ހުލާސާކޮށް އިއްޔެ: ނީލަން ފިހާރައިގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

ހުލާސާކޮށް އިއްޔެ: ނީލަން ފިހާރައިގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

މާލޭގައި ހުންނަ ނީލަން ފިހާރަތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގޮސް އެ ތަނާއި އަދި ކައިރީގައި ހުރި އެކޮމޮޑޭޝަން ބްލޮކެއް އިއްޔެ ވަނީ އެއްކޮށް އަނދައިގެން ގޮސްފަ އެވެ.

އިއްޔެ ފަތިހުގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ތިން ގަޑިއިރުގެ މަސައްކަތަށް ފަހު އެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން "އަދަދު"އަށް ވިދާޅުވީ އެ ހާދިސާގައި 250 މީހުން ހާލުގައި ޖެހުނު ކަމަށެވެ.

ނީލަންފިހާރައިގައި ހިނގި އަލިފާނުގެ ހަދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުމަށްވެސް ވަނީ ބުރޫ އެރި އެވެ.

ހާލުގައި ޖެހުނު މީހުން ކޮވިޑު ފެސިލިޓީއަށް

އަލިފާނުގެ ހާދިސާގައި ގިނަ ބިދޭސީންތަކެއް ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކްތަކެއް ވަނީ އަނދާހުލިވެފަ އެވެ. އެ ހާދިސާގެ ސަބަބުން 250 އެއްހާ ބިދޭސީން ހާލުގައި ޖެހިފައިވާއިރު، މިވަގުތު އެމީހުން ތިބީ ޑިޒާސްޓާ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސާފައިވާ ވަގުތީ ހިޔާގަ އެވެ.

"އެއްވެސް އޮޕްޝަނެއް ނުލިބިގެން ހުޅުމާލޭން އަދި ފަރުކޮޅުފުށި ބެލުނު. އެޗްޑީސީން ވިދާޅުވީ ފަރުކޮޅުފުށި ހުރީ ބޭނުންކުރެވޭ ހާލަތެއްގައެއް ނޫނޭ. ވަރަށް ބޮޑަށް ހަލާކުވެފައޭ. އެހެންވީމަ އެންމެ ފަހު އޮޕްޝަނެއްގެ ގޮތުގަ ކޮވިޑް ފެސިލިޓީ އަޅުގަނޑުމެންނަށް ހަމަޖައްސައި ދެއްވި. ޑިޒާސްޓާ މެނޭޖްމަންޓުން އެތަނަށް ގޮދަޑިއާ ހުރިހާ އެއްޗެއް ހަމަކޮށްދެއްވާނެ ކަމަށް،" މާލޭ މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

އެޗްޑީސީން ބުނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ގާތްގަނޑަކަށް 160 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށާއި އެ މީހުންނަށް ފާހަނާކޮށް ފެންވެރޭނެ އިންތިޒާމްތައް ވެސް ހަމަޖެހިފާފައިވާ ކަމަށެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ހާލުގައި ޖެހުނު ބިދޭސީންނަށް ކެއުންބުއިމުގެ ކަންކަން ހަމަޖައްސައިދޭނީ ސިޓީ ކައުންސިލުން ކަމަށާއި އެމީހުން ކޮވިޑު ފެސިލިޓީއަށް ގެންދިއުމަށް އެމްޓީސީސީގެ ދެ ބަސް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބިދޭސީން މަހެއް ނުވަތަ ދެމަހެއް ވަރު ވަގުތީ ހިޔާތަކުގައި ތިބެން ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ނަމަވެސް، ވީހާވެސް އަވަހަށް ދާއިމީ އެކޮމޮޑޭޝަނެއް ހަމަޖައްސުމަށް މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުގެ މަސައްކަތްތަކަށް ބުރޫ އަރާނެ

މުއިއްޒު ވިދާޅުވި ގޮތުގައި އެ ބްލޮކުގައި އުޅެމުންދިޔައީ މަގުމަތީގެ އެކި މަސައްކަތްތަކުގައި އުޅޭ މުވައްޒަފުން ކަމަށެވެ. އެގޮތުން، އެ މަސައްކަތަކުގެ ތެރޭގައި މަގުތަކުގެ ކާނުތައް ސާފުކުރުމާއި، ކުނި އުފުލުމާއި އެހެން މަސައްކަތްތައް ހިމެނޭކަން މުއިއްޒު ވިދާޅުވި އެވެ.

"މަގުތައް ހެދުމާއި ސާފުކުރުމުގެ މަސައްކަތް ކުރަނީ މި ބޭފުޅުން، މިއަދު [އިއްޔެ] އެ ބޭފުޅުންގެ އެކޮމޮޑޭޝަނަށް ހައްލެއް ނުލިބެންޏާ މަސައްކަތަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ބެލެވޭ" މުއިއްޒު ވިދާޅުވި އެވެ.

އަދި، އެ މުވައްޒަފުންގެ ގެންގުޅުނު ހުރިހާ މުދާތަކަށް ގެއްލުން ވުމުގެ އިތުރުން ނަފުސާނީ ގޮތުން ވެސް އެ މުވައްޒަފުންނަށް އެކި ގެއްލުންތައް ލިބިފައިވާނެތީ މިވަގުތު އެ މުވައްޒަފުން މަސައްކަތަށް ނެރުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ނުދެކޭ ކަމަށްވެސް މުއިއްޒު ވެސް ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ބ. އޭދަފުއްޓަށް ޒިޔާރަތްކުރައްވާ ވާހަކަދައްކަވަަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓެކްސީތައް ސަރުކާރަށް ނެގުމާ ބެހޭގޮތުން ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވީ އިއްޔެ އެވެ.
  • މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމްގެ ވާރިސުން ޔަގީންކުރަން އެ ރަށު ދެ މީހެއްގެ ހެކިބަސް މިއަދު ނަގައި، އަންނަ ހަފުތާ ވާރިސުންގެ ބަސް ނެގުމަށް މަސައްކަތް ކުރުމަށް ނިންމީ އިއްޔެ އެވެ.
  • ވެރި ރަށް މާލޭގައި ހިންގާ ނީލަން ފިހަރާ އާއި ބައެއް ރަށްރަށުގައި މިފަހުން ރޯވި އަލިފާންގަނޑަކީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ ބެލުމަށް ފުލުހުން ހިންގާ ތަހުގީގަށް ބޭރުގެ ތަޖުރިބާކާރުންތަކެއް ގެނައީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރިޔާސީ އިންތިހާބުގައި ކޯލިޝަން ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "އަދަދު" އަށް ވިދާޅުވީ:

ފުރަތަމަ ބުރުގައި ގިނަ ޕާޓީތަކުން ވާދަކުރީމައި ދެން ދާނީ ދެވަނަ ބުރަކަށް، އޭރަށް ކޯލިޝަން ހަދާނީ ވެސް ތާއީދު ބޮޑު ޕާޓީއަކާއެކު، ސަރުކާރުގައި ހިއްސާ ދޭން ވާހަކަ ދެކެވޭނީ ވެސް އެ ޕާޓީއަކަށް ލިބުނު ވޯޓެއްގެ ނިސްބަތަކަށް،

ދުވަހުގެ ފޮޓޯ

ނީލަން ފިހާރަތައް ހުންނަ ސަރަހައްދުގައި ރޯވީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ހަރަކާތްތެރި ވަނީ. އަލިފާން ނިއްވާލެވުނީ ތިން ގަޑިއިރުގެ މަސައްކަތުން. --- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ނީލަން ފިހާރަތައް ހުންނަ ސަރަހައްދުގައި ރޯވީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ހަރަކާތްތެރި ވަނީ. އަލިފާން ނިއްވާލެވުނީ ތިން ގަޑިއިރުގެ މަސައްކަތުން. --- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނީލަން ފިހާރަތައް ހުންނަ ސަރަހައްދުގައި ރޯވީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ހަރަކާތްތެރި ވަނީ. އަލިފާން ނިއްވާލެވުނީ ތިން ގަޑިއިރުގެ މަސައްކަތުން. --- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox