ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އާއި ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އާއެކު މިއަދު މަޝްވަރާކޮށްފި އެވެ.
އެ އެކަމުގެ މަޝްވަރާއަށް ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔާޑް) މުހައްމަދު ފައްޔާޒް އާއެކު ރާއްޖޭގެ މީޑިއާ ކައުންސިލުން މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގައި ތައުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް މަޝްވަރާކޮށްފައިވެ އެވެ.
އޭގެ އިތުރުން، ދިވެހި ނޫސްވެރިން އެގައުމަށް ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި އެގައުމުގެ ތައުލީމީ ހިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށް ވެސް މަޝްވަރާ ކޮށްފައިވެ އެވެ.
އެ ބައްދަލުވުމުގައި، ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.













