ވެލާ ފެޅި މައްސަލާގައި ފަސް މީހުންގެ ބަޔާން ނެގުމަށްފަހު ވަނީ ދޫކޮށްލާފައި: އީޕީއޭ

ލ. އަތޮޅުގެ ފަޅު ރަށެއްގައި މީގެކުރިން ފުރޮޅާލާފައި އޮއްވާ ފެނުނު ވެލާތަކެއް --- ފޮޓޯ: މޯލްޑިވްސް އަންޑަ ވޯޓާ އިނީޝީއޭޓިވް އިންސްޓަގްރާމް

ލ. އަތޮޅުގެ ފަޅު ރަށެއްގައި މީގެކުރިން ފުރޮޅާލާފައި އޮއްވާ ފެނުނު ވެލާތަކެއް --- ފޮޓޯ: މޯލްޑިވްސް އަންޑަ ވޯޓާ އިނީޝީއޭޓިވް އިންސްޓަގްރާމް

ބ. ކެންދޫގައި ވެލާތަކެއް ފެޅި މައްސަލާގައި ޝާމިލުވާ ފަސް މީހުން ހައްޔަރުނުކޮށް, ބަޔާން ނެގުމަށްފަހު ދޫކޮށްލީ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އިޕީއޭ) އިން ބުނެފި އެވެ.

އީޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިމަހު ތިން ވަނަ ދުވަހު ފުލުހުން ވަނީ ހަ ވެލާ ކަތިލުމުގައި ބައިވެރިވި ފަސް މީހުންގެ ގްރޫޕެއް އަތުލައިގެންފައި ކަމަށެވެ. އަދި އެމީހުން އަތުލައިގަތީ ވެލާ މަސް ކައްކާ, ފުޅާ ދާއިރާއެއްގައި ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

ހިމާޔަތްކޮށްފައިވާ ވެލާ ކަތިލާ, ކައްކަނިކޮށް އަތުލައިގަތީ ކެންދޫއަށް ނިސްބަތްވާ ފަސް މީހުން ކަމަށް އީޕީއޭއިން ބުނެ އެވެ.

އީޕީއޭއިން ބުނީ, އެ ހާދިސާއާ ގުޅޭ ހެއްކާއި, އެހެނިހެން މައުލޫމާތު ހޯދުމުގައި ފުލުހުންނަށް އެހީތެރިވެދިނުމުގެ ގޮތުން އެ އެޖެންސީގެ އިތުރުން, ބ. އަތޮޅު ބައޮސްފެއާ ރިޒާވްގެ މުވައްޒަފުން ވެސް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ މައްސަލާގައި ޝާމިލުވާ ފަސް މީހުން ބަޔާން ނެގުމަށްފަހު ދޫކޮށްލާފައިވާކަން ވެސް އީޕީއޭއިން ބުނެ އެވެ. އެ އެޖެންސީން ބުނީ އެ މީހުން ދޫކޮށްލީ ގާނޫނީ މަރުހަލާ ކުރިއަށް ދާތީ, އިތުރު ފިޔަވަޅެއް އެޅެންދެން ކަމަށެވެ.

މިމަހު ތިން ވަނަ ދުވަހުގެ ހަވީރު ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލައާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މީގެ ކުރިން "އަދަދު"އަށް ވިދާޅުވީ އެ ހާދިސާގައި, މީހުން އަތުލައިގަތް އިރު އެމީހުން ވަނީ ވެލާގެ މަސް ނަގައި، އޭގައިން ތެޔޮ ހޭނާފައި ކަމަށެވެ.

ވެލާ ކަހަނބުގެ ދިރުންްތައް މުޅި ދުނިޔެއިން ވެސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރާ އެކު އެތަކެއްޗަށް ގެއްލުން ދިނުމާއި، އެތަކެތީގެ މަސްކެއުމުގެ ބޭނުމުގައި މަރަމުން ދިއުމަަކީ މަނާ ކަމެކެވެ. 2016 ވަނަ އަހަރުން ފެށިގެން ވެލާ ކަހަނބު ވަނީ ފުރިހަމައަށް ހިމާޔަތްކޮށްފަ އެވެ.

ވެލާ ބިސް ވިއްކުން މަނާކޮށްފައި ވަނީ 1996 ވަނަ އަހަރު އެވެ. 2006 ވަނަ އަހަރު ވެލާ ކަހަނބު އަރާ 14 ރަށަކުން ބިސްނެގުން މަނާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox