މި އަަހަރު ނިމުމުގެ ކުރިންް ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރަނީ

ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފަށާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފަށާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަށް ނިންމާފައިވާ ކަމަަށް ރައީސް އިބްރާހިމް މުހައްމަަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި މި ދައުރުގެ ފަސްވަނަ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަަށެއްްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަކީ ބޮޑު އެހެން ނަމަވެސް އަދި ނުވެ އޮތް ކަމެއް ކަަމަށެވެ. މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ފާއިތުވި އަހަރު ފުލުހުންގެ 18 މަރުކަޒެއް ހުޅުވި ހިދުމަތް ދޭން ފެށުނު. އަދި އިރާދަކުރެއްވިއްޔާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމް ކުރެވޭނެ," ރަައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ދާހިލީ އަމަން ބެލެހެއްޓުމުގައި އެންމެ ބުރަ މަސްއޫލިއްޔަތެއް އަަދާކުރަނީ ދިވެހި ފުލުހުން ކަމަށާއި، ރާއްޖޭގެ ރަށްތައް އެތުރިފައިވާ ގޮތުން ހިދުމަަތް ދިނުމުގައި ހުރި ގޮންޖެހުންތައް "ނުހަނު ބޮޑު" ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާާޅުވީ، 2021 ވަނަ އަހަރުގެ މާޗް 2021ގެ ތެރޭގަައި ތަސްދީގުކުރެވުނު ދިވެހި ފުލުހުންގެ ގާނޫނުގެ މަންފާ ރައްޔިތުންނަށް ދަނީ ލިބެމުން ކަަމަަށާއި، މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި ނޭބާހުޑް ފުލުހުންގެ ހިދުމަަތް ގާއިމްކުރެވިފައިވާ ކަމަށެވެ.

"ބޮޑީ ވޯން ކެމެރާ ތައާރަފް ކުރެވި ރައްޔިތުންނާ ފުލުހުންގެ ރައްކާތެރިކަމަށް އޮންނަ ޖާގަ ފުޅާ ކުރެވިއްޖެ. ރާއްޖޭގެ ފުލުހުންގެ އޮފިސަރަކު ފުރަތަމަ ފަހަރަށް އިންޓަޕޯލްގާ މިހާރު މަސައްކަތްކުރަމުން އެބަގެންދޭ. މިއީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު ބޮޑު ޝަރަފެއް," ފުލުހުންގެ ގާނޫނުގެ ދަށުން ލިބުނު ކުރިއެރުންތައް ފާހަގަކުރަމުން ރައީސް ސޯލިހް ވިދާޅުވި އެވެ.

ރާއްޖޭގެ ދިފާއީބާރުގައި ހިމެނޭ އިދާރާތަކުން މިދިޔަ ހަތަރު އަހަރު ތެރޭގައި 25610 އަށްވުރެ ގިނަަ އޮޕަރޭޝަން ހިންގާފައިވާކަން ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލަށް ލިބިފައިވާ ޖޯރު. ދިވެހި ގައުމިއްޔަތުގެ ހުރިހާ ރުކުންތަކުގެ ދިފާއުގައި ތިބީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަށް. ބޭނުންވާ ޒަމާނީ ތައުލީމާ ތަމްރީނާ ވަސީލަތް ތަށް ފަހިވެ، ފުރިހަމަ ވެގެން މެނުވީ އަދުގެ ދުނިޔޭގެ ހަލަބޮލި ކަމުގައި ހިފަހައްޓައެއް ނުލެވޭނެ." ރައީސް ސޯލިހް ވިދާާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox