ހުލާސާކޮށް އިއްޔެ: އައްޑޫން 500 ގޯތި ދޫކުރަން އިއުލާނުކުރުން

ހުލާސާކޮށް އިއްޔެ: އައްޑޫން 500 ގޯތި ދޫކުރަން އިއުލާނުކުރުން

އައްޑޫ ސިޓީގެ ތިން ރަށަކުން 500 ގޯތި ދޫކުރަން ނިންމައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ސިޓީގެ ކައުންސިލުން ހުޅުވާލާފައިވަނީ އިއްޔެ ދަންވަރު އެވެ.

ސިޓީ ކައުންސިލުން ރޭ ވަނީ އައްޑޫސިޓީ މީދޫ، ހުޅުދޫ އަދި ފޭދޫއިން ގޯތި ދޫކުރުމަށް އިއުލާނުކޮށްފަ އެވެ. މީދޫއިން 2000 އަކަފޫޓުގެ 100 ގޯއްޗާއި ހުޅުދޫއިން 2000 ފޫޓުގެ 100 ގޯތި އަދި ފޭދޫއިން 1500 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށް ނިންމައި، ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މި ގޯތިތަކުގެ ތެރޭގައި ހިމެނެނީ އެ ގޯތި ދޫކުރާ އަވަށަކަށް ނިސްބަތްވާ މީހުންނަށް ހާއްސަކޮށް 90 އިންސައްތަ އާއި އަދި އެހެން އަވަށްތަކަށް ނިސްބަތްވާ މީހުންނަށް ހާއްސަ 10 އިންސައްތަ އެވެ. ހުޅުދޫ އާއި މީދޫއިން ކޮންމެ އަވަށަކުން 10 ގޯތި މިގިންތިއަށް ހާއްސަކޮށްގެން ދޫކުރުމަށް ނިންމާފައިވާއިރު، ފޭދޫއިން 30 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ގޯއްޗަށް އެދި ހުށަހަޅާ އަވަށުގެ އަވަށު އޮފީހުން ރަސްމީ ބަންދު ނޫން ކޮންްމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެޑިގެން މެންދުރު 13:00އާ ހަމައަށެވެ. ފޯމު ބަލައިގަންނާނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ގޯތި ދޫކުރާނީ "އައްޑޫ ސިޓީއިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"އާ އެއްގޮތަށް ކަމަށް ވެސް އެ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

ބައެއް މުހިންމު ހަބަރުތައް

  • މި މަހު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނާއެކު ޝަރުޢީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެވޭނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އިއްޔެ އެވެ.
  • އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕްގެ ބޭފުޅުން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އިސްވެރިންނާއި ބައްދަލުކޮށް އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ގުޅިގެން މަޝްވަރާކުރީ އިއްޔެ އެވެ.
  • ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕްރައިމަރީއާ ދިމާކޮށް އިދިކޮޅު ހަރަކާތްތައް އިތުރުވެ ޕްރައިމަރީ "ގަޑުބަޑު" ކުރުމަށް މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮތީ އެ މަގުން ކަމަށް އިދިކޮޅުން ދެކޭތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ދަންވަރުގެ ވަގުތެއްގައި ފުރުސަތު ހުޅުވާލުމުން ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:

[ދަންވަރު] ގޯއްޗަށް އިއުލާނުކުރީމާ އަޅުގަނޑު ހީވަނީ އަޅުގަނޑުމެން އެންމެންގެ ހިތަށް ވެސް އަރާނޭ މިހީރީ ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް އުފުލިފައޭ. އަނެއްކާ މީ ގޯތިތައް ދެވެމުން އެބަދޭ ކޮންމެ އިންތިހާބަކަށް. ކޮންމެ އިންތިހާބެއްގައި ދަންވަރު އެބަ އިއުލާނުކުރޭ. އެ ގޯތި އަދި ހުރީ ކަނޑު އަޑީގައި،

ދުވަހުގެ ފޮޓޯ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox