ހުލާސާކޮށް އިއްޔެ: ތިލަފުށިން ވިއްކާ ބިމުގެ 90 ޕަސެންޓު ދިވެހިންނަށް ހާއްސަކަން ހާމަކުރުން

ހުލާސާކޮށް އިއްޔެ: ތިލަފުށިން ވިއްކާ ބިމުގެ 90 ޕަސެންޓު ދިވެހިންނަށް ހާއްސަކަން ހާމަކުރުން

ތިލަފުށިން ސިނާއީ ބޭނުމަށް ވިއްކުމަށް ހަމަޖެހިފައިވާ ބިމުގެ 90 ޕަސަންޓު ހާއްސަ ކުރާނީ ދިވެހިންނަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކުރީ އިއްޔެ އެވެ.

އެޗްޑީސީން އިއްޔެ ނެރުނު އިއުލާނުގައި ބުނީ، ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 57 ބިމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރުމަށް ނިންމަފައިވާ ކަމަށެވެ.

އެގޮތުން، ދިވެހި ވިޔަފާރިތަކަށް ހާއްސަކުރާ ބިން ދޭނީ ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ދިވެހިންނަށް ބިން ވިއްކަނީ މިލްކު ކުރެވޭ ގޮތަށެވެ. އަދި ބޭރު ކުންފުނިތަކަށް ބިން ދޭނީ 99 އަހަރަށް ކުއްޔަށެވެ. އެއާއެކު، އެޗްޑީސީ އާއި ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ވަމުންނެވެ.

އެޗްޑީސީން ބުނީ ތިލަފުއްޓަކީ ސްޕެޝަލް އެކޮނޮމިކް ޒޯންއެއް ނޫން ކަމުގައިވާއިރު، ތިލަފުށީގެ މަދު ބިންތަކަކަށް އެދޭ ބޭރުގެ ވިޔަފާރިތަކުން ވެސް އަމަލު ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ވިޔަފާރިތަކުގެ ސަބަބުން ދިވެހިން ކުރާ މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

ހަމައެއާއެކު މިކަމުގެ ސަބަބުން ދިވެހިންނަށް ގިނަގުނަ ވަޒީފާގެ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ތިލަފުށިން ބިން ވިއްކުމުގެ މަގުސަދަކީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުއެއް ހޯދައިދިނުމާއި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.

ތިލަފުށި ޒޯން އޭއިން ދޫކުރާ މި ބިންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ހުޅުވާލާފައިވާއިރު، ބިމަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ 1700 ރުފިޔާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.

ސަރުކާރުން ތިލަފުށި ތަރައްގީކުރަން އެކުލަވާލި މާސްޓާ ޕްލޭނުގައިވާ ގޮތުން އިތުރު 151 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތިލަފުށި ކުނި މެނޭޖުކުރާ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރަށަކީ ރާއްޖޭގެ "ސިނާއީ މައި ހަބު" ކަމުގައި އެ ހެދުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، މިގޮތަށް ބިދޭސީންނަށް ބިން ގަނެވޭގޮތަށް މި އުސޫލު އޮތުމާއެކު ކަންބޮޑުވުން ފާޅުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ނިމިދިޔަ ޖެނުއަރީ މަހު އާސަންދައިގެ ހަރަދުތައް ހަތަރު ގުނަ އިތުރު ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ސަބަބު އާސަންދައިން ހާމަކުރީ އިއްޔެ އެވެ.
  • މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އާ އަމާޒަކީ އަލަށް ތަރައްގީކުރާ ރިސޯޓުތަކާއެކު އިންޑަސްޓްރީގެ އެންމެ އުހަށް ކުންފުނި ގެންދިއުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒުމީލް އަބްދުއް ސޮމަދު ވިދާޅުވީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ފިރިހެން މެންބަރުންގެ ނަން އިއްވުމުން، މެންބަރުން ނެރުމަށް އަންހެން އޮފިސަރުން ހަރަކާތްތެރިވާން ނުޖެހޭ ގޮތް ހަދަން މަޖިލިސް ގަވައިދަށް އިސްލާހު ހުށަހެޅީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެންމެ ފަހުން ކުރިއަށް ދިޔަ އެމްޑީޕީ ޕްރައިމަރީގެ ވާހަކަ ދައްކަވަމުން އިއްޔެގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ؛

އިންތިހާބަކުން ބަލިވީމާ އެއީ ބަލިވީ، ބަލިވި ބަޔަކު ޖެހޭނީ ގަދަވި ބަޔަކު ފަހަތަށް އަރަން، އެއީ ޕާޓީގެ ނިޒާމަކީ، އެއީ ޕާޓީގެ އުސޫލަކީ ވެސް، އެގޮތަށް ނޫޅެންޏާ އެއީ ޕާޓީގައި އުޅޭ ބައެއް ނޫން، އެއީ ވަކިވެވަގެނެގެން އުޅޭ ބައެއް،

ދުވަހުގެ ފޮޓޯ

މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން. އެމްޓީޑީސީގެ ލޯގޯ ބަދަލުކޮށް އާ ލޯގޯ އަކާއި އާ ވެބްސައިޓް ވަނީ އިފްތިތާހުކޮށްފައި. އެމްޓީޑީސީގެ 47 ޕަސެންޓް ހިއްސާ ސަރުކާރަށް އޮތްއިރު، 53 ޕަސެންޓް އޮތީ އާންމުންނަށް --- ފޮޓޯ؛ މިރާޝް ނާޝިމް/އަދަދު
މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން. އެމްޓީޑީސީގެ ލޯގޯ ބަދަލުކޮށް އާ ލޯގޯ އަކާއި އާ ވެބްސައިޓް ވަނީ އިފްތިތާހުކޮށްފައި. އެމްޓީޑީސީގެ 47 ޕަސެންޓް ހިއްސާ ސަރުކާރަށް އޮތްއިރު، 53 ޕަސެންޓް އޮތީ އާންމުންނަށް --- ފޮޓޯ؛ މިރާޝް ނާޝިމް/އަދަދު

މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން. އެމްޓީޑީސީގެ ލޯގޯ ބަދަލުކޮށް އާ ލޯގޯ އަކާއި އާ ވެބްސައިޓް ވަނީ އިފްތިތާހުކޮށްފައި. އެމްޓީޑީސީގެ 47 ޕަސެންޓް ހިއްސާ ސަރުކާރަށް އޮތްއިރު، 53 ޕަސެންޓް އޮތީ އާންމުންނަށް --- ފޮޓޯ؛ މިރާޝް ނާޝިމް/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox