ހުލާސާކޮށް އިއްޔެ: ޔާމީނަށް ވާދަނުކުރެވޭނަމަ އިންތިހާބު ގަބޫލުނުކުރާނެ ކަމަށް އިދިކޮޅުން ބުނުން

ހުލާސާކޮށް އިއްޔެ: ޔާމީނަށް ވާދަނުކުރެވޭނަމަ އިންތިހާބު ގަބޫލުނުކުރާނެ ކަމަށް އިދިކޮޅުން ބުނުން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ގޮތަށް ބާއްވާ ރިޔާސީ އިންތިހާބެއް ގަބޫލު ނުކުރެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނީ އިއްޔެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި، އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެފައި އޮތް ނަމަވެސް ޕީޕީއެމް/ޕީއެންސީއިން ދަނީ އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން، އަންނަ ފެބްރުއަރީ މަހު 2 އިން 4 އަށް ރިޔާސީ ކެމްޕޭންގެ ބޮޑު ކޮންފަރެންސެއް ވެސް އޮންނާނެ އެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ލީޑަރު ޔާމީން ބައިވެރިނުވެވޭ ގޮތަށް ޖަލަށް ލައިގެން ބާއްވަން މަސައްކަތް ކުރާ އިންތިހާބެއްގެ މިނިވަން އިންސާފުވެރިކަމެއް ނޯންނާނެ ކަމަށެވެ.

"ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތަށް މި ސަރުކާރުން ބާއްވަން އުޅޭ އިންތިހާބަކީ އެއްވެސް އިންސާފުވެރި، މިނިވަން އިންތިހާބެއް ކަމަކަށް ގަބޫލެއް ވެސް ނުކުރާނަން،" ހީނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޕީޕީއެމް/ޕީއެންސީން ވަނީ ޔާމީން ވާދަނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބު ބޭއްވުމަށް ފުރުސަތު ނުދެވޭނެ ކަމަށް ބުނެފަ އެވެ. ޔާމީން މިނިވަންކުރަން ގޮވާލައި، އިދިކޮޅުން ގިނަ ހަރަކާތްތަކެއް ހިންގާއިރު، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން އެބަ ދެ އެވެ.

ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ޕާޓީގެ ލީޑާޝިޕުން ވަނީ ބައެއް އަތޮޅުތަކުގައި ކެމްޕޭން ހަރަކާތްތައް ވެސް ހިންގަވައިފަ އެވެ. އަންނަ މަހު ފަށާ ކޮންފެރެންސްގައި ވެސް ޕާޓީގެ ލީޑާޝިޕާއި، ޕާލިމެންޓްރީ ގްރޫޕާއި، ސެނެޓް މެންބަރުން ހިމެނޭހެން 1،500 މެންބަރުން ބައިވެރިވާނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމްޑީޕީގެ ޕްރައިމަރީގެ އިތުރަށް ރިޔާސީ އިންތިހާބުގެ އަހަރަށް ވެފައި، ރަށްރަށުގައި މަޝްރޫއުތައް އިއުލާންކޮށް "ކަޑަޖެހުން" ކުރިއަށް ހިނގާނެ ކަމަށާއި ނަމަވެސް ދިވެހިން އެ ކަން ބަލައިނުގަންނާނެ ކަމަށް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ޕާކިސްތާނު މީހެއްގެ ލަގެޖު އެއާޕޯޓު ތެރެއިން ގެއްލުނުކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރަމުން އަންނަ މުޒާހަރާތައް ކަވަރުކުރަން އުޅުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޗެނަލް 13 ގެ ސީއީއޯ އަދި ނޫސްވެރިޔާ މުހައްމަދު ސަމާހް ކޮންމެ ދުވަހަކު 12 ގަޑިއިރަށް ބަންދުކުރަން ކޯޓުން ޝަރުތުކޮށްފައިވާތީ ނޫސްވެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ފުރަތަމަ ބުރުގައި ރައްޔިތުންނަށް އިހުތިޔާރުތައް ގިނަކޮށް ލިބެން ވާނެ ކަމަށާއި، ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ނުކުމެ ވާދަކުރަން ވާނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވާކަން ހާމަކުރައްވަމުން ވިދާޅުވީ:

ކޯލިޝަނަކީ ވަކި މީހަކު ހުރެގެންވާ ކަމެއް ނޫން. އޭރުގެ ހާލަތަކާއި ސިޔާސީ ހަގީގަތްތައް އޭރުގެ މައްޗަށް ކޯލިޝަން މި އުފެދެނީ. ރައީސް ސޯލިހަކީ އެމްޑީޕީން ދެއްކި ކެންޑިޑޭޓް، އެހެން ލީޑަރުން އަދި އަޅުގަނޑު ވެސް ބަންދުގައި ހުރުމުން ޑިމޮކްރަސީއަށް އަލުން ދާން އެކުގައި ނުކުތީ،

ދުވަހުގެ ފޮޓޯ

ހއ. ކެލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ކެމްޕޭން އިވެންޓުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ. ރައީސް ނަޝީދުގެ ސަރުކާރުން 2008 އަދި 2009 ގެ މާލީ ދަތިކަމުގެ ތެރޭ ނިންމި ނިންމުންތަކަށް ފާޑުވިދާޅުވި --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން
ހއ. ކެލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ކެމްޕޭން އިވެންޓުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ. ރައީސް ނަޝީދުގެ ސަރުކާރުން 2008 އަދި 2009 ގެ މާލީ ދަތިކަމުގެ ތެރޭ ނިންމި ނިންމުންތަކަށް ފާޑުވިދާޅުވި --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން

ހއ. ކެލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ކެމްޕޭން އިވެންޓުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ. ރައީސް ނަޝީދުގެ ސަރުކާރުން 2008 އަދި 2009 ގެ މާލީ ދަތިކަމުގެ ތެރޭ ނިންމި ނިންމުންތަކަށް ފާޑުވިދާޅުވި --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox