ފިސްތޯލަ ފެނުނު މައްސަލަ ރިވިއު ނުކުރާތީ ނާޒިމް ކަންބޮޑުވުން ފާޅުކޮށްފި

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް: ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނާޒިމް ހައްޔަރުކުރެވުނުތާ މިއަދަށް އަށް އަހަރު ފުރޭ -- ފޮޓޯ: އަދަދު

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް: ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނާޒިމް ހައްޔަރުކުރެވުނުތާ މިއަދަށް އަށް އަހަރު ފުރޭ -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނާޒިމް (ކާނަލް) ދިރިއުޅުއްވި ގެއިން ފިސްތޯލައެއް ފެނި އެ މައްސަލައިގައި އޭނާ ޖަލަށްލި މައްސަލަ ރިވިއު ނުކުރާތީ ނާޒިމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ މައްސަލައިގައި ނާޒިމް ހައްޔަރުކުރިތާ އަށް އަހަރު ފުރުމާ ގުޅިގެން އޭނާ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އިންސާފަކީ ހަމަ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ އެއްޗެއް ކަމަށާއި ތަހުގީގު މަރުހަލާއާއި ދައުވާކުރުމުގެ މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ މިނިވަންކުރުމަކީ މުޅި ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އެއީ އަޅުގަނޑުގެ ސިޔާސީ އަދި ޕްރޮފެޝަނަލް ހަޔާތުގައި ލިބުނު ފުރަތަމަ ދެރައެއް ނޫނެވެ. އެހެނަސް އެންމެ ބޮޑު ނިކަމެތިކަމެވެ. ކުށެއް ނުކުރަނީސް ލިބުނު އަދަބެކެވެ،" ނާޒިމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނާޒިމް ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓަށް ފުލުހުން ވަދެގެންނެވެ.

ނާޒިމްގެ ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ ހައްޔަރުކޮށް އެޕާޓްމަންޓުން ފިސްތޯލައަކާއި ޕެންޑްރައިވްއެއް ފެނުނު ކަމަށް ފުލުހުން ބުނީ އޭނާ ފްރޭމްކޮށް ޖަލަށްލުމަށެވެ. އަދި ހައްޔަރުކުރުމަށްފަހު ޑިފެންސް މިނިސްޓަރުގެ މަގާމުން އޭނާ ވަކިކޮށް އޭނާގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުކަމުގެ ކުށުގައި އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރީ ފުލުހުން ފިޔަވައި އިތުރު ހެއްކެއް ނެތި އަވަސް އަރުވާލައިގެން ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް އޭރު ހައި ކޯޓުން އަދި ސުޕްރީމް ކޯޓުންވެސް ދެމެހެއްޓި އެވެ. ނަމަވެސް ޔާމީންގެ ވެރިކަން ނިމުމަށްފަހު ނާޒިމްގެ ފަރާތުން އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ހުކުމް ބާތިލްކޮށް ނާޒިމް މިނިވަންކުރި އެވެ. އެ މައްސަލައިގައި ޖުމްލަ ތިން އަހަރާއި ހަ މަސް ނާޒިމް ޖަލުގައި ހޭދަކުރެއްވި އެވެ.

ޔާމީންގެ ވެރިކަން ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި އޭރު ސިޔާސީ ގިނަ ބަޔަކު ހައްޔަރުކޮށް ޖަލަށްލި އިރު، ނާޒިމްވެސް ވެގެންގޮސްފައިވަނީ އޭރުގެ ސިޔާސީ ހައްޔަރީންގެ ތެރެއިންނެވެ. ނާޒިމްގެ ހައްޔަރާއެކުވެސް އޭނާގެ ގާތް ފަރާތްތަކުން ވަނީ ސަރުކާރުން ނާޒިމް ފްރޭމްކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

މިނިވަންވުމަށްފަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާ ބައްދަލުކުރައްވައި 2019 ވަނަ އަހަރުގެ ޖަނަވަރީ 20 ވަނަ ދުވަހު ނާޒިމް، އޭނާ ފްރޭމް ކުރެވުނު ގޮތުގެ ތަފުސީލު ހިއްސާކޮށް އެ މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި ފުލުހުންނަށް ހުށަހެޅުއްވި އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުންވެސް ވަނީ ނާޒިމް ހައްޔަރުކުރި މައްސަލަ ރިވިއު ކުރުމަށް ފުލުހުންނަށް އަމުރުކޮށްފައި ކަމަށް ނާޒިމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނާޒިމް އިތުރަށް ބުނެފައިވަނީ އެއީ މާޒީ ކަމަށާއި މިއަދު އޭނާ ނުކުމެ ހުރީ އަނެއްކާވެސް ގައުމީ ހިދުމަތުގައި ކަމަށެވެ. މިވަގުތު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓުވެސް ލިބިވަޑައިގެންފައިވާ ނާޒިމް އިތުރަށް ވިދާޅުވެފައިވަނީ ދައުލަތް ހިންގުމުގެ ފުރުސަތު ލިބިއްޖެނަމަ މީހެއްގެ ފިކުރަކަށް، ކުލައަކަށް ބެލުމެއް ނެތި އަދުލުއިންސާފު ގާއިމުކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox