އިހައްދޫ ސުކޫލުތެރޭގައި އަންހެން މުވައްޒަފަކަށް ހަމަލާ ދިން މައްސަލައެއް ފެންމަތިވެއްޖެ

ގަމުގައި ހުންނަ އިހައްދޫ ސުކޫލު؛ ސުކޫލު އަންހެން މުވައްޒަފަކަށް އަންހެނަކު ހަމަލާ ދިން މައްސަލައެއް ވަނީ ފެންމަތިވެފައި-- ފޮޓޯ: އިހައްދޫ ސުކޫލު ފޭސްކްބުކް

ގަމުގައި ހުންނަ އިހައްދޫ ސުކޫލު؛ ސުކޫލު އަންހެން މުވައްޒަފަކަށް އަންހެނަކު ހަމަލާ ދިން މައްސަލައެއް ވަނީ ފެންމަތިވެފައި-- ފޮޓޯ: އިހައްދޫ ސުކޫލު ފޭސްކްބުކް

ލ. ގަމުގައި ހުންނަ އިހައްްދޫ ސްކޫލްގެ ތެރޭގައި އެ ތަނުގެ އަންހެން މުވައްޒަފަކަށް މީހަކު ހަމަލާދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އަދި މިހާރު މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހާދިސާ ހިނގި ދުވަސް ސާފު ނުވާކަމަށް ފުލުުހުން ބުންޏެވެ.

އެކަން ހިނގި ވަގުތު އެތަނުގައި ހުރި އިހައްދޫ ސްކޫލްގެ މުވައްޒަފަކު "އަަދަދު" އަށް ބުނީ އެ އަންހެން މުވައްޒަފަށް ހަމަލާ ދީފައިވަނީ ބޭރުން އައި މީހެއް ކަމަށެވެ.

"ސްކޫލަށް އަންހެންމީހާ އައިސް މިތަނުގެ މުވައްޒަފު ގައިގައި ތަޅައިގަތީ، ތަނުގެ ދެ މުވައްޒަފުން ދުރުކުރީ،" އޭނާ ބުންޏެވެ.

ސްކޫލުގެ މުވައްޒަފަކީ މޫނު ބުރުގާ އަޅާ އަންހެނެއް ކަމަށާއި، މި ހަމަނުޖެހުމުގާ އޭނާ އަޅަައިގެން ހުރި ބުރުގާ ވެސް ބޭރުން އައި މީހާ ނަގާ އެއްލާލި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

"ޑޮކްޓަރީ ގޮތުން އަނިޔާއެއް ލިބުނޭ ބުނަން ދަތި. އެކަމަކު ވަރަށް ތެޅި އޭނަ ގައިގަ. އެއީ މޫނުބުރުގާ އަޅާ މީހެއް. މޫނު ބުރުގާ ވެސް ނަގާ އެއްލާލި،" ސްކޫލުންް މައުލޫމާތުދިން މުވައްޒަފު ބުންޏެވެ.

ހަމަނުޖެހުންް ހިންގުމަށް ދުރުން އައި މީހާއަކީ ސްކޫލް ހިންްގެވުމާ ހަވާލުވެގެން މިހާރު ހުންނެވި އެ ސްކޫލްގެ ލީޑިން ޓީޗަރު ސޮފާ އިބްރާހިމްއާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި، ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައިވަނީ ވެސް ސުކޫލު މެނޭޖުމަންޓުން ނޫން ކަން ފާހަގަކުރި އެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި ހަމަނުޖެހުން ހިންގި ވަގުތަކީ ކެޑޭޓު ކޭމްޕު ކުރިއަށް ދާތީ ސުކޫލުތަކުގައި ކުދިން ވެސް ހަރަކާތްތެރި ވަމުން އައި ދުވަހެކެވެ.

މިކަމާ ގުޅިގެން އެ ސުކޫލުގެ ބައެއް ބެލެނިވެރިންް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަން ހާމަ ނުކުރުމަށް އެދި "އަދަދު"އަށް މައުލޫމާތު ދިން ބެލެނިވެރިޔަކު ބުނީ މިފަދަ ގިނަ އަަދަަދަކަށް ކުޑަަކުދިން އުޅޭ މާހަައުލެއްގެ ތެރޭގައި މިފަދަ ކަންކަން ހިނގުމަކީ ބަލައިގަަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަހަރުމެން ދަރިވަރުން ސްކޫލަށް މި ފޮނުވަނީ އެކުދިންނަށް ބޭނުންވާ ތައުލީމް ހޯދަައިދޭން. އެކުދިންނަކީ މުޖްތަަމައުއަށް ރަނގަޅު ބަަޔަކަށް ހެދުމަށް. އެފަަދަ ތަނެއްގައި އެކުދިންގެ ލޯމަތީގައި ތަޅާ ފޮޅުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިއަކު ބުންޏެވެ.

އިތުރު ބެލެނިވެރިއަކު ބުނި ގޮތުގައި، މިއީ އެ އަންހެން މީހާ ސްކޫލަށް ވަަދެ ހަމަނުޖެހުން ހިންގި ފުރަތަމަ ދުވަހެއް ނޫނެވެ. މިފަދަ ކަންކަންް ތަކުރާރުވެގެން ދާއިރު، ސްކޫލުގެ މެނޭޖްމެންޓުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.

"ސްކޫލަށް ހަމަނުޖެހުން ހިންގުމަށް އެގޮތަށް ވަދެވުމަކީ ވެސް ފުރަތަމަ މައްސަލައެއް. މިކަމާ މެނޭޖްމެންޓުން ފިޔަވަޅެއް ނާޅާތީ އެންމެ ބޮޑަށް ހައިރާން ވަނީ. ސްކޫލް މުވައްޒަފަކަށް އެގޮތަށް އައިސް ހަމަލާދޭއިރު، އެމީހުންނަށް ވެސް އަދި ދަރިވަރުންނަށް ވެސް އެއްވެސް ރައްކާތެރިކަމެއް ނެތްކަން އިހްސާސްވަނީ،" އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ސުކޫލު މެނޭޖުމަންޓުގެ ބަހެއް ހޯދުމަށް، ސްކޫލް ހިންްގެވުމާ ހަވާލުވެގެން މިހާރު ހުންނެވި އެ ސްކޫލްގެ ލީޑިން ޓީޗަރު ސޮފާ އިބްރާހިމްއާ ގުޅުމުން އޭނާ ވަނީ "މިވަގުތު ވާހަކަ ދެއްކެން ނެތް" ކަމަށް ވިދާޅުވެ ފޯނު ބާއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox