ރަށު ނޯޓު: އޮޅުވެލިފުށި

އޮޅުވެލިފުށި: މިއީ 26 ހެކްޓަރުގެ ރަށެއް. -- ފޮޓޯ: އައިލެންޑްސް.އެމްވީ

އޮޅުވެލިފުށި: މިއީ 26 ހެކްޓަރުގެ ރަށެއް. -- ފޮޓޯ: އައިލެންޑްސް.އެމްވީ

ޅ. އޮޅުވެލިފުށްޓަކީ ސާފު ފަޅަކާއި، ޗާލު ފަރަކާއި ވަށައިގެންވާ ދޮންވެލީގެ ގޮނޑުދޮށަކާއި ހިޔާ ދޭ ބިޔަ ގަސްތައް ގިނަ، 26 ހެކްޓަރުގެ ޖަޒީރާ އެކެވެ.

ހަތް ސަތޭކައަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް މި ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގަ އެވެ. ބައެއް މީހުން މަހަށް ދާއިރު، ރަށުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ވެސް ކުރެ އެވެ. ސާޅީހަކަށް ދަނޑުބިން ދޫކޮށްފައިވެ އެވެ. އެދަނޑުތައް ހައްދައި ބަލަހައްޓަނީ ރަށުގެ ރައްޔިތުންނެވެ.

އޮޅުވެލިފުއްޓަނީ ބިޔަ ގަސްތައް ގިނަ ރަށެއް. -- ފޮޓޯ: އަހުމަދު ރައުފު
އޮޅުވެލިފުއްޓަނީ ބިޔަ ގަސްތައް ގިނަ ރަށެއް. -- ފޮޓޯ: އަހުމަދު ރައުފު

އޮޅުވެލިފުއްޓަނީ ބިޔަ ގަސްތައް ގިނަ ރަށެއް. -- ފޮޓޯ: އަހުމަދު ރައުފު

Advertisement

ދަނޑުވެރި ނަފާ ހޯދަނީ ހައްދާ ތަކެތި ރަށަށް ވިއްކައިގެންނާއި އަތޮޅުގެ އެހެން ރަށްރަށަށް ވިއްކައިގެންނެވެެ.

އޮޅުވެލިފުއްޓާ ގުޅޭ ގޮތުން މާ ގިނަ ވާހަކަތަކެއް ނެތަސް، އެއީ ދިވެހި ސަގާފަތާއި އާދަކާދަ ދަމަހައްޓާ، ރަށު ވަންތަ، އެކުވެރި ބަޔަކު އުޅޭ ރަށެކެވެ. އާބާދީގެ ގިނަ މީހުން ދިރިއުޅެނީ ވެސް ރަށުގަ އެވެ.

ހާއްސަ ދުވަސްތައް ފާހަގަ ކުރުމަށްޓަކައި ބޮޑުބެރު ޖެހުމާއި ކޯޑި ކެނޑުން ފަދަ ކުޅިވަރުތައް ބާއްވާއިރު، އީދު ބަންދުގައި ސްޓޭޖް ޝޯ އާއި ތަފާތު އެހެން ކުޅިވަރުތައް ކުޅެއެވެ. ރަށުގައި އޮންނަ ބޮޑު ބާބަކިއު އަކީ ފާހަގަ ކޮށްލެވޭ، ރަށުގެ އެކުވެރިކަމާއި ގުޅުން ރަމްޒުކޮށްދޭ ހަރަކާތެކެވެ.

އޮޅުވެލިފުށީ ސްކޫލުގައި ގްރޭޑު 10 އަށް ކިޔަވައިދޭއިރު، ތައުލީމު ހާސިލު ކުރަނީ 135 ދަރިވަރުންނެވެ. ރަށުގައި ހުރި އާދައިގެން ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ފެނާއި ނަރުދަމާ ގާއިމުކުރުން ކުރިއަށް އެބަ ގެންދެ އެވެ. ރަނގަޅު ބަނދަރެއް އެބަ އޮތެވެ. ސައުވީސް ގަޑިއިރު ކަރަންޓުގެ ހިދުމަތް ލިބެ އެވެ.

އާންމު ވިޔަފާރިތަކަށް ބަލާއިރު، ހައެއްކަ ފިހާރަ އާއި ދެ ކެފޭ ހުރެ އެވެ. އަތޮޅު ވަށައިގެން ރިސޯޓުތައް ހުރިއިރު، އޮޅުވެލިފުށީގައި މިހާރު ގެސްޓް ހައުސްއެއް އެބަ ހުއްޓެވެ.

މި ރަށުން ދޭ މެސެޖެއް އެބަ އޮތެވެ. ރަށުގެ ހަމަޖެހުމާއި އުޅުމާއި ގުޅުން، ރަށުގެ ވެށީގެ ރީތިކަމާ އެއް މިންވަރަށް ޗާލުވުމެވެ. އެއީ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ލިބޭ އިތުރު ހިތްހަމަކެހުމެކެވެ. އުފަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox