ހުލާސާކޮށް އިއްޔެ: ނަޝީދުގެ ރަނިން މޭޓަކަށް އައްޑޫ ބޭފުޅެއް ނަންގަވާނެކަން ހާމަކުރެއްވުން

ހުލާސާކޮށް އިއްޔެ: ނަޝީދުގެ ރަނިން މޭޓަކަށް އައްޑޫ ބޭފުޅެއް ނަންގަވާނެކަން ހާމަކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ، ރިޔާސީ އިންތިހާބަށް ނުކުންނަވާނީ ރަނިން މޭޓެއްގެ ގޮތުގައި އައްޑޫ ބޭފުޅަކާ އެކު ކަމަށް އެމަނިކުފާނު ހާމަކުރެއްވީ އިއްޔެ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މެދު ރާއްޖޭގެ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އިއްޔެ މާލޭގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި، ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ރަނިން މޭޓަކަށް ކަނޑައަޅާނީ އައްޑޫގެ ޒުވާން ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުގެ އުމުރުން ވެސް މިހާރު ކުޑަކޮށް އެބަ ދޮށީވޭ. އަޅުގަނޑު ދެކެނީ ސިޔާސީ މަސައްކަތުގައި ޒުވާނުންގެ ހިއްސާ މިހާރަށް ވުރެ ބޮޑު ވާން ޖެހޭ ކަމަށް," ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު ވެސް، ނަޝީދުގެ ރަނިން މޭޓަކަށް ހުންނެވި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއަކީ އައްޑޫ ބޭފުޅެކެވެ. އެ ފަހަރު ވެސް ރަނިން މޭޓް އިއުލާން ކުރެއްވުމުގެ ކުރިން، ރަނިން މޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް ކަން ހާމަކުރެއްވި އެވެ.

އައްޑޫ ސިޓީއަކީ އެމްޑީޕީގެ ތާއީދު ބޮޑު ސަރަހައްދެކެވެ. ކޮންމެ އިންތިހާބެއްގައި ވެސް އައްޑޫގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ލިބެ އެވެ. އައްޑޫ ސިޓީއަކީ މާލެ ނެގުމަށް ފަހު، ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސަރަހައްދެވެ.

އައްޑޫ އަތޮޅުގެ މަޖިލިސް ހުރިހާ ގޮނޑިއެއް ވެސް ތަމްސީލު ކުރައްވަނީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އެ ހަތް މެމްބަރުންގެ ތެރެއިން މި ޕްރައިމަރީގައި ނަޝީދަށް ތާއިދު ކުރައްވާކަން ހާމަކުރައްވާފައި ވަނީ ދެ މެމްބަރުންނެވެ. އެއީ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ.

ބައެއް މުހިންމު ހަބަރުތައް

  • ބަދަލު ހިފުމުގެ ގޮތުން އައްޑޫގައި ޓެރަރިސްޓު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށާފައިވާކަން ހާމަކުރީ އިއްޔެ އެވެ.
  • ގދ. ފިޔޯރީ ސްކޫލުގައި މިހާރު ވެސް ކިޔަވައިދިނުމަށް ބޭނުންކުރަމުންދިޔަ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބުނީ އިއްޔެ އެވެ.
  • ނ. އަތޮޅުގެ ބައެއް ރަށްތައް ދިގު މުއްދަތަކަށް ޓޫރިޒަމަށް ދޫކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވައިދިނުމަށް އެދި އެ އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ:

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލި، ވޯޓުލާ ފަރާތްތަކަށް ނުފޫޒުން އެއްކިބާވެ، މިނިވަންކަމާ އެކު ކެންޑިޑޭޓެއް ހިޔާރުކުރުމުގެ ހައްގަށް ބުރޫ އަރާ ކަމެއް،

ދުވަހުގެ ފޮޓޯ

އިއްޔެ ހަވީރު ގދ. ފިޔޯރީ ސްކޫލުގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ. އެ އިމާރާތަކީ ސްކޫލްގެ ސެން ކްލާހާއި، އާންމުކޮށް ކިޔަވައިދޭ ތިން ކްލާސްރޫމުގެ އިތުރުން ސްކޫލުގެ ގުދަންވެސް ހުރި އިމާރާތް. އަލިފާނުގެ ހާދިސާގައި އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފައި --- ފޮޓޯ: އަހްމަދު އާސިފް
އިއްޔެ ހަވީރު ގދ. ފިޔޯރީ ސްކޫލުގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ. އެ އިމާރާތަކީ ސްކޫލްގެ ސެން ކްލާހާއި، އާންމުކޮށް ކިޔަވައިދޭ ތިން ކްލާސްރޫމުގެ އިތުރުން ސްކޫލުގެ ގުދަންވެސް ހުރި އިމާރާތް. އަލިފާނުގެ ހާދިސާގައި އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފައި --- ފޮޓޯ: އަހްމަދު އާސިފް

އިއްޔެ ހަވީރު ގދ. ފިޔޯރީ ސްކޫލުގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ. އެ އިމާރާތަކީ ސްކޫލްގެ ސެން ކްލާހާއި، އާންމުކޮށް ކިޔަވައިދޭ ތިން ކްލާސްރޫމުގެ އިތުރުން ސްކޫލުގެ ގުދަންވެސް ހުރި އިމާރާތް. އަލިފާނުގެ ހާދިސާގައި އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފައި --- ފޮޓޯ: އަހްމަދު އާސިފް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox