ހުލާސާކޮށް އިއްޔެ: ގެދޮރުވެރިޔާ ސްކީމްގެ ދަށުންދޭ ފްލެޓުތައް ދައްކާލުން

ހުލާސާކޮށް އިއްޔެ: ގެދޮރުވެރިޔާ ސްކީމްގެ ދަށުންދޭ ފްލެޓުތައް ދައްކާލުން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތައް ފުރަތަަމަ ފަހަރަށް ދައްކާލައިފި އެވެ.

އެ ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގެންނެވި އެވެ.

މިއަދު ދައްކާލާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީ އާއި ޖޭއެމްސީ ގުޅިގެން އިމާރާތް ކުރަމުން އަންނަ "އަމާން އުދަރެސް" ގެ ތިން ކޮޓަރީގެ 1400 އެޕާޓުމަންޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ނަމޫނާ ދެ ޔުނިޓެވެ.

ތިން ކޮޓަރީގެ ޔުނިޓުތަކުގެ ތެރޭގައި ހިމެނެނީ ދެވައްތަރެއްގެ ޑިޒައިން އެވެ. އެގޮތުން, ޓައިޕު އޭގެ އެޕާޓުމަންޓުތައް ޑިޒައިން ކޮށްފައި ވަނީ 10 އަހަރުން ދަށުގެ ކުދިން ތިބޭ އާއިލާތަކަށެވެ. އަދި ޓައިޕު ބީގެ އެޕާޓުމަންޓުތައް ޑިޒައިން ކޮށްފައި ވަނީ ފުރާވަރުގެ ކުދިން ތިބޭ އާއިލާތަކަށެވެ.

titledesc

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ޖޭއެމްސީން މިހާރު އިމާރާތް ކުރަމުން އަންނަނީ އަށް ޓަވަރެވެ. ބާކީ އަށް ޓަވަރު ފުރިހަމަ ކުރާނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގަ އެވެ.

titledesc

އެ ޓަވަރު ތަކުގެ ތެރޭގައި ހިމެނޭނީ 17 ފަންގިފިލާ އަދި 18 ފަނގިފިލާގެ ޓަވަރުތަކެވެ. ކޮންމެ ފަންގިފިލާއްގައި ހުންނާނީ އަށް އެޕާޓުމަންޓެވެ. ކޮންމެ ޓަވަރެއްގެ އެންމެ ތިރީ ފަންގިފިލާ ހާއްސަ ކޮށްފައި ހުންނަނީ ޕާކިންއަށާއި ކޮމާޝަލް ޔުނިޓުތަކަށެވެ. އަދި ފުރަތަމަ ފަންގިފިލާ އެއްކޮށް ހާއްސަކޮށްފައި ހުންނަނީ ކޮމާޝަލް ޔުނިޓުތަކަށެވެ.

މިދިޔަ އަހަރު ފެށި އެ ޕްރޮޖެކްޓު އެއްކޮށް ނިންމާލައި ފުލެޓު ލިބޭ ފަރާތްތަކާ ހަވާލު ކުރާއިރު އެތަނުގައި އާންމުކޮށް ބޭނުންވާނެ ހުރިހާ ކަމެއް ފުރިހަމައަށް ހުންނާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖަރު، ބިޒްނަސް ޑިވެލޮޕްމަންޓު، އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވި އެވެ.

"މިސާލަކަށް އޭސީ ހަރުކުރަން ލޯވަޅު އެޅިފައި ހުންނާނީ، އެގްސޯސްޓު ހަރުކުރަން ވެސް ކަނޑާފައި ހުންނާނީ، ޕްލަގު ޕޮއިންޓުތައް ވެސް ހުންނާނީ ކަނޑާފައި،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހު، ޖޭއެމްސީގެ އިސްވެރިންނާ އެކު -- ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު، ޖޭއެމްސީގެ އިސްވެރިންނާ އެކު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު، ޖޭއެމްސީގެ އިސްވެރިންނާ އެކު -- ފޮޓޯ: ރައީސް އޮފީސް

ޝަމޫލް ވިދާޅުވީ މިހާރު އިމާރާތް ކުރަމުން އަންނަ ޓަވަރުތަކުގެ މަސައްކަތް އަންނަ ޖުލައި ނުވަތަ އޯގަސްޓު މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށާއި އެއަށް ފަހު ބާކީ އަށް ޓަވަރުގެ މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.

މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 26 ގައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 4000 ފުލެޓަށް އެދި 20،697 މީހުން ފޯމު ހުށަހެޅި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ދިވެހިރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ވާދަވެރިޔާ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވީ އިއްޔެ އެވެ.
  • އެމްޑީޕީއަކީ އިންތިހާބުތަކުގައި އެއް ލައްކައެއްހާ ވޯޓު ހޯދަމުން އައި ޕާޓީއެއް ކަމަށާއި، ސަރުކާރުގައި ތިބި މަދު ބަޔަކަށް ޓަކައި އެއް ލައްކަ މީހުންގެ އުންމީދުތަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ހުރަސްއަޅާ ކަމަށް ބުނެ އަނެއްކާވެސް ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ:

މައްސަލައަކީ ތިމާ އެންމެ ބޭނުންވާ މީހާ މިވަގުތު ވެރިކަމުގައި ނެތުން. މައްސަލައަކީ ރާއްޖޭގެ ކުޑަ ރަށެއްގެ ރައްޔިތަކު ރާއްޖޭގެ ވެރިކަން ކުރާތީ. ހަމައެކަނި މާލެ މީހުން ކުރަން އޮތް އެއްޗެއް ނޫނޭ ވެރިކަމަކީ. މައްސަލައަކީ ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް މަގާމުތަކަށް މީހުން އައްޔަނު ނުކުރުން،

ދުވަހުގެ ފޮޓޯ

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ވިލިމާލޭގައި ބަސް މަޑުކުރުމަށް ހާއްސަ 10 ބަސް ސްޓޮޕެއް ވަނީ ކަނޑައަޅާފައިވާއިރު އެ ތަންތަނުގެ ތެރޭގައި ސްކޫލާއި ހޮސްޕިޓަލް ފަދަ މުހިންމު ތަންތަން ހިމެނޭ. އަދި ދެ ހަފްތާ ވަންދެން ހިދުމަތް ހިލޭ ވާނެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ވިލިމާލޭގައި ބަސް މަޑުކުރުމަށް ހާއްސަ 10 ބަސް ސްޓޮޕެއް ވަނީ ކަނޑައަޅާފައިވާއިރު އެ ތަންތަނުގެ ތެރޭގައި ސްކޫލާއި ހޮސްޕިޓަލް ފަދަ މުހިންމު ތަންތަން ހިމެނޭ. އަދި ދެ ހަފްތާ ވަންދެން ހިދުމަތް ހިލޭ ވާނެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ވިލިމާލޭގައި ބަސް މަޑުކުރުމަށް ހާއްސަ 10 ބަސް ސްޓޮޕެއް ވަނީ ކަނޑައަޅާފައިވާއިރު އެ ތަންތަނުގެ ތެރޭގައި ސްކޫލާއި ހޮސްޕިޓަލް ފަދަ މުހިންމު ތަންތަން ހިމެނޭ. އަދި ދެ ހަފްތާ ވަންދެން ހިދުމަތް ހިލޭ ވާނެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox