ހުލާސާކޮށް އިއްޔެ: ނަޝީދު ސަރުކާރުގައި އައްޑޫއަށް ގެނައި ތަރައްގީއަށް ރައީސް ފާޑުވިދާޅުވުން

ހުލާސާކޮށް އިއްޔެ: ނަޝީދު ސަރުކާރުގައި އައްޑޫއަށް ގެނައި ތަރައްގީއަށް ރައީސް ފާޑުވިދާޅުވުން

ވެރިކަަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފުރަތަމަ ސަރުކާރު ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ގައި، އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް އެ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔަ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވީ އިއްޔެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށް އޮތީ މިއިން ޒަމާނެއްގައި އަޅާނުލެވި ކަމަށެވެ.

ކުރީގެ ސަރުކާރުތަކުން މަސައްކަތްތަކެއް ކުރެވޭތޯ ބެލިނަމަވެސް، އެއިން ކޮންމެ ކަމެއް ކޮށްފައި ހުރީ ވަގުތީ ކަމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އެ ކަމަށް ރައީސް ނެންގެވީ ސާކް ސަމިޓަށް ވީ ތައްޔާރީތަކުގެ މިސާލެވެ.

"ސާކް ސަމިޓު ނިމިގެން ދިޔައިރުގައި ވެގެން ދިޔަ ގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެތާ ހުރި ގޮނޑިކޮޅާ އެއްޗެހި ހިފައިގެން އޭރުގެ ސަރުކާރުން [މާލެ] ދިޔައީ،" ނަޝީދުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގެންނަނީ "އުފުރާލައިގެން" ގެންދެވޭ ފަދަ ތަރައްގީ ނޫން ކަމަށާއި ދާއިމީ ތަރައްގީ ކަމަށެވެ.

އައްޑޫ ސިޓީއަށް މިފަދަ ބޮޑު ތަރައްގީއެއް ގެނެސްދިން އިތުރު ސަރުކާރެއް މިހާތަނަށް އައިސްފައިވާ ކަމަށް ލިޔެކިޔުންތަކުން ނުފެންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ވެސް ސާކް ސަމިޓަށް އައްޑޫއަށް މަގުހެދުމުގައި އަމަލު ކުރި ގޮތަށް ފާޑުވިދާޅުވެފަ އެވެ. ބޮޑެތި ގަސްތައް ކަނޑާލައިގެން އެކަން ކޮށްފައިވަނީ އެންމެ ދެމެހެެއްޓެނިވި ގޮތުގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިނު ދަތުރުފުޅުގައި ރައީސް މިއަދު ވަނީ ހިތަދޫގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސާވާތަކެއް ހެކުކޮށް، އޭގައި ހުރި ވަރަށް ގިނަ މައުލޫމާތުތައް ވަގަށް ނަގާފައިވާ ކަމަށް އެފަދަ ވައްކަން ކުރާ ގްރޫޕަކުން ބުނެފައިވާއިރު، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށް އެ އިދާރާއިން ބުނީ އިއްޔެ އެވެ.
  • މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ ދެ އަހަރަށް ވުރެ އިތުރުވެފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އާއިލާ މެމްބަރަކު މަގުމަތީގައި އުޅުއްވަނިކޮށް ބަޔަކު ގޮސް ފުރައްސާރަކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސަރުކާރުން ނަގާފައިވާ ދަރަނިތައް އަލުން އެކުލަވާ ނުލާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވަމުން އިއްޔެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ

ދަރަންޏަށް ނެގުނު ފައިސާ އަނބުރާ ދެއްކުމަށް ސަރުކާރަށް މިއޮތީ އިންތިހާއަށް ދަތިވެފައި. އެހެންވީމާ އަނެއްކާވެސް ޓެކްސް މި ބޮޑުކުރީ، އަޅުގަނޑަށް ފެންނަ ތަނުގައި އެއީ ވަރަށް ބޮޑު ގޯހެއް،

ދުވަހުގެ ފޮޓޯ

ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގެ ތެރެއިން. ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯހުން 1 ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު. މި ކޯސް ފުރިހަމަކޮށް 164 ދަރިވަރުން ވަނީ ދަސްވެނިވެފައި --- ފޮޓޯ: ރައީސް އޮފީސް
ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގެ ތެރެއިން. ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯހުން 1 ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު. މި ކޯސް ފުރިހަމަކޮށް 164 ދަރިވަރުން ވަނީ ދަސްވެނިވެފައި --- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގެ ތެރެއިން. ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯހުން 1 ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު. މި ކޯސް ފުރިހަމަކޮށް 164 ދަރިވަރުން ވަނީ ދަސްވެނިވެފައި --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox