ހުލާސާކޮށް އިއްޔެ: ބިލު ނުދައްކާތީ ސިޓީ ކައުންސިލްގެ ތަންތަނުން ކަރަންޓު ކެނޑުން

Jan 23, 2023, 2:45 AM
ލޮނުޒިޔާރަތް ޕާކް - ފޮޓޯ: އަދަދު

ލޮނުޒިޔާރަތް ޕާކް - ފޮޓޯ: އަދަދު

ކަރަންޓު ބިލުތައް ނުދައްކާތީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުން ކަރަންޓު ކަނޑާލީ އިއްޔެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް "އަދަދު"އަށް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުން ކަރަންޓު ކަނޑާލީ ކައުންސިލުން ކަރަންޓު ބިލުގެ ގޮތުގާ ސްޓެލްކޯއަށް ދައްކަން ޖެހޭ 20 މިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތުމުން ކަމަށެވެ. އަދި މިހާރު ކަރަންޓު ކަނޑާލި ތަންތަނަށް ކަރަންޓު ދީފައިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"ބައެއް ތަންތަނުން ކަރަންޓު ކަނޑާލިން އެކަމަކު މޭޔަރު ގުޅުއްވާފައި މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް ހުށަހެޅުއްވުމުން އެކަން ގަބޫލުކޮށް ކަރަންޓު ދީފިން. މީގެ ކުރިން އެތައް ސިޓީއެއް ފޮނުވައިގެން ވެސް ސިޓީ ކައުންސިލުން ޖަވާބު ނުދިނުމުން ކަރަންޓު ކަނޑާލީ," ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯއިންް ކަރަންޓު ކަނޑާލި ތަންތަނުގެ ތެރޭގައި ހިމެނެނީ:

  • ލޮނު ޒިޔާރަތް ޕާކު
  • ސަލްޓަން ޕާކު
  • މާލޭގެ ލޭބާ ކުއާޓަރ، ބަދިގެ
  • ގަސް ވިއްކާ ފިހާރަ
  • ވިލިމާލެ ސިޓީ ކައުންސިލް އޮފީސް
  • ވިލިމާލެ ލޭބާ ކުއާޓަރު
  • ހުޅުމާލެ ސިޓީ ކައުންސިލް އޮފީސް

މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އާދަމް ރަމީޒް "އަދަދު"އަށް ވިދާޅުވީ، ކަރަންޓު ކަނޑާލީ އެންގުމަކާ ނުލާ މިއަދު ހަވީރު ކަމަށެވެ. އަދި ލޮނުޒިޔާރަތް ޕާކަކީ ކައުންސިލަށް އާމްދަނީ ލިބޭ ގޮތަށް ކުއްޔަދޭ ތަނެއް ކަމަށްވުމާއެކު، ސްޓެލްކޯއިން ކަރަންޓު ކަނޑާލުމުގެ ސަބަބުން ދެ ކައިވެނި ޕާޓީއެއް ކެންސަލު ކުރަން ޖެހުނު ކަމަށެވެ.

ރަމީޒް ވިދާޅުވީ ކަރަންޓު ކަނޑާލާފައި ވަނީ ސްޓެލްކޯއިން އެދުނު ދެތިން ކަމެއްގެ ހުއްދަ ސިޓީ ކައުންސިލުން ނުދީ ހިފެހެއްޓުމުން ކަމަށެވެ.

އެ ތިން ހުއްދަ ހިފަހައްޓާފައި ވާނީ ސިޓީ ކައުންސިލުން ސްޓެލްކޯގައި އެދުނު ބައެއް ކަންކަމުގެ ހުއްދަ ސްޓެލްކޯއިން ނުދީ ހިފަހައްޓާފައި އޮތުމުން ކަމަށް ރަމީޒް ވިދާޅުވި އެވެ. ސްޓެލްކޯއިން ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އާޓިފިޝަލް ބީޗާއި، ކާނިވާ ސަރަހައްދަށް އަދި ސިޓީ ކައުންސިލުން އަލަށް ފެށި ވޭސްޓު މެނޭޖްމެންޓު ހިދުމަތާ ގުޅޭ އޮފީހަށް ކަރަންޓު ލުމުގެ ހުއްދަ އެވެ.

"އެއެއްޗިހި [ހުއްދަ]ތައް ހޯލްޑުގަ ހުރީމަ އަޅުގަނޑުމެން އިއްޔެގަ އެބޭފުޅުންގެ ތިން ހުއްދައެއް ހިފެހެއްޓިން. އެ ތިން ހުއްދަ ހިފެހެއްޓީމަ އަޅުގަނޑުމެންގެ ހުރިހާތަނަކުން އެބޭފުޅުން ކަރަންޓު ކަނޑާލީ. މިއަދު ހަވީރު އަޅުގަނޑުމެން ކައިރީ ނުވެސް ވިދާޅުވެ ކަނޑާލީ. ދެން އަޅުގަނޑުމެން އެ ހުއްދަތައް ދީފިން މިހާރު" ރަމީޒް ވިދާޅުވި އެވެ.

ރަމީޒް ވިދާޅުވީ ސްޓެލްކޯއިން 20 މިލިއަން ކަމަށް ބުނި ނަމަވެސް ހަގީގަތުގައި މާލެ ސިޓީ ކައުންސިލުން ދައްކަން ޖެހޭ ފައިސާގެ ގޮތުގައި އޮންނާނީ 12 މިލިއަން ރުފިޔާ ކަމަށާއި، ބާކީ އަށް މިލިއަން ރުފިޔާއަކީ ސިޓީ ކައުންސިލުގެ ބިން ތަކުގައި ހުރި ބައެއް އަމިއްލަ ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

ރަމީޒް ވިދާޅުވީ، ކަރަންޓު ބިލު ދެއްކުމަށް ދަތިވަނީ ސިޓީ ކައުންސިލަށްް ހުރިހާ ކަމެއް ކުރުމަށް ދޭ ބަޖެޓު ކުޑަވުމުގެ ސަބަބުން ކަމަށެވެ.

"ސަރުކާރުން އަޅުގަނޑުމެންނަކަށް ނުދޭ އެކަށީގެންވާ މިންވަރަށް ފައިސާއެއް. އަޅުގަނޑުމެންގެ އާމްދަނީ، އެކައުންޓަށް ޖަމާވާ ހުރިހާ ފައިސާއެއް ފިނޭންސުން ހުރީ ހިފަހައްޓާފައި. މިދިޔަ ޖުލައި 26 އިން ފެށިގެން އަޅުގަނޑުމެންނަށް ދީފައި ވަނީ 29 މިލިއަން. އޭގެއިން އަޅުގަނޑުމެން ހުރިހާ ކަމެއް ކުރިއަށް ގެންދަން ޖެހެނީ," ރަމީޒް ވިދާޅުވި އެވެ.

ސްޓެލްކޯއިން މީގެ ކުރިން ވެސް ވަނީ ކަރަންޓު ބިލު ނުދައްކާ ބައެއް ތަންތަނުން ކަރަންޓު ކަނޑާލާފަ އެވެ. އޭގެ ތެރޭގައި ދާދިފަހުން ހަ މިލިއަން ރުފިޔާގެ ކަރަންޓު ބިލު ނުދައްކާ އޮތުމުން ފުޓްބޯޅަ އެސޯސިއޭޝަން އިމާރާތުން ކަރަންޓު ކަނޑާލި އެވެ.

މުހިންމު ބައެއް ހަބަރު

ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ކުރުމަށް ފޯނުން ނުގުޅާނެ ކަމަށާއި މިނިސްޓަރީން ކަމަށް ބުނެ އެކި މައުލޫމާތު ހޯދަން ގުޅާ މީހުންނަށް ސަމާލުވުމަށް ހައުސިން މިނިސްޓަރީން އިލްތިމާސްކުރި އެވެ.

ވަކި މީހެއްގެ ބޭނުމަށް ނުވަތަ ފައިދާއަށް އެމްޑީޕީއަށްޓަކާ ގުރުބާންވީ މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމަކީ އެ ޕާޓީއަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ އެމްޑީޕީ އާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ސިޔާސަތުތައް ދާދި އެއްގޮތް ކަމަށްް އެމްޑީޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް ކްރޫޒް ޓޫރިޒަމް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ މި އަހަރުގެ ތެރޭގައި ކްރޫޒްލައިނާތައް އެ ސަރަހައްދުތަކަށް ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

ސްވިޑަންގެ ސަރުކާރުން އެ ގައުމުގައި ކީރިތި ގުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކުރި އެވެ.

ދުވަހުގެ ކޯޓޭޝަން

ސިޓީ ކައުންސިލްގެ ތަންތަނުން ކަރަންޓް ކެނޑުމާ ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ؛

ބައެއް ތަންތަނުން ކަރަންޓު ކަނޑާލިން އެކަމަކު މޭޔަރު ގުޅުއްވާފައި މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް ހުށަހެޅުއްވުމުން އެކަން ގަބޫލުކޮށް ކަރަންޓު ދީފިން. މީގެ ކުރިން އެތައް ސިޓީއެއް ފޮނުވައިގެން ވެސް ސިޓީ ކައުންސިލުން ޖަވާބު ނުދިނުމުން ކަރަންޓު ކަނޑާލީ,"

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯލް މުބާރާތުގައި ރޭ ބައްދަލުކުރި ވެމްކޯ އާއި ކްލަބް ވޮލީބޯލް ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯލް މުބާރާތުގައި ރޭ ބައްދަލުކުރި ވެމްކޯ އާއި ކްލަބް ވޮލީބޯލް ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯލް މުބާރާތުގައި ރޭ ބައްދަލުކުރި ވެމްކޯ އާއި ކްލަބް ވޮލީބޯލް ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox