ހުލާސާކޮށް އިއްޔެ: މާޗް މަހު ޔާމީން މިނިވަން ކުރުމަށް ވަކީލުންގެ އަމާޒު

ހުލާސާކޮށް އިއްޔެ: މާޗް މަހު ޔާމީން މިނިވަން ކުރުމަށް ވަކީލުންގެ އަމާޒު

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ގާނޫނުގައި ދީފައި އޮންނަ މުއްދަތުގައި އިސްތިއުނާފު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ އިއްޔެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގަ އެވެ.

އިސްތިއުނާފު ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭއިރު، ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލެ އެވެ. އެހެންވެ ޔާމީން ވީހާވެސް އަވަހަށް މިނިވަންވުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ވެސް އެދެ އެވެ.

ޔާމީންގެ ވަކީލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިސްތިއުނާފު ކުރެވޭނެ މުއްދަތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ވަކީލުން މަަސައްކަތް ކުރައްވަނީ އަމާޒެއް އޮވެގެން ކަމަށެވެ.

"އާންމު ގޮތެއްގައި އިސްތިއުނާފްގެ ޝަރީއަތް މާ ދިގުލައިގެނެއް ނުދޭ، ދަށު ކޯޓު މަރުހަލާގައި ދެމިގެންދާ ވަރަށް، ގާނޫނުގައި އޮތް މުއްދަތުގައި އިސްތިއުނާފްކޮށް، އަޅުގަނޑުމެންގެ ވަކީލުންގެ އުންމީދަކީ، ހައި ކޯޓުން މައްސަލަ ކާމިޔާބުކޮށް، މި މާޗު މަހު ރައީސް ޔާމީން މިިނިވަން ވެގެން ދިޔުން،" ޖަމީލު ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ، ވަކީލު އާދަމް ޝަމީމް ވެސް ވިދާޅުވީ އިސްތިއުނާފަށް މައްސަލަ ހުށަހެޅުން ލަސްވާތީ ޔާމީން އެއްވެސް ވަރަކަށް ޝަކުވާ ނުކުރައްވާ ކަމަށެވެ. ޔާމީން ބޭނުންފުޅުވަނީ، ވީހާވެސް ފުރިހަމަކޮށް ހައި ކޯޓުގައި އިސްތިއުނާފްކުރާ މައްސަލަ ހުށަހެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ގޮތުގައި ގާނޫނީ އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރި ކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހެ އެވެ.

އެއާއެކު، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ވަނީ ބަންދުވެފަ އެވެ. ޔާމީން މިނިވަންކުރުމަށް ގޮވާލައި، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ގެންދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު ވެސް މާލޭގެ މަގުތައް މަތީގައި މުޒާހަރާ ކުރަމުންނެވެ.

އަދި، ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަކުރުމުގެ ދައުވާގެ އިތުރު މައްސަލައެއް ވެސް އެބަ އޮތެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލަ ކްރިމިނަލް ކޯޓުގައި އަދި އޮތީ ޝަރީއަތުގެ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިންތިހާބީ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާ ބައްދަލުކުރެއްވީ އިއްޔެ އެވެ.
  • "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ސިޔާސަތުތަކަށް އެދޭ ގޮފިތަކެއް އުފައްދާފައި، އެ ގޮފިތަކަށް 50،000 މީހުން އެއްކުރުމަށް ކުރެވޭ މަސައްކަތުގެ ބޭނުމަކީ އެ ގޮފިތައް މެދުވެރިކޮށް އެމްޑީޕީން ތާއިދުކުރާނެ ކެންޑިޑޭޓް ކަނޑައެޅުމަށް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވީ އިއްޔެ އެވެ.
  • ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން މިއަދު ނެރުނު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ވެސް މިދިޔަ އަހަރު ރާއްޖެ އޮތް ރޭންކު ބަދަލު ނުވެ އެއްވަރެއްގައި ހިފަހެއްޓިފައިވާ ކަމަށް ހާމަކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

"ފިކުރެއްގެ ދިރުން" ހަރަކާތުގެ މައިގަނޑު އަމާޒާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަު ނަޝީދު އިއްޔެ ވިދާޅުވީ:

އަޅުގަނޑު ފާހަގަ ކުރިން 50،000 މީހުން ހިމެނޭ ގޮފިތަކެއް އުފައްދަން، މި ގޮތަށް މަސައްކަތް ކުރުމަށް ފަހު އެ މީހުން ނިންމަންވީ ކޮން ކެންޑިޑޭޓަކަށް ކަން ތާއީދު ކުރަންވީ،

ދުވަހުގެ ފޮޓޯ

ހދ. ނޮޅިވަރަމްގެ ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައި ހުރި ޓާފް ރޯލުތަކެއްގައި ރޯކޮށްލާފައި. މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭއިރު މީގެ ސަބަބުން ފަސް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް ބެލެވޭ. --- ފޮޓޯ: ޓްވިޓާ
ހދ. ނޮޅިވަރަމްގެ ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައި ހުރި ޓާފް ރޯލުތަކެއްގައި ރޯކޮށްލާފައި. މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭއިރު މީގެ ސަބަބުން ފަސް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް ބެލެވޭ. --- ފޮޓޯ: ޓްވިޓާ

ހދ. ނޮޅިވަރަމްގެ ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައި ހުރި ޓާފް ރޯލުތަކެއްގައި ރޯކޮށްލާފައި. މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭއިރު މީގެ ސަބަބުން ފަސް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް ބެލެވޭ. --- ފޮޓޯ: ޓްވިޓާ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox