ރިސޯޓުތަކުން 30 މީހުން ރަޖިސްޓްރީކޮށްފި ނަމަ ވޯޓު ފޮށި ބަހައްޓާނެ

ހަބީބް ވިދާޅުވީ، ރިސޯޓުތަކުން 30 މީހުން ރަޖިސްްޓްރީވެއްޖެ ނަމަ ވޯޓު ފޮށި ބެހެއްޓުމަށް ނިންމީ ވީހާވެސް ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްގު ހޯދައިދޭން ކަމަށް -- ފޮޓޯ: އަބްްދުﷲ އިޔާން/އަދަދު

ހަބީބް ވިދާޅުވީ، ރިސޯޓުތަކުން 30 މީހުން ރަޖިސްްޓްރީވެއްޖެ ނަމަ ވޯޓު ފޮށި ބެހެއްޓުމަށް ނިންމީ ވީހާވެސް ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްގު ހޯދައިދޭން ކަމަށް -- ފޮޓޯ: އަބްްދުﷲ އިޔާން/އަދަދު

ރިސޯޓުތަކާއި ސިނާއީ ރަށްރަށުގައި މަދުވެގެން 30 މީހުންް ވޯޓުލުމަށް ރަޖިސްޓްރީކޮށްފި ނަމަަ ވޯޓު ފޮށި ބަހައްްޓާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް "އަދަދު"އަށް ވިދާޅުވީ، އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވޯޓު ފޮށި ނުވަތަ ވޯޓުލާ މަރުކަޒެއް ގާއިމްކޮށްފައި ވާނީ އެތަނެއްގައި މަދުވެގެން 50 މީހުން ރީރަޖިސްޓްރީ ކޮށްފައި ވަނަމަ ކަމަށެވެ. މިފަަހަރު އެއާ ހިލާފަށް 30 މީހުން ރީރަޖިސްޓްރިކޮށްފައި ވާނަމަ އެތަނެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[އިލެކްޝަން] ކޮމިޝަނުގެ މެންބަރުންނަށް މިފަހަރު ފެނިލެއްވީ އެ އަދަދު ތިރިކޮށްލަންް 30 އަށް. 30 މީހުން ރިސޯޓެއްގަ އަދި ސިނާއީ މަސައްކަތްް ކުރާ ރަށެއްގައި ރަޖިސްޓްރީ ވެއްޖެ ނަމަަ އެތަނެއްގައި ވޯޓުލާ މަަރުކަޒެއް ގާއިމުކުރުމަށް އަޅުގަނޑުމެން ވާނީ ނިންމާފައ,ި" އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް ހަބީބް ވިދާޅުވި އެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކައިރި ރަށްރަށަަށް ގޮސް ވޯޓު ލުމަކީ އުނދަގޫ ކަމެއް ކަމަށާއި، އަދި ބައެއް ހާާލަތްތަކުގައި ވޯޓުލާން ނުދެވި އެފަރާތްތަކުގެ ވޯޓުލުމުގެ ހައްގުވެސް ނުލިބޭ ކަމަށް ހަބީބް ވިދާޅުވި އެވެ. މިފަހަރުގެ ރިޔާސީ އިންްތިހާބުގައި މަދުވެގެން 30 މީހުން ހަމަވާ ރިސޯޓުތަކުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމަފަައި ވަނީ ވީހާވެސް ގިނަ ބަޔަކަށްް އެ ހައްގު ހޯދައިދިނުމަށްޓަކާ ކަމަށެވެ.

ސިނާއީ މަސައްކަތް ކުރާ ރަށެއް ނުވަތަ ރިސޯޓެއްގައި ވޯޓުފޮށި ގާއިމްކުރެވޭނީ އިލެކްޝަން ކޮމިޝަނުން ކަނޑައަަޅާ ޝަރުތުތަކެއް ފުރިހަމަކޮށްގެން ކަމަށް ވެސް ހަބީބް ފާަހަގަކުރެއްވި އެވެ.

ރިސޯޓެއް ނުވަތަ ސިނާއީ ރަށެއްގައި ވޯޓުފޮށި ބަހައްޓާނަމަ:

ކޮމިޝަނުން ފޮނުވާ އޮފިޝަލުންގެ ތިބުމާއި ކެއުން ހަމަޖެއްސަންް ޖެހޭނެ

ވޯޓު ފޮށި ބަހައްްޓަން ޖެހޭނީ ކޮމިޝަނުން ކަނޑައަޅާ ތަނެއްގައި

ވޯޓުލާ މަރުކަޒު ވާންްވާނީ ކޮމިޝަނުގެ މިންގަނޑުތަކަށް ފެތޭ ތަނަކަށް

އެތަނަކުންް އިންތިހާބާ ބެހޭ ކަންކަމުގައި ހަރަކާތްތެރިވާނެ އޮފިޝަލުންް ހަމަޖައްސަން ޖެހޭނެ (ކޮމިޝަަނުން އުޖޫރަ ދޭގޮތަށް)

ހަބީބް ވިދާޅުވީ އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް މަދުވެގެން ތިން އޮފިޝަލަކު އެ ކޮމިޝަނުން ފޮނުވާނެ ކަމަށެވެ. އަދި ކަނޑައަޅާ ވޯޓުލާ މަރުކަޒުތަކަކީ ސެކިއުރިޓީގެ ގޮތުންނާއި، އަދި ވޯޓު ކަރުދާހުގެ ސިއްރު ހިފެހެއްޓޭ ތަނަކަށް ވާން ވާނެ ކަމަށެވެ. އަދި އިންތިހާބާ ބެހޭ ކަންކަމުގައި ހަރަކާތްްތެރިވުމަށް އެ ރިސޯޓަކުންް ނުވަތަ ސިނާއީ ރަށަކުން ހަތަރު އޮފިޝަލަކު ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ.

"މިއީ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމުން ފުލްކޮށް ހުރިހާ އެންމެން ރިސޯޓުތަކަށް ފޮނުވައިފިއްޔާ އެމީހުންގެ އެކޮމަޑޭޝަނުގެ ކަންކަން ހަމަޖައްސަންް ވެސް ދަތިވެދާނެ. އެންވީމަ އަޅުގަނޑުމެން ނިންމީ އެތަންތަނުން އޮފިޝަލުން ނަގާ ގޮތަށް" ހަބީބް ވިދާޅުވި އެވެ.

އޭގެ އިތުރުން ހަަބީބްް ވިދާޅުވީ، ރާއްޖޭން ބޭރުގެ ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭނީ އެތަނަކުން މަދުވެގެން 150 މީހަކު ރީރަޖިސްޓާކޮށްފައި ވާނަމަ ކަމަށެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި ވޯޓުލީ ރާއްޖޭން ބޭރުގެ ފަސް ވަރަކަށް ގައުމަކަށް ކަމަށާއި، ނަމަވެސް ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު، މިއަަހަރު 12 ގައުމެއްގައި ވޯޓު ފޮށި ބަހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހަބީބް ވިދާޅުވި އެވެ. އެ ގައުމުތަކުގެ ތެރޭގައި ދުބާއީ، ބަންގްލަދޭޝް ފަދަ ގައުމުތައް ހިމެނެ އެވެ.

2018 ވަނަ އަަހަރުގެ އިންތިހާބުގައި ޖުމްލަ 35 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު، މި އިންތިހާބުގައި މި އަަދަދު 50 އަށް އިތުރުވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ހާމަކޮށްފައި ވެއެވެ. އެންމެ ފަަހުން ބޭއްވި ރިޔާސީ އިންްތިހާބުގައި 472 ވޯޓު ފޮއްޓެއް ބަހައްޓާފައި ވާއިރު، މި އިންތިހާބުގައއި 600 ވޯޓު ފޮށި ބެހެއްޓުމަށް އަންްނަނީ ތައްޔާރުވަމުންނެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު ނުވައެއް ގައެވެ. އިންތިހާބުގައި ގާތްގަނޑަކަށް 280،000 މީހުންނަށް ވޯޓު ލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox