ހުލާސާކޮށް އިއްޔެ: އެންއައިސީއަށް ދާނެ ކަމުގެ އިންޒާރު އިދިކޮޅުން ދިނުން

ހުލާސާކޮށް އިއްޔެ: އެންއައިސީއަށް ދާނެ ކަމުގެ އިންޒާރު އިދިކޮޅުން ދިނުން

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ބާއްވާ އެއްވުންތަކާއި މުޒާހަރާތައް ރޫޅާލުމުގެ ތެރެއިން، ބައިވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާކަން ފާހަގަވެއްޖެ ނަމަ އެ މައްސަލައެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުން، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި، އެ ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު މާލޭގައި މުޒާހަރާކުރަމުންނެވެ. ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ކަމަށް ބުނެ، ކޮންމެ ރެއަކު ވެސް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފަހުން ދޫކޮށްލަ އެވެ.

އިއްޔެ އިދިކޮޅު ކޯލިޝަންގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރާ ކަމާއި ހައްޔަރުކުރުމުގައި މީހުންނަށް އަނިޔާވާ ގޮތަށް އަމަލުކުރާ ކަމަށް ތުހުމަތު ކުރި އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަހައްޓާ ވަގުތުކޮޅުގެ ތެރޭގައި ވެސް އަނިޔާކޮށްފައި ހުންނަ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

"އެއްވެސް ގާނޫނީ އިންޒާރެއް ވެސް ނުދީ، ބަޔަކު ވަގަށް ނަގައިގެން ގެންދާހެން ކުއްލިއަކަށް ޖިޕަށް ލައިގެން މި ދަނީ، ދެން ޖިޕުގައި ގިނައިރުތަކެއް ވަން ދެން ބައިންދާފައި، ހަށިގަނޑު ބަލައިފާސްކޮށްފައި ދޫކޮށްލަނީ، އެއް ބަޔަކު އެހެން ދޫކޮށްލާފައި ބަލާއިރު އަނިޔާގެ ނިޝާންތައް ވެސް ހުރޭ،" އިދިކޮޅު ކޯލިޝަންގެ ލީގަލް ޓީމުގައި ހިމެނޭ ވަކީލު އަހުމަދު ޝާފިއު އެ ޕްރެސް ކޮންފެރެންސްގައި ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ފަރާތުން މިހާތަނަށް މަސައްކަތް ކުރަމުން އައީ ވީހާވެސް ބޮޑަކަށް ފުލުހުންނަށް އެއްބާރުލުން ދީގެން އެއްވުންތައް ބޭއްވުމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތައް އެންއައިސީގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ގާނޫނާ ހިލާފަށް މިހެން ހައްޔަރުކުރާ ފުލުހުންގެ މައްސަލަތައް، އިންޓެގްރިޓީ ކޮމިޝަނަށް، ހިއުމަން ރައިޓްސް ކޮމިޝަނަށް، އެ ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅާނަން، މިހެން ދަންނަވާއިރު ވެސް އެނގޭ، މި ސަރުކާރު އޮވެގެން މި މައްސަލަތަކުން އެދެވޭ ނަތިޖާއެއް އައުން އެއީ ނާދިރު ކަމެއް ކަން،" ޝާފިއު ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު އެއްވުން ކަމަށްވާ މެެއި ޑޭ، 2015، އަށް ފަހު ފާސް ކުރި އެއްވެ އުޅުނު ހަނި ކުރުމުގެ އިސްލާހު މި ސަރުކާރުން ވެސް ދަނީ ދަމަހައްޓަމުންނެވެ. އެ ގޮތުން ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ސަރަހައްދަށް ނޫނީ އެއްވުމަކީ އަދިވެސް ގާނޫނުން މަނާ ކަމެކެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި،" ޖުލައި، 2020 ގައި ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި އޮތެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި، މަނީ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • ފެށުނު އަހަރުގެ ފުރަތަމަ ހަތަރު ދުވަހު 22،000 އަށް ވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖޭން މަރުހަބާ ކިޔާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދެއްކީ އިއްޔެ އެވެ.
  • މި މަހުގެ ތިން ވަނަ ދުވަހު އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު، މަސްޖިދުލް އަގްސާގެ ހަރިންމައަށް ވަތް މައްސަލައިގައި އޭނާ ދެކޮޅަށް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އދ. ގައި ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވަމުންދާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނީ އިއްޔެ އެވެ.
  • ޑިމޮކްރަސީއެއް ފައްކާވަމުން އަންނައިރު, ކަންކަން ހަމަޖެހި ތަރުތީބު ވަންދެން ގިނަ ފިކުރުގެ މީހުން އެކުލެވޭ ކޯލިޝަނެއް އޮތުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ޕްރައިމަރީގައި ކުރައްވަމުން ގެންދަވާ ކެމްޕޭނުގައި ދ. މީދޫގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:

ހަގީގީ ކަމެއް ކުރެވެން އަންނާނީ އޭގައި ނިޒާމެއް އުފައްދައިގެން، ސްވިޗު ޖެއްސީމައި ބޮކި ދިއްލޭނެ، ތަރައްގީގެ ވައިރިންނަކީ، ކަރަންޓަކީ، މި ޑިމޮކްރަސީ، ތަރައްގީއެއް ނުލިބޭނެ އަޅުގަނޑުމެން މި ނިޒާމު ގަޑުބަޑުކުރަން އުޅެފިނަމަ،

ދުވަހުގެ ފޮޓޯ

ޗާންދަނީ މަގުގައި އިއްޔެ ރޭ ހުޅުވި ދުނިޔޭގެ މަޝްހޫރު ބްރޭންޑް، އެޑިޑާސްގެ ފިހާރަ. އެޑިޑާސް ފިހާރައިން ކަސްރަތު ކުރުމާއި ދުވާއިރު ބޭނުން ކުރާ ސާމާނުގެ އިތުރުން ކެޝުއަލް ވެއާ އާއި ފުޓުބޯޅަ ބޫޓާއި ޖާޒީ ވެސް ލިބެން ހުންނާނެ. އެޑިޑާސް އޮރިޖިނަލްސް އަކީ އެޑިޑާސްގެ ލައިފްސްޓައިލް އާއި ފެޝަން އަށް ހާއްސަ ބްރޭންޑެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޗާންދަނީ މަގުގައި އިއްޔެ ރޭ ހުޅުވި ދުނިޔޭގެ މަޝްހޫރު ބްރޭންޑް، އެޑިޑާސްގެ ފިހާރަ. އެޑިޑާސް ފިހާރައިން ކަސްރަތު ކުރުމާއި ދުވާއިރު ބޭނުން ކުރާ ސާމާނުގެ އިތުރުން ކެޝުއަލް ވެއާ އާއި ފުޓުބޯޅަ ބޫޓާއި ޖާޒީ ވެސް ލިބެން ހުންނާނެ. އެޑިޑާސް އޮރިޖިނަލްސް އަކީ އެޑިޑާސްގެ ލައިފްސްޓައިލް އާއި ފެޝަން އަށް ހާއްސަ ބްރޭންޑެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޗާންދަނީ މަގުގައި އިއްޔެ ރޭ ހުޅުވި ދުނިޔޭގެ މަޝްހޫރު ބްރޭންޑް، އެޑިޑާސްގެ ފިހާރަ. އެޑިޑާސް ފިހާރައިން ކަސްރަތު ކުރުމާއި ދުވާއިރު ބޭނުން ކުރާ ސާމާނުގެ އިތުރުން ކެޝުއަލް ވެއާ އާއި ފުޓުބޯޅަ ބޫޓާއި ޖާޒީ ވެސް ލިބެން ހުންނާނެ. އެޑިޑާސް އޮރިޖިނަލްސް އަކީ އެޑިޑާސްގެ ލައިފްސްޓައިލް އާއި ފެޝަން އަށް ހާއްސަ ބްރޭންޑެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox