ނިޒާމްގެ ކުށުގެ ރެކޯޑް؛ ޑްރަގާއި ކުދި ވައްކަން، އެންމެ ފަހުން މަރަކަށް!

ނިޒާމްގެ ކުށުގެ ރެކޯޑް؛ ޑްރަގާއި ކުދި ވައްކަން، އެންމެ ފަހުން މަރަކަށް!

ނިމިގެން ދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ. ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރައިގެން ދަތުރުކުރަމުން ދިޔަ ދެ މީހަކު ގެއްލިގެން ފުލުހުން އިއުލާންކުރި އެވެ. ބަންގްލަދޭޝްގެ މޮހަންމަދު ލިޓޮން އަދި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމު އެވެ.

"ހެދޭކުރި" ނަމަކަށް ކިޔާ އެ ތެޔޮ ބޯޓު ހުޅުލޭ ނެރާ ދިމާއިން އޮޔާ ދަނިކޮށް ފެނިފައި ވަނީ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ. ބަންޑުން ޖަހާނުލައި ތެދަށް އޮތް ބޯޓު އޮޔާ ދަނިކޮށް ފެނުނުއިރު އޭގެން ދަތުރުކުރި ނިޒާމު އާއި ލިޓޮން އުޅަނދުގައި ނެތެވެ. އެހެންވެ، އެ ދެ މީހުން ގެއްލިގެން ހޯދަން އިއުލާނު ކުރުމާ އެކު އެންމެންނަށް ވެސް ހީވީ ކަނޑުމަތީގައި ހާދިސާއެއް ހިނގީ ކަމަށެވެ. ނަމަވެސް، ބަންޑުން ޖަހާނުލައި، މާލެ ކައިރިން ބޯޓު ފެނުމާ އެކު އުފެދުނު ސުވާލުތައް ގިނަ އެވެ.

ގެއްލިގެން އެ ދެ މީހުން ހޯދަމުން ދިޔައިރު، ނިޒާމު އުޅެމުންދިޔައީ މާލެތެރޭގަ އެވެ. އޭނާއާ އެކު ބައެއް މީހުން ސޯޝަލް މީޑިއާއަށް ފޮޓޯ ދޫކޮށްލި އެވެ. އެއަށް ފަހުން އޭނާ ހައްޔަރުކުރީ މާލޭގެ ގެސްޓް ހައުސްއެއްގައި އުޅެނިކޮށް، މި މަހު ތިން ވަނަ ދުވަހު އެވެ.

އުމުރުން 45 އަހަރުގެ ނިޒާމު ހައްޔަރުކުރީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނި ނަމަވެސް، ތުހުމަތު އެ ކުރަނީ ކޮން މަރަކާ ގުޅިގެން ކަމެއް ހާމައެއް ނުކުރެ އެވެ. ނިޒާމާ އެކު ދަތުރުކުރި ލިޓޮން ފެނިފައި ނުވާއިރު، ވީގޮތެއް ފުލުހުން ހާމަކޮށްފައި ނެތެވެ. އެހެންވެ، ނިޒާމަށް އެ ކުރަނީ ލިޓޮންގެ މަރާ ގުޅޭ ތުހުމަތު ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

ނިޒާމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް "އަދަދު" ނޫހުން ކުރި މަސައްކަތުން އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ކަށަވަރުވެ އެވެ. ނަމަވެސް, އެ ކުށްތަކުގެ ތެރޭގައި މާރާމާރީއެއް، މީހަަކަށް އަނިޔާއެއް، ނޫނީ ގޯނާއެއް ދީގެން ހައްޔަރުކޮށްފައެއް ނުވެ އެވެ.

އަދަދަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، ޖެނުއަރީ 2008 އިން ފެށިގެން މެއި 2022 އާ ދެމެދު އެކި ފަހަރު މަތިން އޭނާ ހައްޔަރުކޮށްފައިވެ އެވެ. އެއީ މުޅިން ވެސް މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަމުގެ މައްސަލަތަކުގަ އެވެ. އެންމެ ފަހުން އޭނާ ހައްޔަރުކުރީ މަރުގެ މައްސަލައިގަ އެވެ.

ނިޒާމުގެ ކުށުގެ ރެކޯޑް

  • 11 ޖެނުއަރީ 2008: މަސްތުވާތަކެތި ބޭނުންކުރުން
  • 7 ފެބްރުއަރީ 2008: މަސްތުވާތަކެތި ބޭނުންކުރުން
  • 4 އޭޕްރީލް 2008: މަސްތުވާތަކެތި ބޭނުންކުރުން
  • 17 ސެޕްޓެމްބަރު 2014: ތިނަދޫ ފިހާރައަކުން މޯބައިލް ފޯނެއް ވަގަށް ނެގުން
  • 11 ނޮވެމްބަރު 2014: މަސްތުވާތަކެތި ބޭނުންކުރުން
  • 3 މެއި 2015: މަސްތުވާތަކެތި ބޭނުންކުރުން
  • 5 ފެބްރުއަރީ 2020: އެހެން މީހަކާ ގުޅިގެން ސައިކަލެއް ވަގަށް ނަގައި، އެ ސައިކަލު ގެންގުޅުން
  • 3 ސެޕްޓެމްބަރު 2020: ތިނަދޫ ގެއަކުން ގޭސްފުޅިއެއް ވަގަށް ނެގުން
  • 21 މެއި 2021: ސިޓީ ބޭކަރީ ކައިރީ ހުރި ސައިކަލެއްގައި އަޅުވާފައިވާ ތަކެތި ވަގަށް ނަގަން އުޅުން
  • 27 މެއި 2022: ހއ. މާފަހީގެ ސަޕްލައި ބޯޓުން ވައްކަންކުރުން
  • 3 ޖެނުއަރީ 2023: މަރުގެ މައްސަލައެއް

ނިޒާމުގެ މައްޗަށް މަރެއްގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވާއިރު މައްސަލައިގެ ތަހުގީގަށް އޭނާ 60 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox