މިމަހުގެ ހަ ވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދި ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔައީ ދ. މާއެނބޫދޫ، ފަރިމާވިލާ، ހަސަން ރަމީޒް، 34 ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ރަމީޒުގެ ހަބަރެއް އާއިލާއަށް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ހަފްތާގެ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ހަސަން ރަމީޒް ގެއްލިގެން އިއުލާންކުރި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާ މާލެއިން ފެނިފައިވާ ކަމަށެވެ.













