ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅެނިކޮށް، ލޯންޗަކުން ޖެހި ޓޫރިސްޓަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ޕޮލެންޑްއަށް ނިސްބަތްވާ 52 އަހަރުގެ ފިރިހެނެކެވެ. އޭނާ މޫދަށް އެރި އުޅުނީ ތުލުސްދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ކުޑަވިގިލި ކައިރީ އޮންނަ ކަނޑުއޮޅިއާ ދިމާއަށެވެ.
މި އެކްސިޑެންޓްގައި އޭނާގެ އެއް އަތް ބުރިވެ، ބަނޑު ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސް ގޮހޮރު ނުކުމެފައިވާ ކަމަށް އެނގިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެމީހާ ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ. ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:10 ހާއިރު އެވެ.













