މެއި މަހު ސިއްހީ ހިދުމަތްތެރިންނާއި ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަނީ

މިދިޔަ އޮކްޓޯބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާށިދޫ ސިއްހީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި ސިއްހީ މުވައްޒަފުންނާ އެކުގައި-- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އޮކްޓޯބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާށިދޫ ސިއްހީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި ސިއްހީ މުވައްޒަފުންނާ އެކުގައި-- ފޮޓޯ: ރައީސް އޮފީސް

އަންނަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް މަޖިލިސް ފެށުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ ފާއިތުވީ އަހަރު މުދައްރިސުންގެ މުސާރަ ބޮޑުކޮށްދެވިފައިވާ ކަން ފާހަގަކުރައްވައި ކުރިއަށް އޮތީ ސިއްހީ ދާއިރާގެ މުވައްޒަފުން ކަމަށް ވިދާޅުވެފަ އެވެ.

"އިރާދަ ކުރެއްވިއްޔާ އަންނަ މޭ މަހުގެ އެކަކުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ އިތުރުން ބައެއް އެހެނިހެން މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މެއި މަހުން ފެށިގެން އެލަވަންސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އަދި، ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށް ވެސް އަންނަ މާޗު މަހުން ފެށިގެން "ހެޔޮ ބަދަލެއް" އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ސިވިލް ސާވިސް ހުރިހާ މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލު އަންނާނެ ކަމަށެވެ.

"ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާ އިމާމުންނާއި މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވަނީ މިދިޔަ އަހަރު ތަންފީޒު ކުރަން ފެށުނު މިނިމަމް ވޭޖާއި ގެނެވުނު ސާވިސް ޗާޖާ ގުޅޭ ބަދަލުގެ ސަބަބުން އެތައް ހާސް މަސައްކަތްތެރިންނަށް "ހެޔޮ ބަދަލެއް" އައިސްފައިވާ ކަމަށެވެ.

"މަދުވެގެން 10 އިންސައްތައިގެ ސާވިސް ޗާޖެއް ނަގާ މުވައްޒަފުންގެ މެދުގާ ހަމަހަމައަށް ބެހުން ލާޒިމްކުރާ ގާނޫނީ ބަދަލު، މުވައްޒަފުންގެ އާމްދަނީއަށް އައި ބަދަލުން އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެއްޖެ،" ރައީސް ވިދާޅުވި އެވެ.

މަޖިލީހަށް މިހާރު ފޮނުވާފައިވާ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ބިލަށް ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ އަލިއަޅުވާލައްވައިފަ އެވެ. އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މި ދައުރުގައި ފޮނުވާނެ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ދެ ބިލުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމައިދިނުމަށް މެންބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox