ކޮވިޑުގެ ބަލިމަޑުކަމަށްފަހު ފުރަތަމަ ފަހަރަށް ގައުމީ ކަބް ރެލީ ބާއްވައިފި

މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ގައުމީ ކަބް ރެލީގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަން

މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ގައުމީ ކަބް ރެލީގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަން

ކޮވިޑުގެ ބަލިމަޑުކަމަށްފަހު ފުރަތަމަ ފަހަރަށް ގައުމީ ކަބް ސްކައުޓް ރެލީ މިއަދު ބާއްވައިފި އެވެ.

ކަބް ސްކައުޓް އަދި ސްކައުޓުގައި އުޅޭ ދަރިވަރުންނަށް ތަފާތު އެކި ހުނަރުތަކާއި ދިރިއުޅުމުގައި ކުރިއަށް ދާނެ ތަފާތު ދާއިރާތަކާ ގުޅޭ ހަރަކާތްތައް ހިންގުމަށްޓަކައި ކުރިއަށް ގެންދާ އެ ރެލީ ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ.

އެ ރެލީގެ ތެރެއިން ސްކައިޓުގެ އެންމެ ހަގު ބޮޑީ ކަމުގައިވާ ޕްރީ ކަބުގެ "ފަންޑޭ" ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިއަދު ކުރިއަށް ގެންދިޔަ ކަބް ރެލީގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަން
މިއަދު ކުރިއަށް ގެންދިޔަ ކަބް ރެލީގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަން

މިއަދު ކުރިއަށް ގެންދިޔަ ކަބް ރެލީގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަން

މާލޭގެ ސްކޫލުތަކާއި ކ.، ވ. އަދި ބ. އަތޮޅުން ޖުމްލަ 26 ސްކޫލަކުން 1400 ކުދިން ކަބް ރެލީގައި ބައިވެރިވެފައިވެ އެވެ.

މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު، މައީދު މުހައްމަދު ޒާހިރު މި ނޫހަށް ވިދާޅުވީ އެ ހަރަކާތުގެ ތެރެއިން ސްކައުޓުގައި ހިންގާ ތަފާތު ހަރަކާތްތަކާއި ރިވެތި އަހުލާގަށް އެކުދިންގެ ގައިގައި އަށަގެންނެވުމުގެ ހަރަކާތްތަކާއި ދިރިއުޅުމުގައި ކުރިއަށް ދާން ކޮންމެހެން ބޭނުންވާ ތަފާތު އެކި ހުނަރުތައް މިއަދުގެ އިވެންޓުން ކުދިންނަށް ދަސްކޮށްދެވިފައި ވާނެ ކަމަށެވެ.

މިއަދު ކުރިއަށް ގެންދިޔަ ކަބް ރެލީގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަން
މިއަދު ކުރިއަށް ގެންދިޔަ ކަބް ރެލީގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަން

މިއަދު ކުރިއަށް ގެންދިޔަ ކަބް ރެލީގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަން

މި އަހަރުގެ ކަބް ރެލީ ކުރިއަށް ގެންގޮސްފައި ވަނީ އެޗްޑީސީއާ ގުޅިގެންނެވެ.

ސްކައުޓު އެސޯސިއޭޝަނުން ބުނީ މި ހަރަކާތް ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox