މިހާތަނަށް ވެހިކަލް ފީ ބަލައިގަނެވެނީ 19 ކައުންސިލަކަށް

ގިނަ ކައުންސިލްތަކުން އަދި އޮތީ ޕަބްލިކް އެކައުންޓު ހުޅުވުމުގެ މަރުހަލާގައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގިނަ ކައުންސިލްތަކުން އަދި އޮތީ ޕަބްލިކް އެކައުންޓު ހުޅުވުމުގެ މަރުހަލާގައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެހިކަލްތަކުގެ ފީީ ބަލައިގަތުމަކީ އެ ވެހިކަލެއް ރަޖިސްޓްރީ ވެފައިވާ ކައުންސިލެއްގެ މަސްއޫލިއްޔަތެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އަދި ފީ ބަލައިގަންނަނީ ޖުމްލަ 19 ރަށެއްގެ ކައުންސިލަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްގަނީ "އަދަދު" އަށް ވިދާޅުވީ، އެ ހިދުމަތް ގިނަ ކައުންސިލްތަކަށް އަދި ނުފެށެނީ ޕަބްލިކް އެކައުންޓުގެ މަރުހަލާ ޕްރޮސެސިންގައި ވާތީ ކަމަަށެވެ. މިހާރު ފީ ބަަލައިގަނެވޭނެ ގޮތަށް މުޅިން ތައްޔާރުވެފައި ވަނީ ޖުމްލަ 19 ކައުންސިލެއް އޭނާ ކަމަށް ފާހަގަކުރެއްވި އެވެ.

"ވާގޮތަކީ އެބޭފުޅުން ޕަބްލިކް އެކައުންޓު ހުޅުވުމުގެ ކަންތަކުގައި ޕްރޮސެސިން ދިގުލައިގެން ދަނީ. އެހެންމަ އެކަމުގަ އެ ލަސްވަނީ،" ހަމަދު ވިދާޅުވި އެވެ.

މިހާރު ފީ ބަލައިގަނެވޭނެ 19 ކައުންސިލަކީ:

  1. އައްޑޫ ސިޓީ ކައުންސިލް
  2. ބ. ދަރަވަންދޫ ކައުންސިލް
  3. ބ. ގޮއިދޫ ކައުންސިލް
  4. ފުވައްމުލަކު ސިޓީ ކައުންސިލް
  5. ގއ. ދާންދޫ ކައުންސިލް
  6. ހއ. މާރަންދޫ ކައުންސިލް
  7. ކުޅުދުއްފުށީ ސިޓީ ކައުންސިލް
  8. ލ. ފޮނަދޫ ކައުންސިލް
  9. ޅ. ނައިފަރު ކައުންސިލް
  10. މާލެ ސިޓީ ކައުންސިލް
  11. ނ. ކެނދިކުޅުދޫ ކައުންސިލް
  12. ނ. މަނަދޫ ކަައުންސިލް
  13. ނ. ވެލިދޫ ކައުންސިލް
  14. ރ. މީދޫ ކައުންސިލް
  15. ށ. ކޮމަންޑޫ ކައުންސިލް
  16. ށ. ޅައިމަގު ކައުންސިލް
  17. ށ. މިލަންދޫ ކައުންސިލް
  18. ށ. ނޫމަރާ ކައުންސިލް
  19. ތ. ދިޔަމިގިލީ ކައުންސިލް

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ޕަބްލިކް އެކައުންޓުތަކުގެ އިދާރީ މަރުހަލާގެ މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި މިހާތަނަށް ގާތްގަނޑަކަށް 95 ކައުންސިލަކުން އެ ހިދުމަތް ފެށުމަށް އެދި ލިޔެކިއުންތަކާއެކު ބޭންކަށް ހުށަހަޅަން ޖެހޭ ރިޒޮލިއުޝަން ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ރިޒޮލިއުޝަން ހުށަހަޅާ މަރުހަލާ ދިގުލައިގެން ދަނީ ބައެއް ފަހަރު ކައުންސިލްތަކުން ކުރަން ޖެހޭ ބައެއް ކަންކަން ވެސް އެ މިނިސްްޓްރީއިން ހަމަޖައްސައިދެމުން ދާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލަސްވި ނަމަވެސް ވަރަށް އަވަހަށް މި މަސައްކަތްތައް ނިންމާ ފީ ބަލައިގަތުން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން އަންނަ ރިޒޮލިއުޝަން ބޭންކަށް ހުށަހަޅާނީ. ދެން ބޭންކާއި، ފިނޭންސް މިނިސްޓްރީގެ ބައެއް މަރުހަލާތަކަށް ފަހު އެކަން ހަމަޖެހިގެން އަންނާނީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން 95 ވަރަކަށް ކައުންސިލުން އެ ރިޒޮލިއުޝަން ހުށަހަޅާފައި ވަނީ މިހާތަނަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ބުނީ ބާކީ ހުރި ކަންކަން ވަރަށް އަވަހަށް ނިމި އެ ކައުންސިލްތަކުން ފީ ބަލައިގަނެވޭނެ އިންތިޒާމް ދާދި އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ.

އެއްގަމު އުޅަނދު ފީ އާއި، ކަނޑުގައި ދުއްވާ އުޅަނދުގެ ފީ އާއި، ޓްރެފިކް އަދި ޕާކިން ވަޔަލޭޝަން ޖޫރިމަނާ ފީތައް މީގެ ކުރިން ބަލައިގަންނަމުން ދިޔައީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނަމަވެސް އެ ގަވާއިދަށް ބަދަލު ގެނެސް ފީ ބަލައިގަތުމަކީ ވެހިކަލް ރަޖިސްޓްރީވެފައިވާ ކައުންސިލެއްގެ ބެލުމުގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށް ނިންމީ މިދިޔަ އަަހަރުގެ ފަހު ކޮޅެވެ.

މިދިޔަ ޑިސެމްބަރު 31، ވަނަ ދުވަހުގެ ކުރިން ފީ ބަލައިގަނެވޭނެ އިންތިޒާމުތައް ކައުންސިލުތަކުން ހަމަޖެއްސުމަށް އެދި ފިނޭންސް މިނިސްޓްރީއިން ސާކިއުލާއެއް ވެސް ކައުންސިލްތަކަށް ފޮނުވި އެވެ. އެ ސާކިއުލާގައި ވާގޮތުން ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ "ސަވާރީ ޕޭ"، ޔޫއާރުއެލް (pay.transport.gov.mv ) މެދުވެރިކޮށެވެ.

އެ ބަދަލަށް ފަހު އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއިން ލިބޭ އާމްދަނީ ލިބޭނީ ކައުންސިލްތަކަށެވެ. ކައުންސިލްތަކުން ދެމުން ގެންދާ އެކި ހިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ ފައިސާ އާއި ކައުންސިލްތަކުގެ އިހްތިސާސްގައިވާ ރަށްރަށް ކުއްޔަށްދީގެން ލިބޭ އާމްދަނީ ވެސް ލާމަރުކަޒީ ގާނޫނުގެ ތެރެއިން ލިބެނީ ކައުންސިލްތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox