އަމިނީ މަގުގައި ހުންނަ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ، ގިޔާސުއްދީން ސްކޫލް ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރި 16:10 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ފިރިހެނަކަށް އަނިޔާވެފައިވާއިރު، ފުލުހުން ބުނީ އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.













