ހުލާސާކޮށް އިއްޔެ: ރިޔާސީ އިންތިހާބުގެ ތާރީހުތައް ކަނޑައެޅުން

Jan 16, 2023, 2:44 AM
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދެވަނަ ޖުމްހޫރިއްޔާގެ ހަތް ވަނަ ރައީސް އިންތިހާބު ކުރުމަށް ބާއްވާ "ރިޔާސީ އިންތިހާބު 2023" މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބޭއްވުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާނުކުރީ އިއްޔެ އެވެ.

ރިޔާސީ އިންތިހާބަށް މިހާރު ވެފައިވާ ތައްޔާރީތަކާއި، އަދި އިންތިހާބު އޮންނާނެ މުއްދަތު ހާމަކުރުމަށް އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދް ތައުފީގް ވިދާޅުވީ ފުރަތަމަ ބުރަށް ފަހު 50 ޕަސެންޓު އެއް ކެންޑިޑޭޓަކަށް ނުލިބިއްޖެ ހާލަތެއްގައި ދެ ވަނަ ބުރެއް ބާއްވާނީ ސެޕްޓެމްބަރު 30 ގައި ކަމަށެވެ.

އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު އާންމުކުރާނީ މޭ މަހުގެ ދެވަނަ ދުވަހު އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ ދެވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޖުލައި 23 އިން އޮގަސްޓު 3 އާ ހަމައަށް ހުޅުވާލާނެ އެވެ. އެގޮތުން، ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު އޮގަސްޓު 9 ގައި އިއުލާންކުރާނެ އެވެ. އަދި، ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރަން ދެވޭ ރަސްމީ މުއްދަތެއްގެ ގޮތުގައި އޮގަސްޓު 10 އިން ސެޕްޓެމްބަރު 8 އާ ހަމައަށެވެ.

މި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 280،000 މީހުން ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވި އެވެ. 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވޯޓު ލާފައި ވަނީ ގާތްގަނޑަކަށް 262،000 މީހުންނެވެ.

މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ ރައްތައް ހިމަނައިގެން ޖުމްލަ 600 ވޯޓު ފޮށި މިއަހަރު ބެހެއްޓުމަށް ނިންމާފައި ވެއެވެ. 2018 ވަނަ އަހަރު ބަހައްޓާފައި ވަނީ 472 ވޯޓު ފޮއްޓެވެ.

މުހިންމު ބައެއް ހަބަރު

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާސް ޕްރިންޓުކުރުމަށްދާ ހަރަދު ބޮޑުވި ނަމަވެސް ކަރުދާހަށް ބަދަލުގެނެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު އިއްޔެ ރާއްޖެ ވަޑައިގެންނެވި އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ އެހެން މީހަކު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނު ތަންފީޒުނުކުރެވޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވި އެވެ.

މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރިތަނަކަށް ހެދުމަށް ދަރިވަރުން އިސް ނަގައިގެން މާލެ ސަރަހައްދު ސްކޫލްތަކުގައި ވަރަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

ދުވަހުގެ ކޯޓޭޝަން

މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީ އަށް ވެރިކަން ދެމެހެއްޓޭނީ، އެ މަނިކުފާނަށް ރިޔާސީ ޓިކެޓް ލިބިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ވެރިކަމަށް އާދެވޭނެ ގޮތް އެބައޮތް، ވެރިކަމަށް އައިސް ކަންތައް ކުރެވޭނެ ގޮތް އެބައޮތް، ދެން ކީއްކުރަންތޯ އެހެން ގޮތެއް ހިޔާރުކުރަނީ؟"

ދުވަހުގެ ފޮޓޯ

އަދަދު ނޫހުން ކުރިއަށް ގެންދިޔަ ވޯލްޑްކަޕް ކަވަރޭޖް، ބޯޅައީދުގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދިނުމަށް އިއްޔެ ބޭއްވި ހަފުލާގައި، ޔުނިމެކްސް މޯލްޑިވްސްއިން ދޭ ޒެނިން ސައިކަލް ލިބު ފަރާތަށް، އެ ސައިކަލްގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށް ދެނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އަދަދު ނޫހުން ކުރިއަށް ގެންދިޔަ ވޯލްޑްކަޕް ކަވަރޭޖް، ބޯޅައީދުގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދިނުމަށް އިއްޔެ ބޭއްވި ހަފުލާގައި، ޔުނިމެކްސް މޯލްޑިވްސްއިން ދޭ ޒެނިން ސައިކަލް ލިބު ފަރާތަށް، އެ ސައިކަލްގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށް ދެނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަދަދު ނޫހުން ކުރިއަށް ގެންދިޔަ ވޯލްޑްކަޕް ކަވަރޭޖް، ބޯޅައީދުގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދިނުމަށް އިއްޔެ ބޭއްވި ހަފުލާގައި، ޔުނިމެކްސް މޯލްޑިވްސްއިން ދޭ ޒެނިން ސައިކަލް ލިބުނު ފަރާތަށް، އެ ސައިކަލްގެ ރަމްޒީ ތަޅުދަނޑިއެއް ހަވާލުކޮށް ދެނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox