މަރުގެ ތަހުގީގަށް ނިޒާމު ދެ މަހަށް ބަންދުކޮށްފި

ގެއްލިގެން ހޯދަމުންދާ ލެޓޮން (ކ) އަދި މަރުގެ ތުހުމަތުގައި ހައްޔަރުކުރި ނިޒާމް (ވ)؛ ނިޒާމް 2 މަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި

ގެއްލިގެން ހޯދަމުންދާ ލެޓޮން (ކ) އަދި މަރުގެ ތުހުމަތުގައި ހައްޔަރުކުރި ނިޒާމް (ވ)؛ ނިޒާމް 2 މަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް، 45، ގެ މައްޗަށް ތުހުމަތުކުރާ މަރުގެ މައްސަލައިގައި 60 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ނިޒާމުގެ މައްޗަށް ތުހުމަތު ކުރަނީ ކޮން މަރަކާ ގުޅިގެން ކަމެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އޭނާއާއެކު ތެޔޮ ބޯޓުގައި ދަތުރުކުރި ބަންގްލަދޭޝްގެ މޮހަންމަދު ލިޓޮން އަދިވެސް ނުފެނެ އެވެ.

އެ ދެ މީހުން ހޯދަން ފުލުހުން އިއުލާނުކުރީ ނިމިގެން ދިޔަ ޑިސެމްބަރު މަހުގެ 31 ގަ އެވެ.

ނިޒާމު އާއި ލިޓޮން ދަތުރުކުރި ފިއުލް ޕަވަ ކުންފުނީގެ "އަރާކުރި" ތެޔޮބޯޓު އޮޔާ ދަނިކޮށް ހުޅުމާލޭ ކައިރިން ޑިސެމްބަރު 29 ވަނަ ދުވަހު ފެނުނުއިރު ބޯޓުގައި އެއްވެސް މީހަކު ނެތެވެ.

އެއަށް ފަހު ނިޒާމު ހައްޔަރު ކުރީ އޭނާ ހޯދަމުން ދަނިކޮށް މާލޭން ފެނިގެން، އޭނާ ދިރިއުޅެމުން ދިޔަ ގެސްޓްހައުސްއިން އިއްޔެ އެވެ.

މި މައްސަލައިގެ ތަހުގީގުގެ ބޭނުމަަށް، ނިޒާމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މުއްދަތަކަށް 60 ދުވަސް ޖަހައިދިންކަން ފުލުހުން ޔަގީންކޮށްދެ އެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ކޯޓުގައި ކުރިއަށް ގެންދިޔައީ ފުލުހުން އެދިގެން ސިއްރުކޮށްގެނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox