އެއްގައުމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ލައިސަންސް ދޫކުރުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ އިއްޔެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއް ހަފްތާގެ މުއްދަތަށް ލައިސަންސް ހިދުމަތް މެދުކަނޑާލީ، ލުއިފަސޭހަކޮށް އެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ މިނިސްޓްރީން ތައާރަފުކުރާ ސޮފްޓްވެއާގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށެވެ.
އެހެންކަމުން އަލަށް ލައިސަންސް ދޫކުރާއިރު ދޭނީ ޑިޖިޓަލް ލައިސަންސް ކާޑެކެވެ. ނަމަވެސް ބޭނުންވާ މީހުންނަށް ކާޑު ޕްރިންޓުކޮށްދޭނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
އެގޮތުން، އެ މަސައްކަތް ނިމި، އަންނަ އާދިއްތަ ދުވަހު ލައިސަންސްގެ ހިދުމަތް އަލުން ދޭން ފަށާނެ އެވެ. އަދި ވަގުތީގޮތުން މި ހިދުމަތް މެދުކަނޑާލާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުން ކޮށްގެން ފެބްރުއަރީ 14، ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
އަލަށް ތައާރަފްކުރާ ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި އެންމެހާ މަސައްކަތްތަށް ޑިޖިޓަލްކޮށް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ. އެ ސޮފްޓްވެއާ މެދުވެރިކޮށް ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާއިރު، އޭގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީ ވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ހިދުމަތް ފޯރުކޮށް ދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މިހާރު ތައްޔާރު ކުރަމުންގެންދާ ސޮފްޓްވެއާގައި އެ މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ހިމެނޭއިރު، މިހާރު ހިދުމަތް ދިނުމުގައި ބޭނުންކުރާ ހަތް ސޮފްޓްވެއޭ އެއްކޮށް، އޭގެ ތެރޭގައި ހިމެނިގެންދާނެ ކަމަށެވެ.
ބައެއް މުހިންމު ހަބަރުތައް
- އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު މިހާތަނަށް 60 ޝަކުވާ ހުށަހަޅާފައިވާ އެ ޕާޓީގެ އިންތިހާބީ ކަންތައްތަކާ ބެހޭ ކޮމިޓީން ބުނީ އިއްޔެ އެވެ.
- ހުޅުމާާލޭގެ ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލުމުން ދައުވާކޮށްފައިވާ ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތް ނިމުމަކާ ގާތްވީ އިއްޔެ އެވެ.
- ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމެރީ އިންތިހާބުގައި ވޯޓު ފޮށީގެ ލިސްޓުގައިވާ މީހުންނަށްވުރެ އިތުރަށް ފޮށިތަކަށް ވޯޓުލާފައި ނުވާނެ ކަމަށް އެމްޑީޕީން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ:
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ މެންބަރުން އަޅުގަނޑަށް ދެއްވި ތާޢީދާއި ކުރެއްވި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއީ ޕާޓީގެ ހުރިހާ މެންބަރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ފަށަންވީ ވަގުތު. އެމްޑީޕީ ކުރިއަށް













