައްދަށް ހޯމަ ދުވަހު އައި ބިންހެލުމުގައި ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން އެ ދެ ގައުމަށް އެހީގެ ގޮތުގައި އެއް މިލިއަން މަސްދަޅު ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ލެ އާއި ހުޅުމާލެ ގުޅާލަދޭ ސިނަމާލެ ބްރިޖުގެ ހައިވޭގައި އިއްޔެ ހިނިގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށް ރިޕޯޓުކުރި އެވެ.
ސަރުކާރުން މާލޭގެ އަމީނީ މަގު ތަރައްގީ ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ ދަށުން އެ މަގުގެ ފުޅާމިނުން ތިން ފޫޓު ހަނިކުރާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ދުވަހުގެ ކޯޓޭޝަން
މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ގޮސް އުފާކޮށްލަން ޒަމާންތަކަކަށް ބޭނުންކުރަމުން ދިޔަ ކުޑަބަނޑޮސް ގެއްލި ދިއުމުން އެކަން އިއާދަކުރުމަށްޓަކައި ރަށެއް ތަރައްގީ ކުރުމަށް މި ސަރުކާރުން ވީ ވައުދު ފުއްދުމަށްޓަކައި ކުރި މަސައްކަތް ނިމި، މިއަދު ހުޅުވާއިރު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ؛
އެހާމެ ދިގު އިންތިޒާރަކަށް ފަހު ކުޑަގިރީގެ މަސައްކަތް ނިމިގެން ދިއުން މިއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،"
ދުވަހުގެ ފޮޓޯ

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި އިއްޔެ ނާލާފުއްޓާއި މުލަކު ބަދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު












