ހެންވޭރު ގެއެެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
މި މާރާމާރީގައި ޒަހަމަތަކެއް ލިބުނު މީހާއަށް ސެނަހިޔާގައި ވަނީ ފަރުވާދީފަ އެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، މި ހަމަލާ ދީފައި ވަނީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ހާމަކުރި އެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ވެސް ޖެހި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ މިމަހުގެ ހަތަރު ވަނަ ދުވަހު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.














