ހުޅުމާލޭގެ ބީޗަށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ލައްގައިގެން ފުލުހުން ތަހުގީގު ކުރަމުންދާ ކަން އެނގިއްޖެ އެވެ.
"އަދަދު"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވަނީ މިއަދު ހަވީރު ހުޅުމާލޭގެ ރެޑްބުލް ދަނޑާ ކައިރިން ބީޗު ސަރަހައްދުންނެވެ.
ހަށިގަނޑު އެ ބައިތައް އާންމުންގެ ބަޔަކަށް ފެނުނީ ކުނިތަކަކާއި މަސްހިފާ ޒާތުގެ ދާގަނޑަކާއެކު ލައްގާފައި އޮއްވާ ކަމަށް އެނގިފައިވެ އެވެ.
އަދި ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނިފައިވަނީ އިންސާނެއްގެ ދެ ފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
އެ ބައިތަކުގެ ފޮރެންސިކް އެނަލިސިސް މިހާރު ފުލުހުން ހަދަމުން އަންނަ ކަމަށް ވަނީ އެނގިފަ އެވެ.

ނަމަވެސް، މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.











