ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ޕާކިސްތާނު މީހެއްގެ ލަގެޖު އެއާޕޯޓު ތެރެއިން ގެއްލިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ އަށް ވަނަ ދުވަހު އައި އެ މީހާގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކުރި ނަމަވެސް އޭނާގެ ފޮށި ހަވާލުކޮށްފައި ނުވާ ކަމަށެވެ.
"ރާއްޖެ އޭނާ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން މިއަދު ބުނެފައިވެ އެވެ.
ފުލުހުން ބުނީ ލަގެޖު ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެ ކަން ކާމިޔާބުވެފައިނުވާ ކަމަށެވެ. އެއާޕޯޓުން ލިބިފައިވާ ސީސީޓީވީ ފޫޓޭޖުތަކުން ލަގެޖު ދެނެގަނެވިފައި ނުވާ ކަމަށާއި އެއާޕޯޓުގެ މުހިންމު ބައެއް ސަރަހައްދުތަކުގައި ކެމެރާ ވެސް ނެތް ކަަމަށް ފުލުހުން ބުނެފައިވެ އެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.














