މުޒާހަރާތަކަށް ހުރަސްއެޅުން ބޭރުގެ ޖަމިއްޔާތަކުން ކުށްވެރިކޮށްފި

މުޒާހަރާއަކުން މީހަކު ހައްޔަރުކުރަނީ؛ ބޭރުގެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންދާތީ ކަންބޮޑުވުންް ފާޅުކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މުޒާހަރާއަކުން މީހަކު ހައްޔަރުކުރަނީ؛ ބޭރުގެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންދާތީ ކަންބޮޑުވުންް ފާޅުކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި ޕީއެންސީ/ޕީޕީއެމް ހިމެނޭ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަށް ފުލުހުން ހުރަސް އަޅައި މީހުން ހައްޔަރުކުރަމުންދާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ބޭރުގެ ޖަމިއްޔާތަކަކުން އެކަން ކުށްވެރިކޮށްފި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އާއި، އެސޯސިއޭޝަން ފޯ ޑިމަކްރަސީ އިން ދަ މޯލްޑިވްސް އަދި ހިއުމަން ރައިޓްސް ވޮޗް ގުޅިގެން ނެރުނު ބަަޔާނެއްގައި ބުނެފައި ވަނީ، ޔާމީން މިނިވަންކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާގެ ތެރެއިން މީހުން ހައްޔަރުކުރުމާއި، އެ މުޒާހަރާ ކަވަރުކުރާ ނޫސްވެރިން ހައްޔަރުކުރަމުން ދިއުމަކީ ގަބޫލުކުރެވޭ އަމަލުތަކެއް ނޫން ކަމަށެވެ.

ސުލްހަވެރި އެއްވުންތަކަށް ޖާގަ ދިނުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދިނުމަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ކަންކަން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. މުޒާހަރާތަކަށް ހުރަސް އެޅުމާއި މުޒާހަރާގެ ބައިވެރިން އަދި ނޫސްވެރިން ހައްޔަރުކުރަމުން ދިއުމަކީ ދިވެހި ގާނޫނު އަސާާސީ އާއި ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އާއި ރާއްޖެ އިން ސޮއި ކޮށްފައިވާ ބައިނަލްއަގުވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ މުއާހަދާތަކާ ހިލާފު ކަމެއް ކަމަށް ފާހަގަކޮށްފައި ވެއެވެ.

އެ ޖަމިއްޔާތަކުން ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްވެސް މުޒާހަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހިމަނާފައި ވެއެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލާއެކު ރާއްޖެއިން ސޮއިކޮށްފައި އޮންނަހާ ދުވަހަކު މިފަދަ ހައްގުތަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށާއި، މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުން ބަލައި ހައްގުތަކަށް ހުރަސްއަޅާ އިދާރާތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox