ހުލާސާކޮށް އިއްޔެ: މިއަހަރުގެ މިހާތަނަށް އެއް ލައްކަ ޓޫރިސްޓުން

Jan 22, 2023, 1:46 AM
ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.. -- ފޮޓޯ: އަދަދު

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.. -- ފޮޓޯ: އަދަދު

މި އަހަރުގެ ފުރަތަމަ 18 ދުވަހު ރާއްޖެއަށް ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ރިޕޯޓުކުރީ އިއްޔެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ 18 ދުވަހު ރާއްޖެއަށް 97،873 ފަތުރުވެރިން ރިޔާރަތްކުރި އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 22.8 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ޒިޔާރަތްކުރީ 79،718 ފަތުރުވެރިންނެވެ.

މިއަހަރު ދުވާލަކު އެވްރެޖުކޮށް 5،437 ފަތުރުވެރިން ޒިޔާރަތްކުރަމުންދެ އެވެ. އަދި އެމީހުން ރާއްޖޭގައި މަޑު ކުރަނީ އެވްރެޖްކޮށް 8.2 ދުވަހު އެވެ.

ކޮވިޑަށް ފަހު ފަތުރުވެރިކަން ކުރިއަރަމުން އަންނަ އިރު، މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ އެންމެ ކުރީގައި ހިމެނެނީ ރަޝިޔާ އާއި އިޓަލީ އެވެ. ރަޝިޔާގެ މާކެޓު 15 ޕަސަންޓު ހިއްސާކުރާއިރު، އިޓަލީން ހިއްސާ ކުރަނީ 10 ޕަސަންޓެވެ. މިދިޔަ އަހަރު އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އިންޑިއާ އާއި ރަޝިޔާގެ އިތުރުން އިނގިރޭސިވިލާތެވެ.

ރަޝިއާ އާއި އިޓަލީގެ އިތުރުން މިއަހަރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި އިންޑިއާ، ޔޫކޭ، ޖަރުމަނު، ޔޫއެސްއޭ އަދި ފްރާންސް ހިމެނެ އެވެ. އޭގެ އިތުރުން ކަޒަގަސްތާނާއި އޮސްޓްރޭލިއާ އަދި ސްވިޒަލޭންޑް ވެސް ހިމެނެ އެވެ.

ފަތުރުވެރިކަން ރަނގަޅުވަމުން އަންނައިރު، ރާއްޖޭގައި އޮޕަރޭޝަނަލް ކެޕޭސިޓީގައި 59،734 އެނދު އެބަހުއްޓެވެ. އޭގެ ތެރޭގައި 168 ރިސޯޓުގެ 41،049 އެނދާއި، 13 ހޮޓެލެއްގެ 1640 އެނދާއި، 874 ގެސްޓްހައުސްއެއްގެ 14،144 އެނދު އަދި 157 ސަފާރީއެއްގެ 2901 އެނދު ހިމެނެ އެވެ.

ރާއްޖޭގެ 115 ރަށެއްގައި ގެސްޓްހައުސް ހިންގަމުންދެ އެވެ.

ބައެއް މުހިންމު ހަބަރު

  • ވޭތުވެދިޔަ ހަތަރު އަހަރުގެ ތަޖުރިބާ އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވާނީ 'އޭ ޕްލަސް' ރިޕޯޓެއް ކަމަށާއި އެ މަނިކުފާނުގެ ޒައާމަތުގެ ފުވައްމުލަކު އެދޭ ތަރައްގީ ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވި އެވެ.
  • މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި، މަޝްހޫރު ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީންގެ ތާއީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ކަން އޭނާ ހާމަކުރެއްވި އެވެ.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީ އާއި ޕީޕީއެމް ވެސް ބާކީކޮށްލާފައިވާ ކަމަށާއި އެހެންވެ، ދިވެހިންގެ ބޮޑު ބައެއް ބާކީކޮށްލެވިފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
  • މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުނުކޮށް އޭގެ ފަހުން އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މެންބަރުން ހިޔާރުކުރަންވީ ޕާޓީއަށް ވެރިކަމަށް އާދެވޭނެ ގޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
  • ހިންގަމުން ގެންދާ 27 ރިސޯޓެއްގެ ކުލީގެ މުއްދަތު 50 އަހަރުން، 99 އަހަރަށް އިތުރުކޮށްދީގެން 135 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ދައުލަތަށް ހޯދައިދެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރި އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމަލަކުގެ ތަރައްގީ އަށް ވަރަށް އިސްކަން ދެއްވާކަން ފާހަގަ ކުރައްވައި، އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވީ؛

އެހެންވެ އަޅުގަނޑަށް ޔަގީން ރައީސަކީ ފުވައްމުލަކު ތަރައްގީ އަށް އިސްކަން ދެއްވާ ބޭފުޅެއްކަން. އަދި ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްގީއަށް ވެސް އިސްކަން ދެއްވާ ބޭފުޅެއްކަން. ހަމައެކަނި މާލެއަށް ނޫންކަން. އެކަމަށްޓަކައި ރައީސްއާއެކު މުހުރީ. އިރާދަ ކުރެއްވިއްޔާ ފުވައްމަލަކު އަޅުގަނޑުމެން ރައީސްއަށް މެޖޯރިޓީ ހޯދައިދޭނަން،"

ދުވަހުގެ ފޮޓޯ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ގައުމީ ވޮލީ މުބާރާތުގައި ވެމްކޯ އާއި ޕްލިސް ކްލަބު ރޭ ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ގައުމީ ވޮލީ މުބާރާތުގައި ވެމްކޯ އާއި ޕްލިސް ކްލަބު ރޭ ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ގައުމީ ވޮލީ މުބާރާތުގައި ވެމްކޯ އާއި ޕްލިސް ކްލަބު ރޭ ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox